ނަޝީދު ކުރެއްވި ތުހުމަތުގެ ތަހުގީގަކަށް އަނދުން ހުސައިން އެދެނީ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެމަނިކުފާނު ކުރެއްވި ތުހުމަތު ތަހުގީގުކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވަން، އެ ތުހުމަތު އަމާޒުވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަސައްކަތް ފަށްޓަވައިފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް އަހަރެއް ފުރި އެ ވާހަކަތައް އަލުން ގަދަވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ލިޔުއްވައިފަ އެވެ.

"ހުސައިން ތިޔަ ހުންނަވަނީ އެ ކަން ފޮރުވާ ކުރާ މަސައްކަތުގައި ބައިވެރިވެގެން،" ނަޝީދުގެ މެސެޖްގައިވެ އެވެ.

އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވީ ތުހުމަތުތައް ހިމެނޭ ޗެޓްލޮގްތައް ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެެޑްރެސް ކުރައްވައި ހުސައިން ފޮނުއްވި ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ހުސައިންގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް މިދިޔަ އާދީއްތަ ދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ ހައްގާއި އިމްތިޔާޒްތަކަށް އުނިކަން އަންނަ ގޮތަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ.

"..ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު މި ބީދައިން، އެއްވެސް އަސާސެއް ނެތް ގޮތަށް ކުރައްވާ ތުހުމަތު ތަކަކީ ވެސް އޭގެ ސަބަބުން އަޅުގަނޑުގެ ފުރާނައަށް ނުރައްްކާވުމުގެ އިހުތިމާލު އޮތް ހައްސާސް މައްސަަލައެއް ކަމުގައި ވާތީއާއި، މި ސަބަބުތައް މިހެން ހުރުމާ އެކު ރައީސް މުހައްމަދު ނަޝީދު އަޅުގަނޑުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ހަގީގަތަކީ ރައްޔިތުންނަށް ވެސް ރައްޔިތުންނަށް ވެސް ހާމަވާން ޖެހޭ ބާވަތުގެ މައްސަލައެއް ކަމުގައި ދެކޭތީ، މި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ޓަކައި 08 މޭ، 2022 ވަނަ ދުވަހުގެ 19:01 އިން 20:26 އާ ދެމެދު ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައިވާ މެސެޖްތަކުގެ ކޮޕީ އަޅުގަނޑަށް ލިބޭނެ ގޮތް ހައްދަވައިދެއްވުން އެދެމެވެ،" ސިޓީގައި ހުސައިން ވިދާޅުވި އެވެ.

ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެވަގުތު ފޮނުވި ހުރިހާ މެސެޖެއް ވެސް ހިމަނައިގެން ޗެޓްލޮގް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށެވެ.

އެ ސިޓީއާ މެދު މަޖިލީހުގެ އާއްމު ކޮމިޓީގެ ލަފައެއް ހޯއްދަވަން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް ރައީސް ނަޝީދު އެންގެވުމުން އޭނާ ވަނީ އެ ކޮމިޓީއަށް އެކަން ހުށަހަޅުއްވައިފަ އެވެ. އެ ސިޓީ އާއި އަމީން އާއްމު ފޮނުއްވި މެމޯ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުުމުގައި އެ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފު އިއްވެވި އެވެ.

އެ ސިޓީއާ މެދު މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރި ނަަމަވެސް މިއަދު ގޮތެއް ނުނިންމަ އެވެ. މިއަދުގެ ބައްދަލުވުމުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ އެެއީ އަމީން އާއްމަށް އަމިއްލަފުޅަށް ނިންމެވޭނެ ކަމެއް ކަމަށެވެ. ބިގޭގެ އެ ވާހަކައާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގެ ޗެޓްލޮގެއް ހޯއްދަވަން މެމްބަރަކު އެދިވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އާއްމު ކޮމިޓީގެ މަޝްވަރާ ހޯއްދަވަނީ އެހެންވެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox