މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އާންމު ޖަލްސާ އަންނަ މަހުގެ 19 ގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ ޖަލްސާ އޮންނާނީ 19 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ.
ރަޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 17 އާ ހަމައަށެވެ. ރަޖިސްޓްރީކުރެވޭނީ މި މަހުގެ 18 އާ ހަމައަށް ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.
"މި ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް،" އެމްޓީސީސީން ބުންޏެވެ.
އެހެންކަމުން ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވާ މީހުން ސްމާޓް ފޯނު/ޓެބްލެޓް ފަދަ، 'ފަހިވޯޓް' ބޭނުންކުރެވޭނެ ވަސީލަތަކާއެކު ޖަލްސާއަށް ދިއުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.










