ސްރީލަންކާގެ ޕާލިމެންޓު ތެރެއަށް ވަންނަން އުޅުމުން ކަރުނަ ގޭސް ޖަހައިފި

ސްރީލަންކާގެ ޕާލިމެންޓު ބޭރުގައި ފުލުހުން ސަފު ހަދައިގެން. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ޕާލިމެންޓު ބޭރުގައި ފުލުހުން ސަފު ހަދައިގެން. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (މޭ 5) - އިގްތިސާދީ ކާރިސާއާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ޑިމާންޑް ކުރަން އެއްވި ބައެއް ދަރިވަރުން ޕާލިމެންޓުގެ ތެރެއަށް ވަންނަން އުޅުމުން ފުލުހުން ކަރުނަ ގޭސް ޖަހައިފި އެވެ.

ޕާލިމެންޓު ކައިރިއަށް އެއްވީ އިންޓާ ޔުނިވާސިޓީ ސްޓުޑަންޓްސް ފެޑެރޭޝަންގެ ދަރިވަރުންނެވެ. ގިނަ ޔުނިވާސިޓީތަކުގެ ދަރިވަރުން ހިމެނޭ އެ ގްރޫޕުން، މަގުމަތީގައި ހުރި ދަގަނޑު ބެރިކޭޑްތައް ދުރަށް ޖެއްސުމަށް ފަހު ޕާލިމެންޓާ ދިމާލަށް ދާން މަސައްކަތް ކުރި އެވެ.

ފުލުހުން ކަރުނަ ގޭސް ޖެހީ އެ މީހުން ހުއްޓުވުމަށެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖެހެން ފެށުމުން ވެސް، މެދުކެނޑުމެއް ނެތި ފުލުހުން ކަރުނަ ގޭސް ޖަހަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. ބައެއް ކަރުނަ ގޭސް ފުޅިތައް ވެއްޓުނީ ދިޔަތަ އުޔަނަ ޕާކްގެ ފިހާރަތައް ކައިރިއަށެވެ.

ބޭރު ފައިސާ ހުސްވެ، އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން ލަންކާގެ 22 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި، ތެލާއި، ބޭހުގެ ދަތިކަން ކުރިމަތިވެފަ އެވެ. އެހެންވެ، އެތައް ހާސް ބަޔަކު މުޒާހަރާ ކުރަނީ ރައީސް އާދި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ޕްރެޝަރު ކުރުމަށެވެ.

ނަމަވެސް ރައީސް އާއި ބޮޑު ވަޒީރު ވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ޓްރޭޑް ޔޫނިއަންތަކުން ވަނީ ހުކުރު ދުވަހު މަސައްކަތް ހުއްޓާލައިގެން އިހްތިޖާޖް ކުރަން ނިންމާފަ އެވެ. އިހްތިޖާޖަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ހެނދުނު އެއް ގަޑިއިރަށް ހުރިހާ ފައްޅިތަކުން ރަނގަބީލް ޖެހުމަށް އެ މީހުން އެދިފައިވެ އެވެ.

ބުދަ ދުވަހު ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ވެސް ގިނަ އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ވަގުތު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 50 މިލިއަން ޑޮލަރު ކަމަށެވެ.

ރަސްމީ ތަފާސްހިސާބުން ދައްކާ ގޮތުގައި ބޭރު ފައިސާގެ ރިޒާވްގައި 1.7 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ. ނަމަވެސް އޭގެ ތެރެއިން ބޮޑު ބަޔަކީ ޗައިނާގެ ކަރަންސީ ސްވޮޕަކުން ލިބުނު ބޭރު ފައިސާ އެވެ. އެ ފައިސާ ބޭނުން ކުރެވޭނީ ހަމައެކަނި ޗައިނާގެ މުދާ އިމްޕޯޓް ކުރުމަށެވެ.

ސަބްރީ ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީއަށް އެދުން ލަސް ކުރުމަކީ ސަރުކާރަށް ހެދުނު ގޯހެއް ކަމަށެވެ. ދަރަނި ދައްކާނެ ފައިސާ ނެތުމުން، 51 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ޑިފޯލްޓް ކުރަން ނިންމިކަން ލަންކާއިން އިއުލާން ކުރީ މިދިޔަ އެޕްރީލް މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox