ހިޔާނާތުގެ ލިސްޓުން ނަންތަކެއް މަޖިލީހުން އުނިކުރި، އަސްލު ލިސްޓު ނެރޭނަން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް - ފޮޓޯ: އަދަދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް - ފޮޓޯ: އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި އަސްލު ލިސްޓު އަދި ވަރަށް އަވަހަށް އާންމު ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެ ޓީމުން ފައްޔާޒާއި ސަރުކާރަށް ތުހުމަތު ކުރާ އެއް ވާހަކައަކީ އެމްއެމްޕީއާރުސީ ހިޔާނާތާއި އެހެން ހިޔާނާތުގެ މައްސަލަތައް ވެސް ބަލަން ނުޅޭ ކަމުގު ތުހުމަތެވެ.

"ސަންގުޓީވީ" އިން ކުރިއަށް ގެންދިޔަ ބަހުސްގައި އިންތިގެ ޓީމުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރި ސުވާލުތަކުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ އެ ޓީމުގެ އިސް ގިނަ ބޭފުޅުން ދައްކަވަނީ ހުސް ދޮގު ވާހަކަތައް ކަމަށެވެ.

"ހިޔާނާތުގެ މައްސަލަތައް ހަވާލު ކުރި ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅާ އައްސަދު ހުންނެވީ ވެސް އިންތިގެ ޓީމުގައި، އެ ތަހުގީގަށް ކުރިއެރުން ނުލިބުނު ނަމަ އެއީ އިންތިގެ ޓީމުގެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރިކަން ސަރުކާރުގެ ނެތް ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން ފައްޔާޒު ދެން ފާހަގަކުރެއްވި ކަމަކީ ރައްޔިތުންގެ މަޖިލީހުން އޭގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް ނެރުނީ ވެސް ވަކި ބަޔެއްގެ ނަންތައް އުނިކޮށްފައި ކަމަށެވެ.

"އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރެނީ. ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން،" އިންތިއަށް ސަޕޯޓު ކުރައްވާ މެމްބަރުންތަކެއް ތިއްބެވި ކޮމިޓީން ނެރުނު ހިޔާނާތުގެ ލިސްޓަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.

"ޕާޓީއަށް ބޭނުމީ އެޑްމިނިސްޓްރޭޓަރެއް، އިންތިއަކަށް ނުވާނެ"

މިރޭ ކުރިއަށްގެންދިޔަ ބަހުސްގައި ފައްޔާޒާއި އިންތި ވެސް ތުހުމަތުތައްކޮށް ވާހަކަ ދައްކާފައިވެ އެވެ. އެކަކު އެނަކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ވެސް ވަނީ ދެއްވައިފަ އެވެ.

އިންތިއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އިންތިއަކީ އިދާރީ ކަންކަމުގެ ތަޖުރިބާ އެއްވެސް ވަރަކަށް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ފައްޔާޒުގެ ޝިއާރާ އެއް ގޮތަށް "އެމްޑީީޕީ ހިންގާލަން" ބޭނުންވަނީ ފައްޔާޒު ފަދަ "އެފެކްޓިވް އެޑްމިނިސްޓްރޭޓަރެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައިގެ ރައްދުގައި އިންތި ވިދާޅުވީ އެމްޑީޕީއަކީ ކުންފުންޏެއް ނޫން ކަމަށާއި ސިޔާސީ ޕާޓީއެއްގެ މަސައްކަތަކީ އިންސާނީ މަސައްކަތެއް ކަމަށެވެ. ސިޔާސީ މަސައްކަތުގެ ތަޖުރިބާގެ އިތުރުން އޭނާއަކީ ވަކީލެއް ކަމުގައި ވާތީ އެ ތަޖުރިބާ ހުންނަވާނެ ކަމަށް އިންތި ވިދާޅުވި އެވެ.

ނަޒާހަތްތެރިއެއް ކަމަށް ވިދާޅުވެ އިންތި ހައްދަވަނީ ދޮގު ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެ އެވެ. ވަޒީފާގެ ބޭނުމަށް އިންތި ވެސް އޭނާއަށް ގުޅުއްވާފައިވާ ކަމަށް ފައްޔާޒު މިރޭ ވިދާޅުވި އެވެ. މި ކަންކަން އިންތި ދޮގު ކުރައްވައި އޭނާ ދިފާއު ކުރައްވަން މަސައްކަތް ކުރައްވާފައި ވެސް ވެ އެވެ.

ފޯރިގަދަ ބަހުސެއް މިރޭ ފެނިގެން ދިޔައިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރާ ޗެއާޕާސަން އެމްޑީޕީގެ ދެން އޮންނަ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނެ އެވެ. "ދެވަނަ އުކުޅަސް ކޮންގްރެސް" އަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ގިނަ ހުށަހެޅުއްވުންތަކެއް ހުރިއިރު، މި އިންތިހާބުގެ ފޯރިގަދަ ވެފައި ވަނީ މި ސަބަބުތަކާ ހުރެ އެވެ.

އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ރައްޔިތުންގެ ރައީސް ނަޝީދުގެ ފެކްޝަނެއް ވެސް އުފެދި، މި އިންތިހާބުގައި ވެސް މި ފެންނަނީ މި ދެ ފެކްޝަންގެ ވާދަވެރިކަމެވެ. ރައީސްގެ ތާއީދު އޮތީ ފައްޔާޒަށެވެ. އަދި ނަޝީދު ތާއީދު އޮތީ އިންތިއަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ދީފައި ވަނީ ހައްގު ލިބޭ މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް މަދުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox