މަހިންދަ ރާޖަޕަކްސަ އާއި ގާތް ބޭފުޅުން ލަންކާއިން ފުރުން މަނާކޮށްފި

މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން އެއްވުމެއްގައި. -- ފޮޓޯ: އޭއެފްޕީ

މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން އެއްވުމެއްގައި. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (މޭ 12) - ސްރީލަންކާގައި އިސްތިއުފާ ދެއްވި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ގާތް ބޭފުޅުން ގައުމުން ފުރުން މަނާކޮށްފި އެވެ.

މަހިންދަ ރާޖަޕަކްސައާ އެކު ފުރުން މަނާ ކުރި 15 މީހުންގެ ތެރޭގައި ކުރީގެ ސްޕޯޓްސް މިނިސްޓަރު، ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ މީހުން ފުރުން މަނާކޮށް އަމުރު ނެރުނީ، ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔަ ރައްޔިތުންނަށް ހަމަލާދީ، ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނު މައްސަލައިގަ އެވެ.

މިދިޔަ ހޯމަ ދުވަހު ސުލްހަވެރި މުޒާހަރާއަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގަން ފެށީ މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންނެވެ. ރައްދުގައި މުޒާހަރާގެ ބައިވެރިން ވެސް ހަމަލާދީ، ހިންގި ހަމަނުޖެހުމުގައި މިހާތަނަށް ނުވަ މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ވެރިރަށް ކޮލޮމްބޯގެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރު ކުރީ ހޯމަ ދުވަހުގެ ހަމަނުޖެހުމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށެވެ.

ކޯޓް އޮފިޝަލަކު އޭއެފްޕީއަށް ބުނީ މަހިންދަ ރާޖަޕަކްސަ އާއި ގާތް ބޭފުޅުން ހައްޔަރު ކުރަން އެދި ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.

"ކޯޓުން އެ ޕެޓިޝަން ބަލައިނުގަތީ، އެއީ ތުހުމަތު ކުރެވޭ ކޮންމެ މީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހަށް ލިބިފައި ވާތީ،" އޮފިޝަލް ބުންޏެވެ.

ހޯމަ ދުވަހުގެ ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓުމުން، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ރައްޔިތުން ބޮޑު ވަޒީރުގެ ގެކޮޅު ވަށާލައި، އެމަނިކުފާނު ހައްޔަރު ކުރަން ޑިމާންޑް ކުރި އެވެ.

ސިފައިންގެ ހާއްސަ އޮޕަރޭޝަނެއްގައި ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ދޫކޮށް، ރައްކާތެރި ތަނަކަށް މަހިންދަ ރާޖަޕަކްސަ ބަދަލުކުރެއްވީ އަންގާރަ ދުވަހުގެ ފަތިހު އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 76 އަހަރުގެ މަހިންދަ ރާޖަޕަކްސަ މި ވަގުތު ހުންނެވީ ލަންކާގެ އެންމެ އިރުގައި އޮންނަ ނޭވަލް ފެސިލިޓީއެއްގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ނަމާލް ރާޖަޕަކްސަ އޭއެފްޕީއަށް ވިދާޅުވީ، ރާޖަޕަކްސަ އާއިލާއިން ގައުމުން ދޫކޮށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox