ލެވަންޑޯސްކީ ކޮންޓްރެކްޓް އާ ނުކުރާނެކަން ބަޔާނަށް އަންގައިފި

May 13, 2022, 5:16 AM
ލެވަންޑޯސްކީ ކޮންޓްރެކްޓް އާ ނުކުރާނެކަން ބަޔާނަށް އަންގައިފި

މިއުނިކް (މެއި 13) - ޕޮލެންޑް ގައުމީ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، ބަޔާން މިއުނިކާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރާނެކަން އެ ކްލަބްގެ މެނޭޖްމަންޓަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފާއިތުވި ދެ އަހަރު ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި، ލެވަންޑޯސްކީ، 33، ބަޔާންގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި ފަހަރު ލެވަންޑޯސްކީ ކޮންޓްރެކްޓް އާ ނުކޮށްފިނަަމަ، އަންނަ އަހަރު އެއްވެސް އަގަކާ ނުލައި، ހިލޭ ޓްރާންސްފާއެއްގައި ޓީމު ދޫކޮށްލުމުގެ ފުރުސަތު ލެވަންޑޯސްކީ އަށް އޮންނާނެ އެވެ.

ބާސެލޯނާ އިން ލެވަންޑޯސްކީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބަޔާނުން އަންނަނީ ލެވަންޑޯސްކީ މަޑުކުރުވަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން ޖަރުމަނުގެ މީޑިއާ އަކަށް ބަޔާންގެ ސީއީއޯ، ކުރީގެ ގޯލްކީޕަރު އޮލިވާ ހާން ބުނީ ލެވަންޑޯސްކީ ޔަގީނުން ވެސް އިތުރު އެއް އަހަރަށް އެ ކްލަބްގައި މަޑުކުރާނެ ކަމަށެވެ. އަދި އުންމީދަކީ ބަޔާން ޖޯޒީގައި ލެވަންޑޯސްކީ ކުޅޭ މުއްދަތް އެ އަށް ވުރެ ވެސް ދިގުވުން ކަމަށެވެ.

ޕޮލެންޑްގެ މީޑިއާ އަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއް ހެދުމަށް އަނގަބަހުން އެއްބަސްވެފަ އެވެ. އެކަމަކު، ލެވަންޑޯސްކީ ބުނީ ބަޔާންގެ ކޮންޓްރެކްޓްގައި ހުރެ، އެހެން ކްލަބަކާ އެކު ސީދާ އެއްބަސްވުމަކަށް ނުދާ ކަަމަށެވެ. އެހެން ނަމަވެސް މުސްތަގުބަލާ ގުޅޭ މަޝްވަރާ އަބަދުވެސް އޭޖެންޓްގެ ޒަރިއްޔާ އިން ކުރިއަށްދާނެ ކަމަށް ލެވަންޑޯސްކީ ބުނެފައިވެ އެވެ.

ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު މިހާތަނަށް ވަނީ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. މިދިޔަ އަހަރުތަކުގައި ބަޔާނުން ޖެހިޖެހިގެން ޖަރުމަނު ލީގު ދިފާއުކުރުމުގައި ލެވަންޑޯސްކީގެ ގޯލުތައް މުހިންމު ރޯލެއް ކުޅުނެވެ.

ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox