ވިކްޓަރީގެ ރައީސަކަށް ހުސެއިން އާދަމް އިންތިހާބުވެވަޑައިގެންފި

Apr 29, 2022, 5:45 PM
ވިކްޓަރީގެ ރައީސް ހުސެއިން އާދަމް (މ) އާއި ނައިބު ރައީސް ލަތީފްގެ އިތުރުން ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަނުކުރި ރަމީޒް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިކްޓަރީގެ ރައީސް ހުސެއިން އާދަމް (މ) އާއި ނައިބު ރައީސް ލަތީފްގެ އިތުރުން ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަނުކުރި ރަމީޒް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުސްވެފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ރައީސްގެ މަގާމަށް ހުސެއިން އާދަމް (އާދަމްބެ) އިންތިހާބުވެވަޑައިގެންފި އެވެ.

މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، އާދަމް އަކީ 1980 ގެ އަހަރުތަކުގައި ވިކްޓަރީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ފުޓްބޯޅައިގެ އިތުރުން އެކި ކުޅިވަރުތަކުގެ ތެރޭގައި ޝާމިލުވެ އުޅުނު، ހުސެއިން އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ

މިރޭ، ކަލާފާނު ސްކޫލްގައި ބޭއްވި ވިކްޓްރީގެ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލެއްވީ ހުސެއިން އާދަމް އެކަންޏެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ މިރޭ ބޭއްވި ވިކްޓްރީގެ ޖަލްސާގައި ހާޒިރުވެ، ވޯޓު ދިން 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ނައިބު ރައީސަކަށް އިންތިހާބުވީ އިސްމާއިލް ލަތީފް އެވެ. އޭނާ އަށް ވެސް ފުރިހަމަ އަގުލަބިއްޔަތު ލިބިވަޑައިގެންނެވި އެވެ.

އަލަށް އިންތިހާބުވި ވިކްޓްރީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ފާތިމަތު ޝެރިން، ވިކްޓްރީ އަށް ކުރިން ކުޅުނު މިޑްފީލްޑަރު، މުހައްމަދު ޝައްފާޒު (ސައްޕޭ)، އިބްރާހިމް މުހައްމަދު، އަހުމަދު ފައިސަލް، އިބްރާހިމް އިޒްހާން، އިސްމާއިލް ޝަރީފް، އަހުމަދު އަރީސް (ޕަޓޭ)ގެ އިތުރުން ވިކްޓަރީ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، މަޝްހޫރު ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) އެވެ. މި މެމްބަރުން ވެސް ހޮވިފައިވަނީ ޖަލްސާ އަށް ހާޒިރުވެތިބި، ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މީގެ ތެެރެއިން ޕަޓޭ އާއި ގާނާ އަކީ އެކި ދައުރުތަކުގައި ވިކްޓަރީގެ އިސް މަގާމުތައް ފުރާފައިވާ ފަރާތްތަކެކެވެ. އެންމެ ފަހުން އިންތިހާބުވި ބޯޑުގައި ވެސް ގާނާ ހިމެނެ އެވެ.

ވިކްޓްރީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަލަށް އިންތިހާބުވި ބޯޑުން ވިކްޓްރީގެ އާ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަންކޮށްފައިވަނީ، ކްލަބް މޯލްޑިވްސްގެ އިސް ފަރާތެއް ކަމަށްވާ، މޫސާ ރަމީޒް (ރަމީ) އެވެ.

ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީ އެންމެ ފަހުން އެ ކްލަބް ސަސްޕެންޑްވީ އެވެ. ސަސްޕެންޑްކުރިއިރު، ވިކްޓަރީން ތުހުމަތުކުރީ އެ އަދަބަކީ އެ ކްލަބުން އިސްވެ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރާތީ ކުރި ކަމެއް ކަމަށެވެ.

މިހާރު އޮތްގޮތުން ވިކްޓަރީން އާ ބޯޑުގެ ދަށުން ކްލަބް ހިންގަން ފަށައިގެން ކްލަބްގެ ސަސްޕެންޝަން އުވާލެވިދާނެ އެވެ. އެއީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމާ ގުޅޭގޮތުން އެއްބަސްވުންތަކެއް ހަދައި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކޮށްގެންނެވެ. އޭރުން، މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީ އަށް ވާދަކުރެވިދާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.

ވިކްޓަރީ އަށް އަލަށް އިންތިހާބުވި ބޯޑުގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އަކީ ކްލަބްގެ ދަރަނިތައް ހަލާސްކޮށް ޓީމަށް މުބާރާތްތަކުގައި ވާދަކުރެވޭނެ ހިސާބަށް ގެންގޮސްދިނުމެވެ. އެނގިފައިވާ ގޮތުގައި އެ ކްލަބްގެ ދަރަނި އަށް ލަންކަ ރުފިޔާ އަށް ވުރެ އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox