ސްޓްރާސްބާގުން ފަހަތުން އަރައި ޗެމްޕިއަން ޕީއެސްޖީއާ އެއްވަރުކޮށްފި

Apr 29, 2022, 11:41 PM
އެމްބާޕޭ (ކ) ކައިިރިން ޓެކަލް ކޮށްގެން ސްޓްރާސްބާގް ކުޅުންތެރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ (ކ) ކައިިރިން ޓެކަލް ކޮށްގެން ސްޓްރާސްބާގް ކުޅުންތެރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 30) - ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަަނަ ފަހަރަށް ކަށަަވަރުކޮށްފައިވާ ޕީއެސްޖީން މިރޭ ކުޅުނު މެޗުގައި ސްޓްރާސްބާގް އިން ފަހު ވަގުތު 3-3 އިން އެއްވަރުކޮށްފި އެވެ.

އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޕީއެސްޖީ އަށް ލީގު ކަށަވަރުވެފައި އޮތުމުން ރޭގެ މެޗަށް އެ ޓީމުން ނުކުތީ މާ ބޮޑު ޕްރެޝަރެއް ނެތި އެވެ. ރޭގެ ނަތީޖާ އަށް ފަހު ޕީއެސްޖީ އެއް ވަނައިގައި އޮތީ 35 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 34 މެޗުން ވަނީ 65 ޕޮއިންޓް ލިބިފަ އެވެ. ރޭ، ޕީއެސްޖީ އަތުން ޕޮއިންޓެއް ހޯދި، ސްޓްރާސްބާގް އޮތީ 35 މެޗުން 57 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އެކަމަކު، މި ހަފްތާގައި ނީސް ކުޅޭ މެޗުން ޕޮއިންޓެއް ހޯދިޔަސް، ސްޓްރާސްބޯ ހަ ވަނަ އަށް ވެއްޓޭނެ އެވެ.

ސްޓްރާސްބާގް ދަނޑުގައި ރޭ އެ ޓީމުން ވަނީ ތިން ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ، މި ގޯލު ޖެހީ ކުރިން ޕީއެސްޖީ އަށް ވެސް ކުޅުނު ކެވިން ގަމެއިރޯ އެވެ. މެޗުގެ 11 ވަނަ މިނިޓްގައި ސްޓްރާސްބާގް އިން ދެ ވަނަ ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައެއްނުގަނެ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ނޭމާ ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އެއްވަރުކޮށްދީފަ އެވެ.

ސްޓްރާސްބާގްގެ ދެ ކުޅުންތެރިން ކައިރިން ޕީއެސްޖީގެ މެސީ (ކ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގައި ހަތަރު މިނިޓް ތެރޭ ޕީއެސްޖީން ދެ ގޯލު ޖަހައި ރަނގަޅު ލީޑެއްނެގި އެވެ. އެ ގޮތުން މެޗުގެ 64 ވަނަ މިނިޓްގައި އަޝްރަފް ހަކީމީ ޕީއެސްޖީ އަށް ލީޑުނަގައިދިނީ އެމްބާޕޭ ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، މެޗުގެ 68 ވަނަ މިނިޓްގައި އެމްބާޕޭ އިތުރު ގޯލެއް ޖެހި އެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ސްޓްރާސްބާގް އިން އެއްވަރުކުރީ މެޗުގެ ފަހު 15 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 75 ވަނަ މިނިޓްގައި ސްޓްރާސްބާގްގެ ހަމަދު ޑިއާލޯގެ ރަނގަޅު އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕީއެސްޖީގެ މާކޯ ވެރާޓީ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ސްޓްރާސްބާގް އަށް އުންމީދެއް ލިބުނެވެ. ސްޓްރާސްބާގް އިން އެއްވަރުކުރި ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ. މިއީ އެންތަނީ ޝާޝީ ޖެހި ގޯލެކެވެ.

މި މެޗުގެ ކުރިން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އަންނަ ސީޒަނުގައި އޭނާ އާއި އެމްބާޕޭ ހުންނާނީ ޕީއެސްޖީގައި ކަން "100 ޕަސެންޓް ޔަގީން" ކަމަށް ބުނެފަ އެވެ.

އެކަމަކު، ރޭގެ މެޗަށް ފަހު އެމްބާޕޭ ބުނީ އޭނާ އެ ހާލަތުގައި ވާހަކަ ދެއްކީ އެމްބާޕޭ އެ ވަގުތު ހުރީ ޕީއެސްޖީގައި ކަމަށް އިޝާރާތްކޮށް ކަމަށާއި މާނަ އޮޅޭ ގޮތަށް އެ ވާހަކަ ގެނައީ މީޑިއާ އިން ކަމަށެވެ.

ޕީއެސްޖީގެ ކޯޗު ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވެހުރި އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން އުޅޭ ކަމަށް އަޑުފެތުރުނުއިރު، އޭނާ ވަނީ އެއީ ހަގީގަތެއް ނެތް "ފޭކް" ހަބަރެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox