ފޯރި ކުޑަ އެއް ނުވާނެ، އީދަށް ހަދަންވީ ޕްލޭނެއް!

May 1, 2022, 1:39 PM
ފޯރި ކުޑަ އެއް ނުވާނެ، އީދަށް ހަދަންވީ ޕްލޭނެއް!

މީން ދުވަހަކު އީދަށް ތައްޔާރު ނުވާ ވަރަށް ރިޔާސީ ގަނޑުވަރު ވެސް އީދަށް ދިއްލައި އެއޮތްގެން ޖަރީ ވަނީ އެވެ. މާދަމާ ބައްދަލުކުރާ މި އަހަރުގެ ފުރަތަމަ އީދަކީ ހާއްސަ އީދެކެވެ. ޕެންޑެމިކެއްގެ ގައިދުގައި ދެ އަހަރު ހޭދަކުރުމަށްފަހު އަންނަ ފުރަތަމަ މިނިވަން އީދެވެ. މި އީދުގެ ޖޯޝު އޮތްލެއް ކުޑަ އެއް ނޫނެވެ. ފޯރި ވެސް ކުޑަ އެއް ނުވާނެ އެވެ. އީދުގެ އުފާވެރިކަން އިހުސާސްކުރުމާއި މުނާސަބަތުގެ ހިތްހަމަޖެހުން ހާސިލުކުރުމަށް ލާންވީ ކުޑަ ހިތްވަރެކެވެ.

ހަނދާންތައް ތާޒާކޮށްލައި އީދުގެ އުފާ ހިތަށް ގެނެސްލާ!

ހަނދާންތައް ތާޒާކޮށްލައިފި ނަމަ އީދަކީ 'ފޫހި' މުނާސަބަތެއް ނޫނެވެ. އީދު އައުމުގެ މާކުރިން އީދަށްޓަކައި އުފާކުރުމާއި، އިންތިޒާރުކުރުމާއި، ރީތި ގޮތްގޮތަށް ފަހާނެ ހެދުން ޕްލޭން ކުރުމާއި، ގޭގައި ހާއްސަކޮށް ކައްކާނެ އެއްޗިއްސާއި އާއިލާގެ ތެރޭގައި މަޖާކޮށް ކުރާނެ ކަންކަން ޕްލޭން ކުރުމަކީ މީގެ އަހަރުތަކެއް ކުރިން އޮތް ސަގާފަތެވެ.

އޭރު އީދު އަންނަނީ މީހުންގެ ހިތްތަކަށެވެ. އީދުގެ ފޯރި މިހާރު ނެތީ ހިތްތަކުން އެ ޖޯޝު ފިލައިފައި އޮތުމުން ކަމަށް ވެދާނެ އެވެ.

Advertisement

އެހެންވީމަ، އީދުގެ ޖޯޝު އަލުން ގެންނަންވީ ހިތަށެވެ. ރަށުގައި ޝޯއެއް ނެތަތީ ނުވަތަ ވަކި ކަހަލަ ކާނިވަލެއް ނުބާއްވާތީ އެ ޖޯޝު ހިތުން ފޮހެނުލާންވީ އެވެ. މިގޮތަށް ވިސްނުން ބަދަލުކޮށްލުމުން އީދަށް ތައްޔާރު ވުމުގެ ފުރަތަމަ މަރުހަލާ ފުރިހަމަވީ އެވެ.

އީދުގައި ކުރާނެ ކަންތައްތައް ޕްލޭން ކޮށްލާ!

ކުޑަ އީދަށް ލިބެނީ ކުރު ބަންދެކެވެ. ވެރި ރަށް މާލޭގެ އިތުރުން ގިނަ ރަށްރަށުގައި ވެސް އީދު ފެށުމުގެ ގޮތުން މިހާރު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރެ އެވެ. އީދު ނަމާދުގައި ބައިވެރިވެލުމަކީ ވެސް އީދުގެ ޖޯޝު އާ ކޮށްލަން މިފަހަރު ޕްލޭންކޮށްލެވިދާނެ ކަމެކެވެ.

ކުޑައިރުގެ 'ވައިބް' ގައި އީދު ގެންނަން ބޭނުންވާ ނަމަ މިރެއަކީ ވެސް މުހިއްމު ރެއެކެވެ. އީދު ނަމާދުން އައިސް ސައި ބޯނެ އެއްޗެހި ތައްޔާރުކުރެވިދާނެ އެވެ.

ރަށްރަށުގައި އީދު ހޭދަކުރާ ގިނަ މީހުންނަށް މިފަހަރުގެ ކުޑަ އީދު 'ކުޑަ' އީދަކަށް ނުވާނެ އެވެ. އާންމުކޮށް ކުޑަ އީދު ފާހަގަ ނުކުރާހާ ބޮޑުކޮށް ބައެއް ރަށްރަށުގައި މާދަމާގެ އީދަށް ޕްލޭންތައް ރާވާފައިވެ އެވެ. ތަފާތު ކުޅިވަރު ތަކާއި މާލި ހެދުމާއި 'އީދު ހުޅު' ރޯކުރުމާއި ދެ ޖިންސް ވަކިން ފެން ޖެހުމުގެ ހަރަކާތްތައް ވެސް ބައެއް ރަށްތަކުގައި މިފަހަރު އެބަ އޮތެވެ.

މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ހުޅުމާލޭގައި ބަޔަކު މޫދު ކުޅިވަރުތަކުގައި.
މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ހުޅުމާލޭގައި ބަޔަކު މޫދު ކުޅިވަރުތަކުގައި.

މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ހުޅުމާލޭގައި ބަޔަކު މޫދު ކުޅިވަރުތަކުގައި.

އީދު ޗުއްޓީ އަށް ނުގޮސް މާލޭގައި ތިބި މީހުންނަށް ކުރެވިދާނެ ކަންތައްތައް

  1. އާއިލާ އާ އެކު އީދު ދުވަހުގެ ހެނދުނުގެ ސައި ޕްލޭންކޮށްލުން
  2. ރައްޓެހިންނަށް ގުޅާލައި ހާލު ބަލައިލުން
  3. ދުއްވާ އެއްޗެހި ދުއްވުން މަނާ ވަގުތުގައި އާއިލާ ނުވަތަ ރައްޓެހިންނާ އެކު ހިނގާލަން ނިކުތުން
  4. ގޭގެ ޓެރެސް ނުވަތަ ބާބެކިއު އޭރިއާ އެއްގައި ބާބެކިއު އެއް ރާވައިލުން
  5. ބޮޑު ގުރޫޕަކާ އެކު މޫދަށް ދިއުން
  6. ޗަންދާ އެއްކޮށްގެން ހުޅުމާލޭގެ މޫދުކުޅިވަރު ތަޖުރިބާކޮށްލުން
  7. ގޭގެ ކުޑަކުދިން ހިމަނައިގެން އާއިލީ ކުޅިވަރެއް ރާވައިލުން
  8. ދުވުން ނުވަތަ ކަސްރަތެއް ފެއްޓުން
  9. އާއިލީ ޒުމްބާ ސެޝަނެެއް ޕްލޭންކޮށްލުން
  10. ދުރުގައި ތިބި ގާތް އާއިލާ އާއި މަންމަ އާއި ބައްޕަ އަށް ގުޅައި ތަހުނިޔާ ކިޔާލުން

މިއީ ހުސް، އީދުގެ އުފާ ފާހަގަކުރެވިދާނެ ގޮތް ގޮތެވެ.

titledesc

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox