ވެސްޓް ހޭމް ބަލިކޮށް އާސެނަލް ގަދަ ހަތަރެއްގައި ކޮންޓްރޯލް ދަމަހައްޓައިފި

May 1, 2022, 9:15 PM
އާސެނަލްގެ ގަބްރިއެލް މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ގަބްރިއެލް މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި މޮޅުވެ، ގަދަ ހަތަރެއްގައި ކޮންޓްރޯލް ދަމަހައްޓައިފި އެވެ.

އާސެނަލުން މިރޭގެ މެޗަށް ނުކުތްއިރު، ޓޮޓެންހަމް އޮތީ ހަތަރު ވަނައިގަ އެވެ. އެއީ ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެގެންނެވެ. އާސެނަލް ހޯދި މޮޅާ އެކު އަލުން ހަތަރު ވަނައިގައި އޮތީ 34 މެޗުން 63 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 34 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. މިރޭ، އެވަޓަން އަތުން ބަލިވި ޗެލްސީ ތިން ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓާ އެކު އެވެ.

ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ލީޑުނެގީ 38 ވަނަ މިނިޓްގަ އެވެ. މިއީ ބުކާޔޯ ސަކާ ނެގި ކޯނަރަކުން ރޮބް ހޯލްޑިން ބޮލުން ޖެހި ގޯލެކެވެ. މިއީ ޕްރިމިއާ ލީގުގައި ކުޅުނު 81 މެޗުގެ ތެެރެއިން ހޯލްޑިން ޖެހި ފުރަތަމަ ގޯލެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމެންދެން އާސެނަލަށް ލީޑު ނުހިފެހެއްޓުނެވެ. އެއީ މެޗުގެ 45 ވަނަ މިނިޓްގައި ވެސްޓް ހޭމްގެ ތަރި ޖެރޮޑް ބޮވެން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ. ވެސްޓް ހޭމްގެ ވްލަޑިމިއާ ސޯފާލް ނެގި ހުރަހެއް ކޮންޓްރޯލް ކުރުމަށް ފަހު ބޮވެން ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި އާސެނަލަށް އަލުން ލީޑުނަގައިދިން ގޯލު ޖެހީ ގަބްރިއެލް މަގަޅައެސް އެވެ. މިއީ، މެޗުގެ 54 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅައެއްގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ނެގި ހުރަހަކުން ގަބްރިއެލް ބޮލުން ޖެހި ގޯލެކެވެ.

މެޗުގައި އާސެނަލަށް އިތުރު ގޯލެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ކުރިއަށް ކުޅުނު ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ އަށެވެ. އޭނާ ޖެހި އެއް ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، އަނެއް ހަމަލާ ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާއާ އެކު އާސެނަލް ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި 617 މޮޅު ހަމަކޮށް ދެ ވަނަ އަށް އެންމެ ގިނަ މެޗުން މޮޅުވި ޓީމުގެ ޝަރަފް ހޯދައިފަ އެވެ. އެއް ވަނައިގައި އޮތީ 702 މެޗުން މޮޅުވި، މެންޗެސްޓާ ޔުނައިޓެޑް އެވެ. ތިން ވަނައިގައި އޮތީ 616 މޮޅާ އެކު ޗެލްސީ އެވެ.

ޓޮޓެންހަމުން މިރޭ ލެސްޓާ ކޮޅަށް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. ސީޒަނުގައި ޖުމްލަ އެކު ސޮން މި ވަނީ 19 ގޯލު ޖަހައިފަ އެވެ. މިއީ ކެރިއަރުގައި ސޮން އެންމެ ގިނަ ލީގު ގޯލު ޖެހި ސީޒަނެވެ. ޓޮޓެންހަމްގެ އަނެއް ގޯލު ޖެހީ ހެރީ ކޭން އެވެ. ލެސްޓާގެ ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން ނައިޖީރިއާގެ ފޯވާޑް، ކެލެޗީ އިހެނާޗޯ އެވެ.

ޓޮޓެންހަމްގެ މި މެޗަކީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ޕްރިމިއާ ލީގުގައި އިރުޝާދުދިން 100 ވަނަ މެޗެވެ. ޗެލްސީ އާއި ޓޮޓެންހަމަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ކޮންޓޭ ވަނީ 65 މެޗުން މޮޅުވެފަ އެވެ. އެއީ ސިޓީ އަށް ކުރިން ކޯޗުކޮށްދިން މެނުއަލް ޕެލެގްރީނީ ވެސް މޮޅުވި މެޗުގެ އަދަދެވެ. ފުރަތަމަ 100 މެޗުގެ ތެރެއިން އެންމެ ގިނަ މޮޅު ހޯދީ ސިޓިގެ މިހާރު ކޯޗު ޕެޕް ގާޑިއޯލާ އެވެ. އޭނާ ވަނީ 73 މެޗުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox