ސިފައިންގެ އޮޕަރޭޝަނެއްގައި މަހިންދަ ރާޖަޕަކްސަ ރައްކާތެރި ތަނަކަށް ގެންގޮސްފި

ސްރީލަންކާ ރައްޔިތުން ރުޅި ގަދަވީ ސަރުކާރުގެ ސަޕޯޓަރުން ސުލްހަވެރި މުޒާހަރާއަށް ހުރަސް އަޅައި ހަމަނުޖެހުން އުފެއްދުމުން. -- ފޮޓޯ: އޭޕީ

ސްރީލަންކާ ރައްޔިތުން ރުޅި ގަދަވީ ސަރުކާރުގެ ސަޕޯޓަރުން ސުލްހަވެރި މުޒާހަރާއަށް ހުރަސް އަޅައި ހަމަނުޖެހުން އުފެއްދުމުން. -- ފޮޓޯ: އޭޕީ

ކޮލޮމްބޯ، ސްރީލަންކާ (މޭ 10) - ރުޅި ގަދަވެފައި ތިބި ގިނަ އަދަދެއްގެ އާއްމުން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ވަށާލުމުން، ސިފައިންގެ ހާއްސަ އޮޕަރޭޝަނެއްގައި އަންގާރަ ދުވަހުގެ ހެނދުނު މަހިންދަ ރާޖަޕަކްސަ ރައްކާތެރި ތަނަކަށް ގެންގޮސްފި އެވެ.

ޑޮލަރު ހުސްވެ، ޒަރޫރީ މުދާ ނުލިބި، ކަރަންޓު ކަނޑަމުން ދާތީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ސްރީލަންކާ ރައްޔިތުން މުޒާހަރާ ކުރާތާ ދެ މަސް ވެއްޖެ އެވެ. ރައީސް އޮފީސް ކުރިމަތީގައި ޓެންޓު ޖަހައިގެން އެޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން ދިޔައީ ސުލްހަވެރިކަމާ އެކު އަޑު އުފުލަމުންނެވެ.

ނަމަވެސް ސަރުކާރުގެ ސަޕޯޓަރުން އަންގާރަ ދުވަހުގެ ހެނދުނު އެ ސަރަހައްދަށް ގޮސް، ޓެންޓުތައް ރޫޅާލައި މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުން ހަމަނުޖެހުން އުފެދުނެވެ. އެއާއެކު މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި އެވެ.

އެކަމަކު މުޒާހަރާގެ ބައިވެރިން ރުޅިގަދަވެ، ގޮވަމުން ދިޔައީ މަހިންދަ ރާޖަޕަކްސަ ހައްޔަރު ކުރުމަށެވެ. ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހުންނާއި ޕާލިމެންޓް މެމްބަރުންގެ ގެތަކުގައި ހުޅު ޖަހައި، ހިންގި ހަމަނުޖެހުމުގައި ފަސް މީހުން މަރުވެ، 180 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

ގިނަ ސިޔާސީ ފަރާތްތަކެއްގެ ގެތައް ކައިރިއަށް އާއްމުން ޖަމާވެ ހަމަނުޖެހުން ހިންގި އިރު، ކޮލޮމްބޯގައި ހުންނަ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީޒް ވެސް އޮތީ ވަށާލައިފަ އެވެ. އެ ތަނުގެ މައި ގޭޓު ފޫއަޅުވާލައި، ޕާކުކޮށްފައި އޮތް އުޅަނދެއްގައި ރޯކޮށް، މީހުން މަސައްކަތް ކުރީ އިމާރާތުގެ ތެރެއަށް ވަނުމަށެވެ.

އެ ހަމަނުޖެހުން ހިންގަމުން ދިޔަ އިރު، މަހިންދަ ރާޖަޕަކްސަ އާއި އާއިލާ އަދި ސިޔާސީ ގާތް ބޭފުޅުން ތިއްބެވީ ދެ ފަންގިފިލާގެ އިމާރާތުގެ ތެރޭގަ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އިމާރާތުގެ ތެރެއިން ވެސް ބަޑި ޖަހާ އަޑު އިވުނެވެ.

އަންގާރަ ދުވަހުގެ ފަތިހު ސިފައިން ހިންގި އޮޕަރޭޝަނެއްގައި މަހިންދަ ރާޖަޕަކްސަ އާއި އާއިލާ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ސިފައިން އޭއެފްޕީއަށް ބުންޏެވެ. ޓެމްޕަލް ޓްރީޒްގެ ގޯތި ތެރެއަށް އެ ވަގުތު ވެސް 10 ޕެޓްރޯލް ބޮން އެއްލި ކަމަށް ސިފައިން ބުންޏެވެ.

ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގައި ކާފިއު ހިންގަމުންދާ އިރު، މުޒާހަރާގެ ބައިވެރިން ދަނީ މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ވެސް ޑިމާންޑް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox