ޕީއެސްޖީގައި އެމްބާޕޭ މަޑުކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

Apr 28, 2022, 4:37 PM
ޕީއެސްޖީގައި އެމްބާޕޭ މަޑުކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

ޕެރިސް (އޭޕްރީލް 28) - އަންނަ ސީޒަނުގައި ވެސް ކީލިއަން އެމްބާޕޭ ފެންނާނީ ޕީއެސްޖީން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އެމްބާޕޭ، ޕީއެސްޖީގައި ހުރީ އަންނަ ޖޫން މަހުގެ ނިޔަަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. އެމްބާޕޭ، ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޕީއެސްޖީން ޕޮޗެޓީނޯގެ ކޮންޓްރެކްޓް އުވާލައި، އެ ޓީމުގެ ކޯޗުކަން އެންޓޯނިއޯ ކޮންޓޭއާ ހަވާލުކުރަން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ފްރާންސާއި އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޕީއެސްޖީ ކެޓުމުން ޕޮޗެޓީނޯ އަށް އެ ޓީމުގެ ކޯޗުކަން ގެއްލޭނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ދާދި ފަހުން ޕީއެސްޖީން ފްރާންސްގެ ޗެމްޕިއަންކަން ހޯދުމުން ޕޮޗެޓީނޯއާ އެކު ޕީއެސްޖީން ކުރިއަށްދާނެ ކަމުގެ އިޝާރާތެއް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ދީފަ އެވެ.

މުސްތަގުބަލާ ބެހޭގޮތުން އަމާޒުވި ސުވާލުތަކަށް ޖަވާބުދެމުން ޕޮޗެޓީނޯ ބުނީ އަންނަ ސީޒަނުގައި އޭނާ އާއި އެމްބާޕޭ ފެންނާނީ ޕީއެސްޖީން ކަމަށެެވެ. އަދި އެއީ އޭނާގެ ހިތް އެދޭ ގޮތް ކަމަށާއި މި ވަގުތު ވިސްނަނީ ވެސް ހަމައެކަނި އެ ގޮތަށް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

"އަހަންނަށް 100 ޕަސެންޓް ޔަގީންކަން އެބައޮތް،" އޭނާ އާއި އެމްބާޕޭގެ މުސްތަގުބަލާ ބެހޭގޮތުން ޕޮޗެޓިނޯ ބުންޏެވެ.

ކުރިން ޓޮޓެންހަމާއި ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުން އާ ކުރަން ޕީއެސްޖީން އެއްވެސް އިރެއްގައި މަޝްވަރާކޮށްފައިވޭތޯ އެހުމުން ޕޮޗެޓީނޯ ބުނީ އަދި އެ ފަދަ ވާހަކަތަކެއް ނުދެކެވޭ ކަމަށެވެ.

ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ނިންމައިފިނަމަ އޭނާ އަށް ބޯނަހެއްގެ ގޮތުގައި 150 މިލިއަން ޕައުންޑް (195 މިލިއަން ޑޮލަރު) ދޭން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ކުޅިވަރު އެނަލިސްޓް ގިލެމް ބަލަގޫ ވަނީ ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން އަނގަބަހުން އެއްބަސްވެފަ އެވެ. އެކަމަކު، ފްރާންސްގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމައި އަންނަ ސީޒަނުގައި ކުޅޭނެ ވަކި ކްލަބެއް އަދި ނުނިންމާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox