ބެންޒެމާ، ރައުލްގެ ރެކޯޑަކާ ހަމަކޮށްފި

May 13, 2022, 4:10 AM
ބެންޒެމާ، ރައުލްގެ ރެކޯޑަކާ ހަމަކޮށްފި

މެޑްރިޑް (މެއި 13) - ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 6-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ކަރިމް ބެންޒެމާ ޖެހި ގޯލާ އެކު ރެއާލްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒްގެ ރެކޯޑާ ހަމަކޮށްފި އެވެ.

ރައުލް އާއި ބެންޒެމާ މިހާރު އޮތީ 323 ގޯލާ އެކު ރެއާލަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ގޮތުގަ އެވެ. ރައުލް އާއި ބެންޒެމާ އަށް ވުރެ ގިނައިން ރެއާލަށް ގޯލު ޖަހައިދިނީ އެންމެ ކުޅުންތެރިއެކެވެ. އެއީ 450 ގޯލު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ސީޒަނުގައި ބެންޒެމާ ވަނީ ރެއާލަށް ހުރިހާ މުބާރާތެއްގައި 42 ގޯލު ޖަހައިދީފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފައި އޮތުމުން ރޭގެ މެޗަށް ރެއާލް ނުކުތީ އަލުން ފޯމަކަށް އެޅުމަށެވެ. އެ ގޮތުން ފުރަތަމަ ހާފުގައި އެކަނި ވެސް ރެލިގޭޝަނުގައި އޮތް ލެވަންޓޭ ކޮޅަށް ހަތަރު ގޯލު ޖެހި އެވެ.

މެޗުގެ 13 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ލޫކަ މޮޑްރިޗް ދިން ބޯޅައަކުން ފާލަންޑް މެންޑީ އެވެ. ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، މެންޑީ ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. މެޗުގެ 19 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ނެގި ހުރަހަކުން ބެންޒެމާ ވަނީ ބޮލުން ގޯލެއް ޖަހައި، ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ.

މޮޑްރިޗް ދިން ބޯޅައަކުން މެޗުގެ 33 ވަނަ މިނިޓްގައި ރެއާލްގެ ތިން ވަނަ ގޯލު ޖެހީ ރޮޑްރީގޯ އެވެ. މެޗުގެ 41 ވަނަ މިނިޓްގައި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ގޯލު ޖެހުމަށް ފަހު ވިނީޝިއުސް އުފާފާޅުކުރަނީ.: ރޭގެ މެޗުގައި ފެނިގެންދިޔައީ ވިނީޝިއުސްގެ ފުރަތަމަ ކްލަބް ހެޓްރިކް-- ފޮޓޯ: އޭއެފްޕީ

އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން މޮޑްރިޗް ދިން ބޯޅައަކުން ވިނީޝިއުސް ވަނީ ރެއާލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މޮޑްރިޗް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުން ހެޓްރިިކެއް ހަދައިފަ އެވެ.

ދެ ވަނަ ހާފްގައި ރެއާލްގެ ދެ ގޯލު ޖަހައި ވިނީޝިއުސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ގޮތުން މެޗުގެ 68 ވަނަ މިނިޓްގައި ވިނީޝިއުސް އޭނާގެ ދެ ވަނަ ގޯލު ޖެހީ ލެވަންޓޭގެ ކީޕަރު، ކާޑޭނިއާސް ކައިރިން ނައްޓާފައި ބެންޒެމާ ދިން ބޯޅައަކުންނެވެ. އަދި މެޗުގެ 83 ވަނަ މިނިޓްގައި ވިނީޝިއުސް ހެޓްރިކް ހެދި ގޯލު ޖެހީ ބެންޒެމާގެ ބަދަލުގައި ކުޅެން އެރި ލޫކަ ޔޯވިޗް ދިން ބޯޅައަކުންނެެވެ. މިއީ ވިނީޝިއުސް ކްލަބް ލެވަލްގައި ހެދި ފުރަތަމަ ހެޓްރިކް އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލަށް 36 މެޗުން ވަނީ 86 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 36 މެޗުން 72 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 36 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް 36 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ފުލުގައި އޮތް ލެވަންޓޭ އަށް އޮތީ 36 މެޗުން 29 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox