އެއް ކުޅުންތެރިއަކަށް ބޮޑު ހޭދައެއް ކުރާނެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ

May 3, 2022, 8:21 AM
އެއް ކުޅުންތެރިއަކަށް ބޮޑު ހޭދައެއް ކުރާނެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ

ލަންޑަން (މެއި 2) - އެއް ކުޅުންތެރިއަކަށް ބޮޑު އަގެއްދީފައި ގަތުމުގެ ފެންވަރެއް އާސެނަލްގެ ކިބައިގައި ނެތް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ލީގުކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް މި ވަގުތު ވާދަކުރަމުން އަންނަނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ހޯދުމަށެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، އާސެނަލް އަށް ލީގުގެ ހަތަރު ވަނަ ހޯދުމުގެ އަމިއްލަ ބާރުވެސް އެބަ އޮތެވެ.

އާސެނަލާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޓޮޓެންހަމަށް ވުރެ އިތުރަށް އާސެނަލުން ވަނީ ދެ ޕޮއިންޓް ހޯދައިފަ އެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އާޓެޓާ ބުނީ ކުލަބުގެ މާލީ ހާލަތުގެ ވާހަކަތައް އެކި ފަހަރުމަތިން ހިއްސާކުރެވިފައިވާނެ ކަމަށެވެ. ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް މި ވަގުތު އާސެނަލްގެ މާލީ ހާލަތާ ގުޅުވައިގެން ދެއްކޭނީ އެއް ވާހަކަތަކެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އެއް ކަމަކީ މަޝްހޫރު ކުޅުންތެރިއަކަށް ބޮޑު އަގެއް ދީގެން ގެނައުމުގެ ފެންވަރު އާސެނަލްގެ ކިބައިގައި މި ވަގުތު ނެތުމެވެ.

"އެއް ކުޅުންތެރިއަކަށް ބޮޑު އަގެއް ދީގެން ގަންނަ ފެންވަރު މި ޓީމުގައި ނެތް. އެއީ ހަގީގަތް. މޮޅު ކުޅުންތެރިން ގެނެވޭނެ އެހެން ގޮތްތަކެއް އާސެނަލުން ހޯދަން ޖެހޭނީ،" މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުކަން ކުރުމަށް ފަހު އާސެނަލްގެ ކޯޗުކަމާ ހަވާލުވެ ހުރި އާޓެޓާ ބުންޏެވެ.

އާސެނަލް ޓީމު މި ވަގުތު އޮތް ހާލަތަށް ބަލާއިރު ޓީމު ވަރުގަދަ ކުރަން އެންމެ މުހިންމު ވަނީ ފޯވާޑެއް ކަމަށް އާޓެޓާ މީގެ ކުރިން ވަނީ ބުނެފަ އެވެ. އާސެނަލުން ޓްރާންސްފާ ބާޒާރުގައި ބޮޑަށް ފާރަވެރިވާނީ ވެސް އެ ކްލަބްގެ ބަޖެޓަށް ފެތޭ ފޯވާޑުންނަށް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާސެނަލުން ފޯވާޑެއް ގެންނަ މަޖުބޫރުވެފައި މިވަނީ ކެޕްޓަން އަލްކްސަންޑާ ލަކަޒޭޓް ކުލަބު ދޫކޮށްލަން ތައްޔާރުވެފައިވާ ދަނޑިވަޅުގައި ޒުވާން ފޯވާޑް އެޑީ އެންކެޓިއާ ވެސް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވެފައިވާތީ އެވެ. މިދިޔަ ތިން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެންކެޓިއާ އަކީ މިވަގުތު ލަކަޒޭޓް އަށް ވުރެ ބޮޑަށް އާޓެޓާ، އާސެނަލްގެ ފުރަތަމަ އެގާރައިގައި ބޭނުންކުރާ ކުޅުންތެރި އެކެވެ.

އާސެނަލުން ފާރަލަމުން އަންނަ އެއް ފޯވާޑަކީ މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އެވެ.

އާޓެޓާ ބުނީ އާސެނަލަށް ވުރެ ކުރީގައި އުޅޭ ޓީމުތަކުގެ ތަފާތަކީ ބޮޑު އަގުގައި ގެންނަ ކުޅުންތެރިން ކަމަށެވެ. އާޓެޓާ މިސާލެއްގެ ގޮތުގައި ދެއްކީ ލިވަޕޫލެވެ. ލިވަޕޫލުން ބޮޑު އަގުގައި ޑިފެންޑަރު ވާޖިލް ވެންޑައިކް އާއި ކީޕަރު އެލިސަން ގެނައި ހިސާބުން ކުލަބުގެ ޑިފެންސް ހަމައަކަށް އެޅި މުޅި ޓީމަށް އިތުބާރު ލިބުނުކަން އޭނާ ފާހަގަކުރި އެވެ.

"މުހިންމު ކަމެއް ގެންނަ ކުޅުންތެރިން އަވަހަށް ޓީމަށް ހޭނުން ވެސް. އަނެއްކޮޅުން އެ ކުޅުންތެރިންގެ ސަބަބުން ޓީމުގެ އެހެން ކުޅުންތެރިންނަށް އަންނާނެ ކުރިއެރުމާ މެދު ވެސް ވިސްނަން ޖެހޭނެ. ގިނަ ކަންކަމަށް ބަލާފައި ބޮޑު ހޭދައެއް ކުރަން ވާނީ" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ އެންމެ ފަހުން ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ހިތްވަރަށް ބަލާއިރު، އާސެނަލް މި ވަގުތު އޮތީ ކުރިމަތީގައި އޮތް ޗެލެންޖްތަކަށް ތައްޔާރުވެގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox