އައިޕީއެލް 2022: ލަކްނޯ އާއި ރާޖަސްތާން މޮޅުވިއިރު، ކޮލްކަތާ ކަޓައިފި

May 8, 2022, 7:26 AM
އައިޕީއެލް 2022: ލަކްނޯ އާއި ރާޖަސްތާން މޮޅުވިއިރު، ކޮލްކަތާ ކަޓައިފި

މުމްބާއީ (މެއި 8) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގެ ޕްލޭ އޮފް ބުރުން ލަކްނޯ ސުޕަ ޖަޔަންޓްސް ޖާގަ ހޯދިއިރު، ރާޖަސްތާން ރޯޔަލް އަތުން ބަލިވެ، މުބާރާތުގެ ކާމިޔާބު ޓީމެއް ކަމަށްވާ ކޮލްކަތާ ނައިޓް ރައިޑާސް މުބާރާތުން ކަޓައިފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ލީގުގެ ޕްލޭ އޮފް ބުރުން ޖާގަ ލިބެނީ ގަދަ ހަތަރު ޓީމަށެވެ. ދިހަ ޓީމު ވާދަކުރާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތީ 16 ޕޮއިންޓް ހޯދައިގެން ލަކްނޯ އެވެ. ހަމަ އެ އަދަަދަށް ޕޮއިންޓް ހޯދައިން ނެޓް ރަން ރޭޓަށް ބަލާއިރު، ދެ ވަނައިގައި އޮތީ ގުޖުރާތު ޓައިޓަންސް އެވެ. މިހާތަނަށް ޕްލޭ އޮފްގެ ޖާގަ ޔަގީންވެފައިވަނީ މި ދެ ޓީމަށެވެ. ތިން ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު ރާޖަސްތާނެވެ. އެ ޓީމަށް ބާކީ އޮތް ތިން މެޗުން ބޭނުންވަނީ އެއް މޮޅެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ތިން ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް، ޗެންނާއީ ސުޕަ ކިންގްސް އަދި ކޮލްކަތާ ނައިޓް ރައިޑާސް އޮތީ ތާވަލްގެ ފުލުގަ އެވެ. ތިން ޓީމު ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ލީގު ބުރުގައި އެންމެ ފަހުން ކުޅުނު މެޗު ލަކްނޯ އިން ކާމިޔާބުކުރީ ކޮލްކަތާ އާއި ވާދަކޮށް 75 ލަނޑުންނެވެ. މެޗުގެ ފުރަތަމަ އިނިގްސްގައި ބެޓްކުރަން އަރައި ލަކްނޯ އިން ވަނީ 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 176 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ އޯޕަނިން ބެޓްސްމަން ކުއެންޓިން ޑި ކޮކް 29 ބޯޅަ އިން 50 ލަނޑު ހެދި އިރު، ދީޕަކް ހޫޑާ ވަނީ 27 ބޯޅައިން 41 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ކޮލްކަތާ ކުޅެން އަރައި 14.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިން އަންދްރޭ ރަސެލް ވަނީ 19 ބޯޅައިން 45 ލަނޑު ހަދާފަ އެވެ. މި އިނިންގްސްގައި ލަކްނޯގެ އާވޭޝް ޚާން 3 އޯވަރުގައި 19 ލަނޑަށް ތިން ވިކެޓު ނެގިއިރު، ޖޭސަން ހޯލްޑަރު ވަނީ ތިން އޯވަރުގައި 31 ލަނޑަށް ތިން ވިކެޓު ނަގާފަ އެވެ.

މުބާރާތުގެ ޕްލޭއޮފް ބުރާ ގާތަށް ރާޖަސްތާން ޖެހިލީ ޕަންޖާބު ކިންގްސް އަތުން ހަ ވިކެޓުން މޮޅުވެގެންނެވެ. ވާދަވެރި މި މެޗު ރާޖަސްތާނުން ކާމިޔާބުކުރީ ފަހު އޯވަރުތަކުގައި ދެއްކި މޮޅު ކުޅުމާ އެކުގަ އެވެ.

ފުރަތަމަ ކުޅެން އަރައި ޕަންޖާބުން 20 އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހެދި އެވެ. އެ ޓީމުގެ ޖޮނީ ބެއާސްޓްރޯ 40 ބޯޅަ އިން 56 ލަނޑު ހެދިއިރު، ޖަތިން ޝަރުމާ ވަނީ 18 ބޯޅައިން 38 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި ރާޖަސްތާންގެ ޔުޒްވެންދްރަ ޗަހާލް ހަތަރު އޯވަރުގައި 28 ލަނޑަށް 3 ވިކެޓު ނެގި އެވެ.

ރާޖަސްތާނުން ކުޅެން އަރައި ބާކީ ދެ ބޯޅަ އުކަން އޮއްވައި ހަތަރު ކުޅުންތެރިން ނުބައިވެގެން 190 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 68 ލަނޑު ހެދި ޔަޝަސްވީ ޖެއިސްވާލް އާއި ފަހު ވަގުތު ކުޅެން އަރައި 16 ބޯޅަ އިން 31 ލަނޑު ހެދި ޝިމްރޮން ހެތުމަޔަރު އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. މެންދުރު ފަހު ކުޅޭ މެޗުގައި ސަންރައިޒާސް ހައިދަރުއާބާދު ނުކުންނާނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ މެޗުގައި ޗެންނާއީ ސުޕަ ކިންގްސް ނުކުންނާނީ ޑެލީ ކެޕިޓަލްސް އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox