މެދު ފަންތީގެ މީހުންނަށް އަމާޒުކޮށް ޓަވަރުތަކެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި

ހުޅުމާލޭގެ ދެ ފިޔަވަހި ވަކި ކުރާ ޗެނަލް މަތިން ދައްކައިދޭ ފޮޓޯއެއް: އެޗްޑިސީން ދަނީ ދެ ފިޔަވަހީގައި ވެސް ގިނަ ހައުސިން މަޝްރޫއުތަކެއް ކުރިޔަށް ގެންދަމުން. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލޭގެ ދެ ފިޔަވަހި ވަކި ކުރާ ޗެނަލް މަތިން ދައްކައިދޭ ފޮޓޯއެއް: އެޗްޑިސީން ދަނީ ދެ ފިޔަވަހީގައި ވެސް ގިނަ ހައުސިން މަޝްރޫއުތަކެއް ކުރިޔަށް ގެންދަމުން. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ހުޅުމާލެ ފޭސް އެކެއްގެ ހަތް ބިމެއްގައި މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށް މިކްސް ޔޫސް އެޕާޓްމެންޓް ބިލްޑިންތަކެއް އަޅައިދޭނެ ފަރާތްތަކެއް ހޯދަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީން އިއުލާންކުރި ހަތް ބިމަކީ 26،400 އަކަފޫޓާއި 34،300 އަކަފޫޓުގެ ހަތް ބިމެވެ. އެ ބިންތަކަކީ ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ ކުނިކޮށި ކައިރިން އެޕޯލޯ ޓަވަރުތަކާއި ޖެހިގެން ފިތުރޯނު މަގާއި ކުރެދިމާ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށް އޮތް ހަތަރު ބިމަކާއި ސެންޓްރަލް ޕާކު ކައިރިން ރެއިންކްރެސްޓް ޓަވަރުތަކުގެ ކުރިމައްޗަށް ރީތިގަސްމަގަށް ވާ ގޮތަށް އޮތް ތިން ބިމެވެ.

އެ ބިންތަކުގައި އެޗްޑީސީން އަޅަން ނިންމާފައިވަނީ 14 ފަންގިފިލާގެ ޓަވަރުތަކެކެވެ. އެ ޓަވަރުތަކުގެ ތިރީ ފަންގިފިލާތައް ވިޔަފާރީގެ ބޭނުމަށް ހާއްސަކުރާއިރު އެހެން ފަންގިފިލާތަކުގައި ހަދާނީ މީހުން ދިރިއުޅެން ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެކެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 700 އަކަފޫޓު ހުންނަން ޖެހޭ އިރު، ތިން ކޮޓަރީގެ ތަންތަނުގައި 900 އަކަ ފޫޓު ހުންނަންވާނެކަމަށް އެޗްޑީސީގެ އެ އިއުލާނުގައި ބުންޏެވެ.

Advertisement
އެޗްޑީސީން ތަރަައްގީކުރަން ހުޅުވާލި ބިންތަކުގެ ތަފްސީލު.
އެޗްޑީސީން ތަރަައްގީކުރަން ހުޅުވާލި ބިންތަކުގެ ތަފްސީލު.

އެޗްޑީސީން ތަރަައްގީކުރަން ހުޅުވާލި ބިންތަކުގެ ތަފްސީލު.

އެ އިއުލާނުގައި ބުނީ އެ ތަންތަން ނިންމުމަށްފަހު ވިއްކާ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ 60 ޕަސެންޓް ތަންތަނުގެ އަގު 1.5 މިލިއަން ރުފިޔާގައި ހިފަހައްޓަން ވާނެ ކަމަށެވެ. އަދި އަގު ހިފެހެއްޓިފައިވާ ތިން ކޮޓަރީގެ ތަންތަން 2.5 މިލިއަނަށްވުރެ ބޮޑު އަގުގައި ވިއްކައިގެން ނުވާނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ. އެތަންތަން ވިއްކަން ވާނީ ހައުސިން މިނިސްޓްރީން އެކަމަށްޓަކައި ކަނޑައަޅާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

އިމާރާތްކުރާ ކުންފުނީގެ އަމިއްލަ ހަރަދުގައި ޓަވަރުތައް އަޅަން ދޫކުރާ އި ބިންތަކުގައި، އެތަންތަނުގައި އެއްގަމު އުޅަނދު ޕާކު ކުރާނެ ޖާގަތަކެއް ވެސް ބަހައްޓަން ޖެހެ އެވެ.

އެޗްޑީސީން ބުނިގޮތުގައި އެ ބިންތަކުގެ ތެރެއިން ތިން ބިމެއްގައި މިހާރުވެސް ފައުންޑޭޝަންތަކެއް އެބަހުއްޓެވެ. އެކަމަކު މިހާރު ހުރި ކޮންކްރީޓް ފައުންޑޭޝަންތަކަކީ އެންމެ އެކަށީގެންވާ ފައުންޑޭޝަންތަކެއް ނޫނެވެ. އެއީ ސެންޓްރަލް ޕާކު ކައިރިން ރީތިގަސް މަގަށް ވާ ގޮތަށް އޮންނަ ތިން ބިމެވެ.

އެޗްޑީސީން ތަރައްގީކުރަން ދޫކުރާ ބިންތައް.
އެޗްޑީސީން ތަރައްގީކުރަން ދޫކުރާ ބިންތައް.

އެޗްޑީސީން ތަރައްގީކުރަން ދޫކުރާ ބިންތައް.

އެ ފައުންޑޭޝަންތައް ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭނީ އެތަންތަން ތަރައްގީކުރާ ފަރާތުންނެވެ.

އެ ހަތް ބިމުގައި އަޅާ އިމާރާތްތަކަކީ ތިން އަހަރު ދުވަސް ތެރޭ ނިންމަން ހަވާލުކުރާ ތަންތަނެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 24 ވަނަ ދުވަހު އޮންލައިންކޮށް ޕްރީ ޕްރޮޕޯޒަލް ބައްދަލުވުމެއް ބާއްވާނެ އެވެ. މިމަހުގެ 31 ވަނަ ދުވަހު މައުލޫމާތު ސާފުކުރަން ހުޅުވާލާއި، މައުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކަށް، ޖޫން ހަވަނަ ދުވަހު އެޗްޑީސީން ޖަވާބުދޭނެ އެވެ.

ހާޒިރުވެގެން މައުލޫމާތު ދޭ ސެޝަނެއް އޭގެ ފަހުން ޖޫން 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، އެޗްޑިސީގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯޒަލް ބަލައިގަންނަން ފަށާނީ ޖޫން ހަޔަކުން ފެށިގެން އެމަހުގެ 23ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox