ޢީދު އައީ ހަމަ "ހިނިތުންވަމުން" ހެއްޔެވެ؟

ޢީދު އައީ ހަމަ "ހިނިތުންވަމުން" ހެއްޔެވެ؟

ފިޠުރު ޢީދު އަންނާންޖެހެނީ އަބަދުވެސް "ހިނިތުންވަމުން"، "މީރު ވަހުން ޖައްވު ހުވަނދުލަމުން"ކަމަށް އަހަރެމެންނަށް ޤަބޫލުކުރެވެނީ ތުއްތު އިރުއްސުރެ އެ ޝިޢާރު އަޑުއިވޭތީ ތޯއްޗެކެވެ. ކޮވިޑުގެ ބަންދުން ވީއްލުމަށްފަހު މި އައި "ހުޅުވިފައިވާ" ޢީދު ޢީދަކަށް ބޮޑަށް ވެފައި މިވަނީ "ފެން ޢީދަކަށް" ވީމާވެސް ތޯއްޗެކެވެ. ފިޠުރު ޒަކާތާއި އެ ނޫންވެސް ޞަދަޤާތްތަކުގެ އެހީގައި، އެންމެންވެސް މަސައްކަތްކުރަނީ ފިޠުރު ޢީދަކީ މުޅި މުސްލިމް އުންމަތަށްވެސް އުފާވެރިކަން ގެނުވާ ދުވަހަކަށް ހަދައިދިނުމަށެވެ. އެހެންނަމަވެސް މި ޢީދުގެ އުފާ، އޭގެ އެންމެ ފުރިހަމަގޮތުގައި ނުލިބޭ ބަޔަކު، ޚުދު އަހަރެމެންނަށް ފެންނަ ފަށުގައިވެސް އެބަ ތިބި ކަން ހަނދާނުން ފުހެލައިގެން ނުވާނެއެވެ.

ގެވެށި ހިޔާވަހިތަކުން ހިމާޔަތް ނުލިބޭ ކުދިބޮޑު އެންމެނަށް ޢީދު ދުވަހަކީވެސް ހަމަ އެކަހަލަ އަނެއް ދުވަހެވެ. ޢީދުގެ އުފަލުގައި، އެހެން މީހުން ޢާއިލީ އެއްބައިވަންތަކަމާއި ލޯތްބާއި އަޅާލުމުގެ މަންޒަރުތަކުން މުޅި ޤައުމުގައި "ހުވަނދުލަމުން" ދާއިރު، އެ މަންޒަރު ބަލަން ނުކެރި އިސްޖަހާލައިގެން ތިބެ، އެ މީހުންގެ "އިޚުތިޔާރީ" ޢާއިލާތަކާއެކު ކަންމަތި ކަންމަތީގައްޔާއި ހިސާބުގަނޑު ޕާކުތަކުގައި ޢީދު ދުވަހަށް މަރުޙަބާ ކީ އެތައް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އިއްޔެ އަކީ އިތުރު ހިތިރަހައެއް ތަޖުރިބާކުރަންޖެހުނު ދުވަހެކެވެ. ޢާއިލާތަކުން އެކީގައި މެންދުރު ކޭންތަކަށް އިންސާފުކުރަމުން ދިޔަ އިރު، މި ބުނި ކުދިންނާއި މީހުން މި ޢީދުގައިވެސް ބަނޑަށް އެނގުންކޮށްލަންޖެހުނީ ކަންމަތީ ފިހާރައިން ގަތް ކޮފީ ދަޅަކުންނެވެ.

ރަމަޟާން މަހުގެ ފަހު ދުވަހު ދިމާވި އަވަށްޓެރިއެކެވެ. އަހަރެމެން ކުޑައިރުއްސުރެ ދެކެ ފަރިތަ "ދައްތަ"އެކެވެ. ކުދިންކޮޅު ގޮވައިގެން ޢަބުރުވެރި ދިރިއުޅުމެއް ބިނާކުރަން ބުރަ މަސައްކަތްތަކެއް ކުރި އެކަނިވެރި މައެކެވެ. މިއަދު ޢުމުރުން ދުވަސްވެފައިވާ މާމައެކެވެ. އެ ދައްތަ ކުރި ޝަކުވާއަކީ އެ ދައްތަ އެހާ ލޯބިން ބޮޑު ކުރި ދަރިންގެ އަޅާލުން ނުލިބޭކަމުގެ ޝަކުވާއެވެ. އެ ދުވަހުވެސް، އަވަށްޓެރި އެހެން ގެއެއްގެ ދެމަފިރިއެއްގެ ހުރިހާ ދަރިންނާއި މާމަ ދަރިން ޢީދަށް އެ ގެއަށް ދާނެ ޚަބަރު ލިބުމުން، އެއްކަލަ ދައްތަ ހުރީ ފެންކަޅިވެފައެވެ. އެފަދަ ކިތައް މަންމައިންނާއި ބައްޕައިން މި މުޖުތަމަޢުގައި ތިބޭނޭ ބާވައެވެ؟ ޒަމާނީ ނިއުކްލިޔަރ ޢާއިލާތަކުގެ ދުރުކަމަށް އެފަދަ މައިންބަފައިން އަލެވެ. މިކަން ދަންނަ ކިތައް ދަރިން މިރާއްޖޭގައި އުޅޭ ބާވައެވެ؟

މި ރާއްޖޭގައިވެސް އަޅާލާނޭ ބައެއް ނެތް ކުޑަކުދިންނާއި ނުކުޅެދޭ މީހުންނަށް ޚާއްޞަ މަރުކަޒުތައް ހުރެއެވެ. ހަސްފަތާލުތަކުގައިވެސް އަޅާލާނޭ މީހަކު ނެތި އެނދުމަތިކުރެވިފައިވާ އެތައް ބަޔަކު ތިބެއެވެ. ޢީދު ދުވަހު އެ ތަންތަނަށް ގޮސް، އެކުދިންނާއި މީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެވޭތޯ މަސައްކަތްކުރާ ދަރުމަވެރިންވެސް މި ރާއްޖޭގައި އުޅެއެވެ. އެހެންނަމަވެސް އެންމެ ދުވަހަކު ބަޔަކު އެ ދިއްކޮށްލާ ހަމްދަރުދީގެ އަތެއްގައި ހިފައިގެން އެ ފަދަ ކުދިންނާއި މީހުންގެ ހިތުގައި ޙަޤީޤަތުގައި އުފެދޭނީ ކޮން އުފާވެރިކަމެއް ބާވައެވެ؟ ވަގުތީ އުފަލެއް ނުލިބޭނެއެކޭ ނޫނެވެ. އެހެންނަމަވެސް އެ މީހުންގެ ނަޒަރުން ވިސްނާލަމާ ހެއްޔެވެ؟ ޢާއިލާގެ ގާތްކަން ނުލިބި، އެ ހިތާމައިގައި ތިބެ، ހިނިތުންވެލާން މި މަޖުބޫރުވަނީ، ބައެއް ފަހަރު އިޚުލާސްތެރިމާއެކު، އަނެއްބައި ފަހަރު "ފޮޓޯ އޮޕް"އެއްގެ ގޮތުގައި އެހީ ދިއްކޮށްލާ މީހުންނާ ދިމާއަށެވެ. އެ ފަދަ ފޮޓޯތަކުގައި ހިނިތުންވެފައިވާ މީހެއް ފެނުނު ނަމަވެސް، އެ ހިނިތުންވުމުން އޭނާ ފަރުދާ ކުރާ ވޭން، މި ޢީދުގައި އަހަރެމެންނަށް އިހުސާސްކުރެވޭނެބާވައެވެ؟

ފިޠުރު ޢީދު ލަވައިގައި ބުނާ ފަދައިން ޢީދު އައީ "ރީތިވިހާ ލަވަކިޔަމުން، މާމަލުގައި ނަލަ ކުލަ ޖައްސަމުން"ނެވެ. އެކަމަކު މި ޢީދުގައިވެސް، އަދި އެ މީހުންގެ ހުވަފެންތަކުގައި ކުލަ ނުޖެހޭ އެތައް ބަޔަކު ތިބިކަން ހަނދާންކުރަން ޖެހެއެވެ. މިކަންކަން އަލުން ހަނދާންކުރަން މިއަށްވުރެ މުނާސަބު ދަނޑިވަޅެއްވެސް ވަކީން ކޮބާހެއްޔެވެ؟ ޚުދު ރަމަޟާންމަހުގެ އެއް ފިލާވަޅަކީ ނިކަމެތީންނާއި ފަޤީރުންގެ އިހުސާސްތަށް ދެނެގަތުން ނޫންހެއްޔެވެ؟ ރަމަޟާން މަހަށް އަލްވަދާޢު ކިޔައި ޢީދުގެ އުފަލުގައި އަހަރެމެން ގެނބިގެންދާއިރު، މި ދެންނެވި އާބާދީތަކުގެ މަތީން ހަނދާންނައްތާ ނުލާށެވެ. މިއީވެސް އިސްލާމީ މުޖުތަމަޢުގެ މުހިއްމު ބައިތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox