މަހިންދަ ރާޖަޕަކްސަ ފައްޅިއަށް ވަޑައިގެންނެވުމުން ވެސް އިވުނީ ރައްޔިތުންގެ ހަޅޭކުގެ އަޑުތައް

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ގިނަ ދުވަސްތަކަކަށް ފަހު އާއްމު ތަނަކަށް ވަޑައިގެންނެވުމުން، ރައްޔިތުން ޖަމާވެ އިސްތިއުފާއަށް ޑިމާންޑުކޮށް އަޑު އުފުލައިފި އެވެ.

ބޭރު ފައިސާ ހުސްވެ، އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ލަންކާގައި ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށި ފަހުން ބޮޑު ވަޒީރު އާއްމު ތަނަކަށް ވަޑައިގެންފައެއް ނުވެ އެވެ.

ނަމަވެސް އާދީއްތަ ދުވަހު ބުދު ދީނުގެ އެންމެ ބޮޑު އެއް ފައްޅިއަށް މަހިންދަ ރާޖަޕަކްސަ ވަޑައިގެންނެވި އެވެ. އެއީ އަނޫރާދަޕޫރާގައި 2،300 އަހަރުވީ ގަހެއް ހުންނަ ފައްޅި އެކެވެ.

ބޮޑު ވަޒީރުގެ ޒިޔާރަތާ ދިމާކޮށް، ފައްޅިއަށް ޖަމާވި ގިނަ އާއްމުން ތިބީ އިސްތިއުފާއަށް ގޮވާލައި ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި އަނޫރާދަޕޫރާ ސިޓީއިން "ވަގުން" ބޭރު ކުރުމަށް ގޮވައި އަޑު އުފުލި އެވެ.

ބަރު ހަތިޔާރާ އެކު ހަރަކާތްތެރިވާ ސްޕެޝަލް ޓާސްކް ފޯސް ކޮމާންޑޯޒް މަހިންދަ ރާޖަޕަކްސަގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އިރު، އެމަނިކުފާނު ފައްޅިއަށް ވަޑައިގެންނެވީ ހަ އުޅަނދުގެ ކޮންވޯއިއެއްގަ އެވެ.

އޮފިޝަލުން ބުނީ ބޮޑު ވަޒީރު އެނބުރި ކޮލޮމްބޯއަށް ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށެވެ.

ކައްކާ ގޭހާއި، ޕެޓްރޯލާއި، ޑީސެލް ނުލިބޭތީ ރުޅިގަދަވެފައި ތިބި އާއްމުންގެ މުޒާހަރާތަކާ ހެދި ލަންކާގެ ގިނަ މައި މަގުތަކެއް ބަންދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވެރިރަށް ކޮލޮމްބޯގައި އާދީއްތަ ދުވަހު ކައްކާ ގޭސް ބަރުކޮށްގެން ދަތުރު ކުރި އުޅަނދަކަށް ބަޔަކު ހަމަލާދީ، އޭގެން ގޭސް ފުޅިތައް ލޫޓުވި އެވެ.

އެކަން ކުރީ ގޭސް ގަންނަން ކިޔު ހަދައިގެން ދަންވަރުން ފެށިގެން ތިބި މީހުންނެވެ. ސެކިއުރިޓީގެ ގޮތުގައި ތިބި ފުލުހުންގެ އަދަދު މަދު ކަމުން، އެ މީހުން ހުއްޓުވަން އެއްވެސް ކަމެއް ނުކުރެވުނެވެ.

އޮފިޝަލުން ބުނީ ކިޔުގައި ތިބި އއްމުން އުޅަނދުގެ މައްޗަށް އަރައި، 84 ގޭސް ސިލިންޑަރު ވަގަށް ގެންދިޔަ ކަމަށެވެ. އެ ހާދިސާ ހިނގި އިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ލަންކާގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

މަސައްކަތްތެރިންގެ އިހްތިޖާޖާ ހެދި ހިދުމަތްތައް ހުއްޓިފައިވާ ކަމަށް ސަރުކާރުން ބުނާ އިރު، ޓްރޭޑް ޔޫނިއަންތަކުން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އިހްތިޖާޖް ކުރާނެ ކަމަށެވެ.

ބޮޑު ވަޒީރުގެ ކޮއްކޯފުޅު އަދި ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ވެސް އާއްމުން ދަނީ ޑިމާންޑް ކުރަމުންނެވެ. މާޗް 31 ވަނަ ދުވަހު ރައްޔިތުން ރައީސްގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރެއްވި ފަހުން، އެމަނިކުފާނު އާއްމު ތަނަކަށް ވަޑައިގެންފައެއް ނުވެ އެވެ.

އެޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން އެތައް ހާސް ބަޔަކު ދަނީ ރައީސްގެ އޮފީސް ކުރިމަތީގައި ޓެންޓު ޖަހައި މުޒާހަރާ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރާޖަޕަކްސަ އާއިލާ ވެރިކަމާ ދުރަށް ޖެހެން ރައްޔިތުން ޑިމާންޑް ކުރަން ފެށުމުން، އާއިލާގެ ގިނަ މެމްބަރުންތަކެއް އެކި ދީންތަކުގެ ކަންކަމުގައި އުޅުން ވަނީ އިތުރުވެފަ އެވެ.

ރައީސްގެ ޕާސަނަލް ފަންޑިތަވެރިޔާ ގްނާނާ އައްކަ ދާދި ފަހުން ފެން ފުޅިއެއް ތައްޔާރުކޮށް، ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރާ ހިސާބަށް އެ ފެންފުޅި ފޮނުވި ކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ. އެއީ މުޒާހަރާގެ ބައިވެރިން އެ ތަނުން ފޮނުވުމަށް ހެދި ފަންޑިތައެއް ކަމަށް ވެ އެވެ.

އޭގެ އިތުރުން ނަސާރާ ދީނަށް ނިސްބަތްވާ، ބޮޑު ވަޒީރުގެ އަނބިކަނބަލުން، ޝިރާންތީ ރާޖަޕަކްސަ ވެސް ދާދި ފަހުން ހިންދޫ ފައްޅިއަކަށް ވަޑައިގެންނެވި ކަމަށް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox