ޓެކްސް މަތި ކުރުން ނޫން ގޮތެއް ނެތް: ލަންކާ ފިނޭންސް މިނިސްޓަރު

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ. -- ފޮޓޯ: ފޭސްބުކް

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ. -- ފޮޓޯ: ފޭސްބުކް

ސްރީ ލަންކާގައި ސޭލްސް ޓެކްސް މަތި ކުރުން ނޫން ގޮތެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެ އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސަބްރީ ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް 2019 ވަނަ އަހަރު ކުޑަ ކުރުމަކީ ސަރުކާރަށް ހެދުނު ގޯހެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ކުރަން އެކަނިވެސް ކުރިއަށް އޮތް އަށް މަސް ދުވަހަށް ހަތަރު ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

"ޓެކްސް މަތި ކުރަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ހަރަދާއި ލިބޭ އާމްދަނީއާ ދެމެދުގައިވާ ބާގަނޑު ފޫބެއްދޭނެ ގޮތެއް އެބަ ހޯދަން ޖެހޭ،" ސަބްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޓެކްސްގެ ގޮތުގައި ނަގާ މިންވަރަކީ ލަންކާ ފަދަ ގައުމަކަށް "ދެމެހެއްޓެނިވި މިންވަރެއް ނޫން" ކަމަށެވެ. މިހާރު ޓެކްސްގެ ގޮތުގައި ނަގަނީ އަށް ޕަސެންޓެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ކުރިން ޓެކްސްގެ ގޮތުގައި ނަގަމުން ދިޔައީ 15 ޕަސެންޓެވެ. ސަބްރީ ވިދާޅުވީ 13 ނުވަތަ 14 ޕަސެންޓަށް ޓެކްސް މަތި ކުރަން ޖެހޭ ކަމަށެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓެކްސް ކުޑަ ކުރީ ކެމްޕެއިން ވައުދެއް ފުއްދުމުގެ ގޮތުންނެވެ.

ޓެކްސް ކުޑަ ކުރުމުން ވިޔަފާރިވެރިންނަށް ލުއިތަކެއް ލިބި، އިގްތިސާދީ ހަރަކާތް ފުޅާ ކުރެވޭނެ ކަމަށް އޭރު ލަންކާ ސަރުކާރުން ބުންޏެވެ.

އެކަމަކު ސަބްރީ ވިދާޅުވީ އެއީ ގޯސް ނިންމުމެއް ކަމަށާއި އިގްތިސާދީ ކާރިސާ ކުރިމަތިވުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީއަށް އެދުނީ ވެސް މާ ލަހުން ކަމަށެވެ.

ސަރުކާރުން އައިއެމްއެފްގެ އެހީއަށް އެދުން ފަސްކުރީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ބައެއް ފަރާތްތަކުން އެކަމާ ދެކޮޅު ހަދާތީ އެވެ.

އައިއެމްއެފްގެ އެހީ ހޯދާ ނަމަ، ހަރަދު ކުޑަކޮށް ޓެކްސް މަތި ކުރަން ޖެހޭނެ ކަމަށް ބުނެ، އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox