ސްރީލަންކާގައި ހަމަނުޖެހުން އުފައްދާ މީހަކު ފެނިއްޖެ ނަމަ ބަޑި ޖަހަން އަމުރުކޮށްފި

ސްރީލަންކާގައި ބަހެއްގައި ރޯކޮށް ގެއްލުންދީފައި. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގައި ބަހެއްގައި ރޯކޮށް ގެއްލުންދީފައި. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (މޭ 10) - ސްރީލަންކާގައި ލޫޓުވައި، މުދަލަށް ގެއްލުންދޭ މީހަކު ފެނިއްޖެ ނަމަ ވަގުތުން ބަޑި ޖެހުމަށް ޑިފެންސް މިނިސްޓްރީން ސިފައިންނަށް އަމުރުކޮށްފި އެވެ.

"އާއްމު މުދާ ލޫޓުވައި، މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއް ހިންގާ މީހަކު ފެނިއްޖެ ނަމަ، ވަގުތުން ބަޑި ޖަހަން ސަލާމަތީ ފައުޖުތަކަށް ވާނީ އަމުރުކޮށްފައި،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ހޯމަ ދުވަހު ވެރިރަށް ކޮލޮމްބޯ އާއި އެހެން ސިޓީތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވާ އިރު، މަގުތައް ޕެޓްރޯލް ކުރަން ސިފައިންނާއި، ނޭވީ އަދި ވައިގެ ފައުޖުގެ އެތައް ހާސް މެމްބަރުން ވަނީ ނެރިފަ އެވެ.

އަންގާރަ ދުވަހު ފުލުހުން ބުނީ ހަމަނުޖެހުންތަކުގައި އަށް މީހުން މަރުވި އިރު، އޭގެ ތެރޭގައި ދެ ފުލުހުން ހިމެނޭ ކަމަށެވެ. ޖުމްލަ 65 ގެއަށް ގެއްލުން ލިބިފައިވާ އިރު، 41 ގޭގައި ހުޅުޖެހި އެވެ.

ރަސްމީ ތަފާސްހިސާބުން ދައްކާ ގޮތުގައި ހޯމަ ދުވަހު އާއި އެ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގައި 88 ކާރާއި ބަސް އަދި އެތައް ސަތޭކަ ސައިކަލަށް ގެއްލުން ލިބުނެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ތުހުމަތު ކުރެވޭ މީހުން ހުއްޓުވުމާއި ބަންދު ކުރުމުގެ ބާރު ސިފައިންނަށް ލިބިދެ އެވެ.

އެޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް، ސަރުކާރުގެ ސަޕޯޓަރުން ހަމަލާ ދިނުމުން އުފެދުނު ހަމަޖެހުމާ ހެދި، ދެ ދުވަހަށް ކާފިއު އިއުލާނުކޮށްފައިވެ އެވެ.

ވެރިރަށް ކޮލޮމްބޯގައި ހުންނަ މައި ހޮސްޕިޓަލުން ބުނީ ހަމަނުޖެހުންތަކުގައި 219 މީހުންނަށް އަނިޔާވެގެން ފަރުވާ ކުރަން ގެނައި ކަމަށެވެ. އެހެން ހޮސްޕިޓަލްތަލަށް ހަ މީހުން ގެންދިޔަ އެވެ.

އަންގާރަ ދުވަހުގެ މެންދުރު، ލަންކާގެ އެންމެ އިސް ފުލުހަށް ވެސް ހަމަލާދީ، އޭނާގެ އުޅަނދުގައި ހުޅުޖެހި އެވެ. އެކަން ކުރީ، ސުލްހަވެރި މުޒާހަރާއަށް ހަމަލާ ދޭން ފުރުސަތު ދިން ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox