ގާބިލުކަން ނެތީސް ސިފްކޯއާ މަޝްރޫއުތަކެއް ހަވާލުކުރި މައްސަލައެއް

އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓްގެ ބިންގާ އެޅުމަށް 2018ވަނަ އަހަރުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތު. -ފައިލް ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓްގެ ބިންގާ އެޅުމަށް 2018ވަނަ އަހަރުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތު. -ފައިލް ފޮޓޯ: އެމްއެންޑީއެފް

ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެމްއެންޑީއެފްގެ މަޝްރޫއުތަކެއް މާލީ އަދި ފަންނީ ގާބިލުކަން ނުބަލައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކާ)އާ ހަވާލުކުރި މައްސަލައެއް އޮޑިޓު އޮފީހުން ފާހަގަކޮށްފި އެވެ.

އެމްއެންޑީއެފްގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހިދުމަތް ނުވަތަ ތަކެތި ހޯދާއިރު، ޕްރޮކިޔުމަންޓްގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، އެ މަސައްކަތެއް ހަވާލުކުރާ ފަރާތުގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރަންޖެހޭނެ ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، 2020 ވަނަ އަހަރުގެ ތެރޭގައި ނިންމަން އެމްއެންޑީއެފްއިން ސިފްކޯއާ ހަވާލުކުރި ބައެއް މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާއިރު، މި މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ.

މިގޮތުން، 2020ގައި ނިންމާ ގޮތަށް ސިފްކޯއާ ހަވާލުކުރި ޖުމްލަ 25 މިލިއަން ރުފިޔާގެ ތަފާތު ތިން މަޝްރޫއުއެއް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އުސޫލާ ހިލާފަށް ސިފްކޯއާ ހަވާލުކުރި މަސައްކަތްތައް

  • އެމްއެންޑީއެފްގެ ނުވަ ބުރީގެ އިމާރާތަށް ފަރްނީޗަރު ސަޕްލައި ކުރުން - 1.59 މިލިއަން
  • ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު (ފޭސް 1)ގެ މަސައްކަތް - 16.49 މިލިއަން
  • އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓް ރީލޮކޭޓް ކުރުމުގެ މަސައްކަތް - 6.9 މިލިއަން

މީގެ ތެރެއިން އެމްއެންޑީއެފްގެ އިމާރާތަށް ފަރުނީޗަރު ސަޕްލައި ކުރުމުގެ މަސައްކަތުގެ އަގު އެކީގައި އެޑްވާންސްކޮށް ދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މިގޮތަށް މަސައްކަތްތައް ލަސްވެފައިވަނީ މަސައްކަތްތައް ހަވާލު ކުރުމުގައި، ހަވާލު ކުރާ ކުންފުނީގެ އޮޕަރޭޝަނަލް ކެޕޭސިޓީ ރަނގަޅަށް ބަލާފައިނުވާތީ ކަމަށް ބެލެވެ އެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން ކުރާ ހޭދައަކީ މަސައްކަތްތައް ނިންމާ މިންވަރަކުން ހެދޭ "ޕްރޮގެރެސިވް ޕޭމަންޓް" ތަކަކަށް ނުހެދޭނަމަ، މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުން ދޭ އަހަމިއްޔަތުކަން ކުޑަވެ، މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމަށް މަގުފަހިވާނެކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެފަދަ މަސައްކަތް ހަވާލުކުރާ ފަރާތަކީ އެ މަސައްކަތް ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ފަރާތެއްތޯ ބެލުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

އަދި މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު ހަމަވުމުގެ ކުރިން ލިޔެކިޔުމުން އެކަން ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ނުކުރޭ

އެމްއެންޑީއެފްގެ 2020ގެ އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދަން، ޖުމްލަ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ލިޔުމުން ހަނދާކޮށްދޭންޖެހޭނޭ ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އިތުރުކުރެވުނު މުއްދަތުގައިވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށް އެ ގަވައިދުން ލާޒިމުކުރާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

ނަމަވެސް، އެމްއެންޑީއެފުން މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދަން އަމަލުކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިގޮތުން، 2019ވަނަ އަހަރުގެ ނިޔަލަށް އެމްއެންޑީއެފަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 4.52 މިލިއަން ރުފިޔާ މާލީ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެ ފައިސާ ހޯދަން މާލިއްޔަތު ގަވައިދުގައި ބުނާ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށް އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައަކީ އޭގެ ކުރީ އަހަރުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައަކަށްވާއިރު، މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެ ފައިސާ އަނބުރާ ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓު އޮފީހުން ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox