ރައީސްގެ ސަޕޯޓަރުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުން ކާފިއު ހިންގަން ފަށައިފި

ކޮލޮމްބޯގައި ސިފައިންގެ މީހަކު ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: ދަ ޓެލެގްރާފް

ކޮލޮމްބޯގައި ސިފައިންގެ މީހަކު ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: ދަ ޓެލެގްރާފް

ކޮލޮމްބޯ، ސްރީލަންކާ (މޭ 9) - ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ސަޕޯޓު ކުރާ މީހުންނާއި ރައީސްއާ ދެކޮޅު މީހުންގެ މެދުގައި ހަމަނުޖެހުން ހިނގުމުން، ވެރިރަށް ކޮލޮމްބޯގައި ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގަން ނިންމައިފި އެވެ.

އޭއެފްޕީއިން ބުނީ އެޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން ރައީސް އޮފީސް ބޭރުގައި ޓެންޓު ޖަހައިގެން ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ ރައްޔިތުންނަށް، ދަގަނޑު ހޮޅިބުރި އާއި ލަޓިބުރި ފަދަ ތަކެތިން ހަމަލާ ދިނީ ރައީސްގެ ސަޕޯޓަރުން ކަމަށެވެ.

ހަމަނުޖެހުމުގެ ސަބަބުން 20 މީހުންނަށް އަނިޔާވި އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ވަނީ ބާރު ސްޕީޑުގައި ފެން ޖަހައި، ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ. ރައީސްގެ ސަޕޯޓަރުން މަސައްކަތް ކުރީ ފުލުހުންގެ ލައިންތައް ފޫއަޅުވާލާފައި ގޮސް، މުޒާހަރާގެ ބައިވެރިންގެ ޓެންޓުތައް ރޫޅާލުމަށެވެ.

ރައީސް އޮފީސް ބޭރުގައި ޓެންޓު ޖަހައިގެން "ގޮތަ ގޯ ގަމަ" ގެ ނަމުން ގާއިމްކޮށްފައިވާ މުޒާހަރާ ކުރާ ސައިޓަކީ ރައީސް އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ޑިމާންޑް ކުރާ މީހުން ތިބޭ ތަނެވެ. އެ މީހުން ބުނަނީ އިސްތިއުފާ ނުދެނީސް ގެތަކަށް ނުދާނެ ކަމަށެވެ.

މީގެ މަހެއް ކުރިން އެ މީހުން އެތަނުގައި ޓެންޓު ޖެހި ނަމަވެސް، މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް އެ ތަނުގައި ހިނގާފައެއް ނުވެ އެވެ. ރައީސްގެ ސަޕޯޓަރުން އެ ތަނަށް ގޮސް، މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިން އިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox