ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ހ. ސީވީޑް އަހްމަދު ލަތީފް އަދި ކުރިން އެ މަގާމުގައި ހުންނެވި މއ. އަތަމާވިލާ އަބްދުލް ޣަފޫރު މުހައްމަަދު މިނިސްޓްރީގެ އެމްސެޑާ އެޓް ލާޖްގެ މަގާމަށް މިއަދު ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީގެ މަގާމުތަކަށް ގެނައި އެ ބަދަލު ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހުގެ ސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމަކު ނެތެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޣަފޫރު. އޭނާ ވަނީ ސަފީރުކަމަށް އައްޔަނުކޮށްފައި.
ފޮރިން ސެކްރެޓަރީގެ މަގާމަށް އަހްމަދު ލަތީފް ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ ޖަރުމަނަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.
ލަތީފް ކުރިން ހުންނެވި މަގާމަށް އައިޝަތު ޝާން ޝާކިރު އައްޔަން ކުރަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން މިދިޔަ ހަފުތާގައި ރައީސް ސޯލިހް މަޖިލީހަށް އެކަމަނާގެ ނަން ވެސް ފޮނުއްވައިފަ އެވެ.













