ޗައިނާގައި އޭޝިއަން ކަޕް ހޯސްޓް ނުކުރަން ނިންމައިފި

May 14, 2022, 9:15 AM
މިދިޔަ އަހަރު ސެންޓްރަލައިޒްކޮށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ޗައިނާ ފުޓްބޯލް އެސޯސިއޭޝަން

މިދިޔަ އަހަރު ސެންޓްރަލައިޒްކޮށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ޗައިނާ ފުޓްބޯލް އެސޯސިއޭޝަން

އަންނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮވިޑްގެ ސަބަބުން އެ ގައުމުގައި ހޯސްޓް ކުރެވެންނެތް ކަމަށް ނިންމައި އެކަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އަންގައިފި އެވެ.

"އޭޝިއަން ކަޕް 2023" ޗައިނާގެ 10 ސިޓީއެއްގައި ބާއްވަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 އަށެވެ. ޗައިނާ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދިނީ 2019 ގެ ޖޫން މަހު އޮތް އޭއެފްސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.

ޗައިނާގައި ކޮވިޑުގެ ހާލަތު މި ވަގުތު އޮތް ގޮތަށް ބަލާއިރު އެ ގައުމުގައި އަންނަ އަހަރު މި މުބާރާތް ފުރިހަމައަށް ބޭއްވޭނެ ގޮތެއް ނެތްކަމަށް މިހާރު އެ ގައުމުގެ ފުޓްބޯޅަ އިދާރާ އިން ވަނީ އޭއެފްސީ އަށް އަންގައިފަ އެވެ.

ކޮވިޑްގެ ސަބަބުން މި އަހަރު ޗައިނާގައި ބާއްވަން އޮތް އޭޝިއަން ގޭމްސް ފަސްކޮށްފައިވާއިރު، އަހަރުގެ ފަހުކޮޅު ބާއްވަން އޮތް އޭޝިއަން ޔޫތު ގޭމްސް ވަނީ ކެންސަލްކޮށްފަ އެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕް ޗައިނާގައި ނުބާއްވާނެކަން މިހާރު ޔަގީންވެފައިވާއިރު، މިހާތަނަށް 13 ޓީމެއްވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ. ބާކީ 11 ޓީމު ހޮވުމަށް ކުޅޭ ކޮލިފައިން ފަހު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ ސެންޓްރަލައިޒްކޮށް ވަކި ގްރޫޕްތައް އެކި ގައުމުތަކުގައި ހޯސްޓްކުރާ ގޮތަށެވެ.

ޗައިނާގައި މުބާރާތް ނުބޭއްވޭނެކަން އޭއެފްސީ އަށް އަންގާފައިވާއިރު، އޭއެފްސީ އިންވަނީ އެކަން ބަލައިގަނެފަ އެވެ. އަދި މުބާރާތް ބާއްވާނެ ގައުމަކާއި ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.

މި މުބާރާތަށް ޗައިނާއިން ބޮޑު ހަރަދެއްކޮށް ގިނަ ތައްޔާރީތަކެއްވިކަން ފާހަގަކޮށްލަން ޖެހެ އެވެ. އޭގެ ތެރޭގައި މުބާރާތުގެ ލޯގޯ ލޯންޗުކޮށް މުބާރާތަށް ހާއްސަކޮށް ތައްޔާރުކުރި އާ ސްޓޭޑިއަމެއް ވެސް ވަނީ މިދިޔަ އަހަރު ހުޅުވައިފަ އެވެ.

އޭއެފްސީ އިން އޭޝިއަން ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމުގައި 2027ގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކަށް އިސްކަންދޭނެ އެވެ. މި ވަގުތަށް ބަލާއިރު، 2027ގެ އޭޝިއަން ކަޕް ބާއްވަން ބިޑުކޮށްފައިވާ ފަސް ގައުމަކީ އިންޑިއާ، އިރާން، ސައުދީ އަރަބިއްޔާ، ގަތަރު އަދި އުޒްބަކިސްތާނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox