އާ ދެ ވޭރިއެންޓަކާ ހެދި ދެކުނު އެފްރިކާގައި އަނެއްކާވެސް ކޮވިޑް އިތުރު ވަނީ

ދެކުނު އެފްރިކާގައި ކޮވިޑާ ދެކޮޅަށް ރައްކާތެރިވުމަށް މީހަކު މާސްކު އަޅައިގެން. -- ފޮޓޯ: އޭޕީ

ދެކުނު އެފްރިކާގައި ކޮވިޑާ ދެކޮޅަށް ރައްކާތެރިވުމަށް މީހަކު މާސްކު އަޅައިގެން. -- ފޮޓޯ: އޭޕީ

ޖެނީވާ، ސްވިޓްޒަލޭންޑް (މޭ 4) - ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓުގެ މުޅިން އާ ދެ ސަބްވޭރިއެންޓަކާ ހެދި ދެކުނު އެފްރިކާގައި ކޭސްތައް އިތުރު ވާން ފަށާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވެސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ނޮވެމްބަރު މަހު ދެކުނު އެފްރިކާ އިންނެވެ. އެ ވޭރިއެންޓު ހަލުވިކަމާ އެކު ފެތުރި މިހާރު ހުރިހާ ގައުމެއްގައި ވެސް "ޑޮމިނެންޓް" ވޭރިއެންޓަކަށް ވަނީ ވެފަ އެވެ.

އޮމިކްރޯންގެ ގިނަ ސަބްވޭރިއެންޓްތަކެއް ދެނެގަނެފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް އެންމެ ބޮޑަށް ފެތުރިފައި ވަނީ ބީއޭ.2 އެވެ.

ނަމަވެސް އެންމެ ފުރަތަމަ އޮމިކްރޯން ވޭރިއެންޓް ދެނެގަތް ސައިންޓިސްޓުން މިހާރު ބުނަނީ މުޅިން އާ ދެ ސަބްވޭރިއެންޓް ކަމުގައިވާ ބީއޭ.4 އަދި ބީއޭ.5 ގެ ސަބަބުން އެ ގައުމުގައި ކުއްލިއަކަށް ކޭސްތައް ވަރަށް ބޮޑަށް މަތިވަމުންދާ ކަމަށެވެ.

އެ ދެ ސަބްވޭރިއެންޓުން ބަލިވާ މިންވަރު ބޮޑުވާނެތޯ އަދި ބުނަން ނޭނގޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. ނަމަވެސް ވެކްސިން ޖެހުމުން ބަލީގައި ސީރިއަސްވުން ކުޑަވެ، މަރުތައް މަދު ކުރެވޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ދެކުނު އެފްރިކާގައި މިހާތަނަށް 3.8 މިލިއަން ކޮވިށް ކޭސް ރިޕޯޓުކޮށްފައިވާ އިރު، 100،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އެކަމަކު އެ ގައުމުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އާބާދީގެ 45 ޕަސެންޓަށް ވުރެ މަދު ބަޔެކެވެ.

ކޭސްތައް މަދުވާން ފެށުމުން، މިދިޔަ އެޕްރީލް މަހު ހުރިހާ ފިޔަވަޅުތަކެއް އުވާލި ނަމަވެސް، މިހާރު ވަނީ ވަރަށް ބޮޑަށް މަތި ވާން ފަށާފައި ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox