ރައްކާތެރިވުމުގެ ގޮތުން ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރެވިދާނެ: ކިމް ޖޮންގް އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: އޭއެފްޕީ

އަދާވާތްތެރި ފައުޖުތަކާ ދެކޮޅަށް ރައްކާތެރިވުމުގެ ގޮތުން ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރެވިދާނެ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އަސްކަރީ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ކިމް ވިދާޅުވީ ގައުމުގެ ފައުޖުގެ "ބާރު ދެމެހެއްޓުމަށް" ހަމަލާއެއްގެ ބިރު ނެތް ނަމަވެސް "ރައްކާތެރިވުމުގެ ގޮތުން" ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރެވޭނެ ކަމަށެވެ.

އުތުރު ކޮރެއާއިން ނިޔުކްލިއާ ހަތިޔާރު މުއްސަނދި ކުރަމުން ދިޔުން މުހިންމު ކަމަށާއި ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުން ބިނާ ވަނީ އޭގެ މައްޗަށް ކަމަށް ކިމް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް އަސްކަރީ ޕެރޭޑެއްގައި ވެސް ކިމް ވިދާޅުވީ އުތުރު ކޮރެއާގެ "އަސާސީ މަސްލަހަތަށް" ނުރައްކާ އޮތް ނަމަ، ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރެވޭނެ ކަމަށެވެ.

ދަތި ކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް، އެ ގައުމުން ދަނީ ބެލިސްޓިކް މިސައިލާއި ނިޔުކްލިއާ ހަތިޔާރު މުއްސަނދި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ފަސް އަހަރަށް ފަހު، މިދިޔަ މާޗް މަހު އެ ގައުމުން ވަނީ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފަ އެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ނިޔުކްލިއާ ޓެސްޓު ކުރާ ސައިޓެއްގައި ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އުތުރު ކޮރެއާއިން ނިޔުކްލިއާ ހަމަލާ ދޭން ފަސް ނުޖެހޭނެ ކަމަށް ބުނަމުންދާ އިރު، ވާދަވެރި ދެކުނު ކޮރެއާގެ އާ ރައީސް ޔޫން ސުކް ޔޯލް ވަރަށް އަވަހަށް މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.

އެނެލިސްޓުން ބުނާ ގޮތުން ނިޔުކްލިއާ ހަމަލާ ދިނުމާ ގުޅޭ ގޮތުން ކިމް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ދަނީ، ދެކުނު ކޮރެއާގެ އާ ސަރުކާރާ އެކު މަޝްވަރާ ކުރަން ތައްޔާރު ނޫންކަން އެންގުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox