ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އެތުލެޓިކޯ އިން ރެއާލް ބަލިކޮށްފި

May 9, 2022, 2:41 AM
އެތުލެޓިކޯ މޮޅުވި ގޯލު ޖެހި ކަރާސްކޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯ މޮޅުވި ގޯލު ޖެހި ކަރާސްކޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 9) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ 1-0 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ރޭހުގައި ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ.

މިއީ އެތުލެޓިކޯ އިން ފާއިތުވި ހަ އަހަރު ތެރޭ ރެއާލް އަތުން މޮޅުވި ފުރަތަމަ މެޗެވެ. އެންމެ ފަހުން އެތުލެޓިކޯ އިން ރެއާލް ބަލިކުރީ 2016 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. މިއީ އެތުލެޓިކޯގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގައި ރެއާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އެ ދަނޑު ހުޅުވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެތުލެޓިކޯ އިން އެންމެ ފަހުން އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރީ 2015 ވަނަ އަހަރު އެވެ.

ލީގު ޗެމްޕިއަންކަން ކަށަަވަރުކޮށްފައިވާ ރެއާލް އެއް ވަނައިގައި އޮތީ 35 މެޗުން 81 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 35 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ ވަނީ ރޭ ވިޔަރެއާލް ދަނޑުގައި 1-1 އިން އެއްވަރުވެފަ އެވެ. ސެވިއްޔާ އަށް ވަނީ 35 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ހަތަރެއްގައި އޮތީ 35 މެޗުން 64 ޕޮއިންޓާ އެކު އެވެ.

ރެއާލުން ރޭ އެތުލެޓިކޯއާ ދެކޮޅަށް ނެރުނީ ގިނަ ބަަދަލުތަކެއް ގެނެސްފައި އޮތް ޓީމެކެވެ. ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ އާއި ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ އިތުރުން އެއް ވަނަ ގޯލްކީޕަރު ތިބައު ކޯޓުއާ މި މެޗުގައި ނުކުޅެ އެވެ. އެތުލެޓިކޯ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މެޗުގެ 40 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޔަނިކް ކަރާސްކޯ އެވެ. މިއީ އެތުލެޓިކޯގެ މަޓެއުޒް ކޫންޏާ އަށް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގައި އެތުލެޓިކޯ އަށް ލީޑުފުޅާކޮށްދޭން ކަރާސްކޯ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ދެން އެތުލެޓިކޯ އިން ފޮނުވާލި ހަމަލާތައް ރެއާލްގެ ގޯލު ބެލެހެއްޓި އަންޑްރީ ލުނިން ވަނީ މަތަކޮށްފަ އެވެ.

ރެއާލަށް މި މެޗުގައި ގޯލެއް ޖަހައިދޭން މާކޯ އަސެންސިއޯ ޖެހި ޝޮޓެއް ބްލޮކްވިއިރު، ފެޑެރީކޯ ވަލްވޭޑޭ ފޮނުވާލި ހަމަލާތައް އެތުލެޓިކޯ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ވިޔަރެއާލަށް ރޭގެ މެޗުގެ 85 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ސެވިއްޔާ އަށް އެއްވަރުކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox