މެސީގެ ދެ ގޯލާ އެކު ޕީއެސްޖީން މޮންޓެޕިއޭ ބަލިކޮށްފި

May 15, 2022, 3:29 AM
ރޭގެ މެޗުގެ ތެރެއިން މެސީ: މޮންޓެޕިއޭ ކޮޅަށް މެސީ ދެ ގޯލު ޖެހީ ފުރަތަަމަ ހާފުގައި.--

ރޭގެ މެޗުގެ ތެރެއިން މެސީ: މޮންޓެޕިއޭ ކޮޅަށް މެސީ ދެ ގޯލު ޖެހީ ފުރަތަަމަ ހާފުގައި.--

ޕެރިސް (މެއި 15) - ފްރެންޗް ލީގުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު ޕީއެސްޖީން 4-0 އިން މޮންޓެޕިއޭ ބަލިކޮށްފި އެެވެ.

ބާކީ ހަތަރު މެޗު އޮއްވައި، މި ފަހަރު ފްރެންޗް ލީގު ކާމިޔާބުކުރި ޕީއެސްޖީން ވަނީ 37 މެޗުން 83 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް މާސޭ އިން ވަނީ 37 މެޗުން 68 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ މެޗެއް އެބައޮތެވެ.

މޮންޓެޕިއޭ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި މެސީ ވަނީ ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ. ކީލިއަން އެމްބާޕޭ އޭރިއާތެރެއިން ދިން ބޯޅަ މެސީ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މެޗުގެ 20 ވަނަ މިނިޓްގައި މެސީ ވަނީ ޕީއެސްޖީ އަށް ލީޑުުފުޅާކޮށްދީފަ އެވެ. މިއީ އެމްބާޕޭ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މޮންޓެޕިއޭގެ ކީޕަރު ޑިމިޓްރީ ބާޓޯ ކައިރިން ނައްޓާފައި މެސީ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި 25 މެޗުން މެސީ ޖެހި ހަ ވަނަ ގޯލެވެ.

ޕީއެސްޖީން ތިން ވަނަ ލަނޑު ކާމިޔާބުކުރީ އެންހެލް ޑި މާރިއާ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި ޑި މާރިއާ އޭރިއާތެރެއިން ވޮލީ އަކުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ މޮންޓެޕިއޭ ޑިފެންޑަރެއް ފައިގައި ޖެހިފަ އެވެ.

މޮންޓެޕިއޭ އިން ވެސް ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ޕީއެސްޖީން ހަތަރު ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ގޯލަކީ މެޗުގެ 60 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެމްބާޕޭ ޖެހި ގޯލެކެވެ. މިއީ އެމްބާޕޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox