މާމެންދޫ ގެއެއް މުޅިން އަނދާ އަޅިއަށް، އާއިލާ ވަރަށް ހާލުގައި

ގއ. މާމެންދޫ ގެއެއްގައި އަލިފާން ރޯވެ ބޭނުން ކުރި ހުރިހާ އެއްޗަކަށް ގެއްލުންވެފައި - ފޮޓޯ: މާމެންދޫ ކައުންސިލް

ގއ. މާމެންދޫ ގެއެއްގައި އަލިފާން ރޯވެ ބޭނުން ކުރި ހުރިހާ އެއްޗަކަށް ގެއްލުންވެފައި - ފޮޓޯ: މާމެންދޫ ކައުންސިލް

ގއ. މާމެންދޫ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގެއާއި ގޭގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލި ވެއްޖެ އެވެ.

އެ ރަށު ލޯންގް ލައިފް ގޭގައި ހިފި އަލިފާންގަނޑު ރަށު ރައްޔިތުންގެ މަސައްކަތުން ނިއްވާލެވުނީ ގާތްގަނޑަކަށް އަލިފާން ރޯވިތާ ދެ ގަޑިއިރު ފަހުންނެވެ. އޭރަށް މުޅި ގެ ވަނީ އަނދާ ހުލިވެފަ އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒް މިއަދު "އަދަދު"އަށް ވިދާޅުވީ، އަލިފާން ނިއްވާ ވަސީލަތްތައް ރަށުގައި މަދުވުމުން، އެ ގޭގައި ހިފި އަލިފާންގަނޑު ރަށު ރައްޔިތުން ނުކުމެ ނިއްވާލީ ވަރަށް އުނދަގުލުން ކަމަށެވެ. އަލިފާންގަނޑު ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"މުޅި ގެ އަނދާފަ، ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއް ނެތް، އެ ތަނުގައި ތިބި މީހުންގެ ނަފުސު އެކަނި ސަލާމަތްވިކަން، ވަރަށް ވަރުން އަލިފާންގަނޑު ނިއްވާލެވުނީ ވެސް." އަޒީޒް ވިދާޅުވި އެވެ.

އަޒީޒް ކިޔައިދެއްވި ގޮތުން އެ ގޭގައި ދިރިއުޅެނީ ހަ މީހުންނެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ރަށުގައި ތިބީ އެއިން ހަތަރު މީހެކެވެ. ގޭގެ އެންމެ ދޮށީ ދެމަފިރިން ތިބީ މާލޭގަ އެވެ. އެއީ ފިރިހެން މީހާގެ ހިތުގެ ބައިޕާސް ސާޖަރީއެއްކޮށް ބަލިވެ އުޅޭތީ އެ ކަމަށް ބޭސްފަރުވާއަށް މާލެ އައި ގޮތަށެވެ.

"އަޅުގަނޑު އެ ފަަރާތަށް ގުޅުމުން މިއަދު ހަވީރު އެ ދެ މަފިރިން މާލެ އަންނާނެ ކަމަށް ބުނެފައިވޭ،" އަޒީޒް ވިދާޅުވި އެވެ.

މި ވަގުތު ގޭގައި އުޅެނީ ދޮށީ ދެމަފިރިންގެ ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅުގެ އިތުރަށް، އަންހެން ދަރިފުޅުގެ ފިރިމީހާއާއި އޭނާގެ ތިން އަހަރުގެ ފިރިހެން ދަރިފުޅެވެ. މިއިން އެއްވެސް މީހެއްގެ ނަފުސަށް އަނިޔާއެއް ނުލިބެ އެވެ.

އަޒީޒް ވިދާޅުވީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ކައުންސިލް ގުޅިގެން އެ އާއިލާ ވަގުތީ ގޮތުން މި ވަގުތަށް ތިބޭނެ ތަނެއް ކުއްޔަށް ހިފައިދީފައިވާނެ ކަމަށާއި ކެއިންބުއިމުގެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އެ އޮންނަ އުސޫލުގެ ތެރެއިން ޑިޒާސްޓާ [މެނެޖްމަންޓް އޮތޯރިޓީ] އިން އާއިލާއަށް ދޭން ޖެހޭ އިތުރު އެހީތެރިކަން ވެސް ދެމުން ގެންދާނެ، އަދި ކައުންސިލުން ވެސް ވަރަށް ކައިރިން ބަލަމުން މި ދަނީ،" އަޒީޒް ވިދާޅުވި އެވެ.

އެ އާއިލާއަށް މާމެންދޫ ރައްޔިތުންގެ އެހީތެރިކަން ނުހަނު ބޭނުންވާ ކަމަށާއި ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ކައުންސިލުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox