ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑަށް ހިތްހަމަޖެހުމެއް

May 2, 2022, 11:59 PM
ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑަށް ހިތްހަމަޖެހުމެއް

މެންޗެސްޓާ (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ހިތްހަމަޖެހުމެއް ހޯދައިފި އެވެ. މިއީ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.

މިއީ މި ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި އެ ޓީމުން ކުޅުނު ފަހު މެޗެވެ. ލީގުގައި ބާކީ އޮތް ދެ މެޗު ޔުނައިޓެޑުން ކުޅެން ޖެހެނީ ރަށުންބޭރުގަ އެވެ. އަދި ރޭގެ މެޗަކީ ޔުނައިޓެޑް ދަނޑުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުއާން މަޓާ، ފިލް ޖޯންސް، އެޑިންސަން ކަވާނީ އަދި ނަމާންޏާ މަޓިޗްގެ ފަހު މެޗެވެ. އަދި ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ރަލްފް ރަންގްނިކް އެ ޓީމުގެ ދަނޑުގައި އިރުޝާދުދިން ފަހު މެޗެވެ.

މިދިޔަ އަހަރު ފަހު ކޮޅު ހަ މަސް ދުވަހުގެ ކޮންޓްރެކްޓްގައި ޔުނައިޓެޑާ ހަވާލުވި ރަންގްނިކް މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުކަށް ހަވާލުކުރާނީ އަޔަކްސްގައި މި ވަގުތު ހުރި ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގާ އެވެ. ރަންގްނިކް ބުނީ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ އެންމެ ރަނގަޅު މަސައްކަތެއް ކުރެވުނު ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"ފަހަކަށް އައިސް ނަތީޖާތަކާ މެދު ހިތްހަމައެއް ނުޖެހޭ. ހާއްސަކޮށް އެންމެ ފަހު ފަހެއް ނޫނީ ހަ ހަފްތާގައި ދިޔައީ ރަނގަޅަކަށް ނޫން،" ރަންގްނިކް ބުންޏެވެ.

ޔުނައިޓެޑަށް މި ވަގުތު އޮތީ 36 މެޗުން 58 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ގަދަ ހަތަރެއްގައި ނިންމުމުގެ މެތަމެޓިކަލް ހަނި ފުރުސަތެއް އޮތް ނަމަވެސް ރަންގްނިކް ވަނީ މާ ކުރިން ގަދަ ހަތަރެއް ހޯދައިގެން އަންނަ ސީޒަނުގައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެކަމަށް ނިންމައިފަ އެވެ.

އޯލްޓް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑުނެގީ ބްރޫނޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. މިއީ އޭރިއާތެރެއިން އެންތަނީ އެލާންގާ ހުސްކޮށްލާފައި ނެގި ހުރަހަކުން ފެނާންޑޭސް ޖެހި ގޯލެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. އެހެންވެ، އެ ގޯލު ބަލައެއް ނުގަނެ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 61 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ބްރެންޓްފޯޑްގެ ރީކޯ ހެންރީ އޭރިއާތެރެއިން ރޮނާލްޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެވެ. މިއީ، އުމުރުން 37 އަހަރުގެ ރޮނާލްޑޯ މި ފަހަރު ލީގުގައި ޖެހި 18 ވަނަ ގޯލެވެ. އަދި ސީޒަނުގައި ޖުމްލަ އެކު ޖެހި 24 ވަނަ ގޯލެވެ.

ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އަލެކްސް ޓެލޭސް ނެގި ކޯނަރަކުން ވަރާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެންޓްފޯޑް ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

މި މެޗުގައި ވެސް ޔުނައިޓެޑް ސަޕޯޓަރުން ވަނީ އެ ކްލަބް ހިންގުމާ ހަވާލުވެ ތިބި، އެމެރިކާގެ މަހުޖަނު އާއިލާ، ގްލޭޒާސްއާ ދެކޮޅަށް ޝުއޫރުފާޅުކޮށްފަ އެވެ. ފަހަކަށް އައިސް ޔުނައިޓެޑްގެ ކޮންމެ މެޗެއްގައި އެކަން ކުރިއަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox