ވަރަށް ކުރު މުސްތަގުބަލެއްގެ ތެރޭ ސްޓެލްކޯއިން ރިއަލް އެސްޓޭޓް މާކެޓަށް ވަންނާނެ: ޝަރީފް

ޝަރީފް "އަދަދު" އަށް އިންޓަވިއު ދެނީ. ރިއަލް ސްޓޭޓް ވިޔަފާރިއަށް ވަނުމަށް މަސައްކަތްކުރަނީ ސްޓެލްކޯގެ އާމްދަނީ އިތުރުކުރުމަށް ކަމަށް އޭނާ ހާމަކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޝަރީފް "އަދަދު" އަށް އިންޓަވިއު ދެނީ. ރިއަލް ސްޓޭޓް ވިޔަފާރިއަށް ވަނުމަށް މަސައްކަތްކުރަނީ ސްޓެލްކޯގެ އާމްދަނީ އިތުރުކުރުމަށް ކަމަށް އޭނާ ހާމަކުރެއްވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފައިދާ އިތުރުކުރުމުގެ ގޮތުން ޔޫޓިލިޓީ ވިޔަފާރީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސްޓެލްކޯގެ އާޓިކަލްސް އޮފް އެސޯސިއޭޝަނަށް ބަދަލުތަކެއް ގެނެސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަރީފް ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ބޯޑުން ނިންމައިފިން ރިއަލް އެސްޓޭޓް ބިޒްނަސްއަށް ވަދެވޭ ގޮތަށް، އަދި އެހެނިހެން ވިޔަފާރިތަކަށް ވެސް ވަދެވޭ ގޮތަށް،" ޝަރީފް ވިދާޅުވި އެވެ.

މިވަގުތު ސްޓެލްކޯއަށް އާމްދަނީ ލިބެމުންދަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން ރައްޔިތުންގެ އަތުން ނަގަމުންދާ ޓެރިފުންނެވެ. އެގޮތަށް ހޯދާ އާމްދަނީއަކީ 'އަންރިލައިބަލް' އެއްޗެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވި އެވެ.

"ކުންފުނީގެ ފައިދާ ޖެއްސުމަށްޓަކައި އަޅުގަނޑުމެން އެހެން ބިޒްނަސްތަކަށް ޑައިވާސިފައި ކުރަމުން މިދަނީ،" ބޯޑުގެ ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝަރީފް "އަދަދު" އަށް ވިދާޅުވި އެވެ.

މިވަގުތު ވެސް ހުޅުމާލޭން އެ ކަމަށް ބޭނުންވާ ބިން ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު މަސައްކަތްތަކެއް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. އަދި، ވިލިމާލެއިން ބިން ހޯދުމަށް ސިޓީ ކައުންސިލާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

"ދެވަނަ ބޭނުމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފަހު އެހެން ދިމަދިމާލުން ލިބޭ އާމްދަނީ ބޭނުންކޮށްގެން ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ކުޑަކޮށްލުން،" ޝަރީފް ވިދާޅުވި އެވެ.

ވަރަށް އަވަހަށް ރިއަލް އެސްޓޭޓް މާކެޓަށް ވަދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭގެ އިތުރުން ފެން އުފެއްދުމުގެ މާކެޓަށް ވަނުމުގެ ވިސްނުންތަކެއް ވެސް ސްޓެލްކޯއިން ގެންގުޅެ އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ ފެން އުފެއްދުމުގެ ކެޕޭސިޓީ އެބަހުރި ހަމަ ރާއްޖޭގެ ބޮޓޮލްޑް ފެން އުފައްދާ ކުންފުންޏަކާ އެއްވަރަށް،" ކުރިއަށް އޮތް އަހަރު ތެރޭގައި ފެނުގެ މާކެޓަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox