އައިޕީއެލް 2022: ލަކްނޯ އާއި ޗެންނާއީ އަށް މުހިންމު މޮޅެއް

May 2, 2022, 8:56 AM
އައިޕީއެލް 2022: ލަކްނޯ އާއި ޗެންނާއީ އަށް މުހިންމު މޮޅެއް

މުމްބާއީ، އިންޑިއާ (2 މެއި) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށް ލަކްނޯ ސުޕަ ޖަޔަންޓްސް މުބާރާތުގެ ޕްލޭ އޮފް ބުރުން ޖާގަ ހޯދުމަށް ފިޔަވަޅަކާ ކައިރިއަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއީ ސުޕަ ކިންގްސް އިން ލީގު ބުރުގެ ތިން ވަނަ މޮޅު ހޯދައިފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ 16 ޕޮއިންޓާ އެކު ގުޖުރާތެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށް ޕްލޭއޮފް ބުރުން ޖާގަ ޔަގީންކޮށްފައިވާއިރު، ލަކްނޯ ދެވަނައިގައި އޮތީ ހަތް މޮޅާ އެކުގަ އެވެ. އެ ޓީމަށް ބާކީ އޮތް ހަތަރު މެޗުން ޕްލޭ އޮފްގެ ޖާގަ އެއް ހޯދަން ބޭނުންވަނީ އެންމެ މޮޅެކެވެ. އަނެއް ކޮޅުން ހައިދަރުއާބާދު އަތުން މޮޅުވެ ޗެންނާއީ ވަނީ މުބާރާތުގައި ދެމި އޮތުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.

ފޯރިގަދަ ކުރިމަތިލުންތަކެއް ފެންނަމުން އަންނަ އައިޕީއެލްގެ މިއަހަރުގެ މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ ލަކްނޯ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ޑެލީ ކެޕިޓަލްސް އާ ވާދަކޮށް އެންމެ ހަ ލަނޑުންނެވެ.

މެޗުގައި ލަކްނޯ އިން ފުރަތަަމަ ކުޅެން އަރައި 20 އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 195 ލަނޑު ހެދި އެވެ. ކެޕްޓަން ކޭއެލް ރާހުލް 51 ބޯޅައިން 77 ލަނޑު ހެދިއިރު، ދީޕަކް ހޫޑާ 34 ބޯޅައިން 52 ލަނޑު ހެދި އެވެ. މި އިނިންގްސްގައި ލަކްނޯގެ ތިން ކުޅުންތެރިން ވެސް ނުބައިކުރީ ޝާދުލް ޓާކުރެވެ.

ޑެލީ ކެޕިޓަލްސް ކުޅެންއަރާ 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 189 ލަނޑެވެ. ފެށުން ގޯސްކޮށް ދިޔުމުގެ ސަބަބުން ޑެލީގެ މުހިންމު ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު މި އިނިންގްސްގައި އެންމެ ގިނަ ލަނޑު ހެދި ކެޕްޓަން ރިޝަބް ޕަންޓް އަށް ހެދުނީ 44 ލަނޑެވެ. އަކްސަރު ޕަޓޭލް ފަހު ވަގުތު ކުޅެން ނުކުމެ 24 ބޯޅައިން 42 ލަނޑު ހެދި އެވެ.

ލަކްނޯ މެޗުން މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ބޯލަރު މުހްސިން ހާން އެވެ. އޭނާވަނީ ހަތަރު އޯވަރުގައި 16 ލަނޑަށް ހަތަރު ވިކެޓު ނަގައިފަ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ވަނީ ހައިދަރުއާބާދު އަތުން މުހިންމު މޮޅެއް ހޯދާފަ އެވެ. މޮޅުވާން މަޖުބޫރުވެފައި އޮތް މެޗުން ޗެންނާއީ މޮޅުވީ 13 ލަނޑުންނެވެ.

ސީޒަން ފެށިއިރު ކެޕްޓަންކަން ހަވާލުކުރި ރަވިންދްރަ ޖަދޭޖާގެ ބަދަލުގައި ބާކީ ހުރި މެޗުތަކަށް ކުރީގެ ކެޕްޓަން މަހިންދުރަ ސިންގް ދޯނީ ހަމަޖައްސައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ކުޅެން އަރައި ކުޅުންތެރިން ނުބައިވެގެން 202 ލަނޑު ހެދި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރުތުރާޖު ގައިކްވާޑް 57 ބޯޅައިން 99 ލަނޑު ހެދިއިރު، ޑެވޮން ކޮންވޭ ވަނީ ނުބައިނުވެ 55 ބޯޅައިން 85 ލަނޑު ހަދާފަ އެވެ.

ޖަވާބުގައި ހައިދަރުއާބާދުން ކުޅެން ނުކުމެ 20 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 189 ލަނޑެވެ. އެ ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން 37 ބޯޅައިން 47 ލަނޑު ހެދިއިރު، ނިކޮލަސް ޕޫރަން ވަނީ ނުބައިނުވެ 33 ބޯޅައިން 64 ލަނޑު ހަދާފަ އެވެ. މި އިނިންގްސްގައި ޗެންނާއީގެ ފާސްޓް ބޯލަރު ހަތަރު އޯވަރުގައި 46 ލަނޑަށް ހަތަރު ވިކެޓު ނެގި އެވެ.

މުބާރާތުގެ ފަހު މެޗުތަކާއި ހަމައަށް ގޮސްފައިވާއިރު، ޕްލޭއޮފްގެ ޖާގަ އެއް ހޯދުމުގެ ފޯރި މިވަނީ ގަދަވެފަ އެވެ. މުމްބާއީ އިންޑިއަން ފިޔަވައި ހުރިހާ ޓީމަކަށް އަމިއްލަ ބާރު އޮތްއިރު، ޕްލޭއޮފުން ފުރުސަތު ދެން ލިބޭނީ ބާކީ އޮތް އަށް ޓީމުގެ ތެރެއިން ތިން ޓީމަކަށެވެ. ސަބަބަކީ ގުޖުރާތު ޕްލޭއޮފް ބުރުން ޖާގަ ޔަގީންކޮށްފައި އޮތުމެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ރާޖަސްތާން ރޯޔަލްސް އާއި ކޮލްކަތާ ނައިޓްރައިޑާސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox