ހުލާސާކޮށް އިއްޔެ: ވ. އަތޮޅު ކައުންސިލްގެ ބޮޑު ނިންމުމެއް، ވ. އަންބަރާ އަދި ހުޅިދޫ އަތުލައިފި

ވަ. އަންބަރާ. މި ރަށް ތަރައްގީކުރުމަށް ސަރުކާރުން ދިން މުއްދަތު ހަމަވެފައިވާތީ އަތޮޅު ކައުންސިލުން ވަނީ ހަވާލުވެފައި ---

ވަ. އަންބަރާ. މި ރަށް ތަރައްގީކުރުމަށް ސަރުކާރުން ދިން މުއްދަތު ހަމަވެފައިވާތީ އަތޮޅު ކައުންސިލުން ވަނީ ހަވާލުވެފައި ---

ވ. ހުޅިދޫ އާއި ވ. އަންބަރާ ތަރައްގީ ކުރުމަށް އެގްރިމެންޓުކުރި ފަރާތްތަކުން އެގްރިމެންޓާ ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓު ކުރެވުނު މުއްދަތު ހަމަވެފައިވާތީ އެ ދެ ރަށް ވ. އަތޮޅުގެ ކައުންސިލަށް ނެގުމަށް އެ ކައުންސިލުން ނިންމައި ގަރާރެއް ފާސްކުރީ އިއްޔެ އެވެ.

އެ ގަރާރު ފާސްކުރީ "އެ ދެ ރަށުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު އެއްވެސް އަމިއްލަ ފަރާތަކަށް މިހާރު ލިބިފައިނުވާނެތީ" ކަމަށް ވ. އަތޮޅު ކައުންސިލުން އިއްޔެ ފާސްކުރި ގަރާރެއްގައި ބުނެފައިވެ އެވެ. އަދި، ދެ ރަށް ވެސް ނަގަނީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް ކަމަށް އެ ކައުންސިލުން އިއްޔެ ބުންޏެވެ.

ވ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ވ. ތިނަދޫ ކައުންސިލްގެ ފަރާތުންނެވެ.

ވ. އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ސަރުކާރުތަކުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގައި ތަފާތު އިހުމާލުތައް ވެފައިވާ ކަމަށާއި، އެފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުން އަތޮޅު ރައްޔިތުން މަހުރޫމުވެފައިވާ ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.

"ވ. ހުޅިދޫ އަދި ވ. އަންބަރާ ތަރައްގީ ކުރުމަށް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރިމެންޓްކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާތީ އާއި، މިހާތަނަށް އެރަށް ރަށުގައި ކޮށްފައިވާ މަސައްކަތްތައްވެސް ކޮށްފައިވަނީ އެގްރިމެންޓާއި ހިލާފަށް އަދި ރަށްރަށުގެ ވެއްޓަށް އެއްވެސް ބެލުމެއްނެތި ރަށްރަށަށް ވަރަށްބޮޑަށް އިހުމާލުވެފައިވާތީ އެކަމުގެ ޝަކުވާ ހުރިހާ ރަށެއްގެ ރައްޔިތުންގެ ފަރާތުން ފާޅުކުރަމުންދޭ" އަތޮޅު ކައުންސިލްގެ މެމްބަރުން އިއްޔެ ފާހަގަކުރެއްވި އެވެ.

މި ގަރާރަކީ ވ. އަތޮޅުގެ ފަޅު ރައްތަކާއި، ފަޅުތަކާއި، އަދި ފަރުތައް އަދި އެންމެހައި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ގޮތާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ޝަކުވާތަކުގެ މައްޗަށް ބަލައި، އެރައްޔިތުންގެ ޝަކުވާތަކަށް ހައްލުތަކެއް ހޯދުމުގެ ގޮތުން އަތޮޅު ކައުންސިލުން ކޮންމެހެން ފާސްކުރަން ޖެހިފައިވާ ފަދަ ގަރާރެއް ކަމަށް ވެސް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

މި ގަރާރު ފާސްކުރީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ވ. ހުޅިދޫ

ދަނޑުވެރިކަން ތަރައްގީކުރުމަށް ވ. ހުޅިދޫ ސަރުކާރުން ދޫކުރީ 2017 ގަ އެވެ. ސަރުކާރުން އެ ރަށް ދޫކުރީ "އާރަށް އިންވެސްޓްމަންޓު ޕްރައިވެޓު ލިމިޓެޑަށެވެ. އެއީ. ވ. އަތޮޅު "އާރަށް" ކުއްޔަށް ދޫކުރެވިފައިވާ ދުވަސްވަރެއްގަ އެވެ.

ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާތައް އަދި "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރެއްކަމުގައިވާ ވ. ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފު ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

ވަ. އަންބަރާ

މި ރަށަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް 2004، ގައި ދޫކުރި ރަށެކެވެ.

އެ އެގްރިމެންޓު ބާތިލުކޮށް އަންބަރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 2016، ގައި "ހަނދުވަރު އޯޝަން ޕްރިވެޓް ލިމިޓެޑް" އަށް ކުއްޔަށްދޫކުރި އެވެ. ނަމަވެސް، ރިސޯޓް ތަރައްގީކުރުމުގެ އަމަލީ އެއްވެސް އެދެވޭ މަސައްކަތެއް އެ ރަށުގައި ފެށިފައި ނުވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބަރު އުޅަނދެއް ކ. ތިލަފުށީގައި އެކްސިޑެންޓެއްވެގެން ބެލިއިރު، ކުނި ނަގާ ކުންފުނިން ދުއްވި 16 ޓަނުގެ ވެހިކަލަކީ ފޭކު ނަންބަރު ޕްލޭޓު އަޅުވައިގެން ދުއްވަމުންދިޔަ އުޅަނދެއްކަން ހާމަވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓު މި ސަރުކާރުން ކެންސަލްކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގުކުރީ އިއްޔެ އެވެ.
  • އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނާއިރު، އޭނާގެ ބަންދު މުރާޖައާ ކުރުމާ މެދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގޮތެއް ނުނިންމައި އަޑުއެހުން ނިންމާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުލްރަހްމާންގެ ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނީ:

"އަޅުގަނޑަށް ދިނީ ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިއެއް، ފެން ބޭނުން ކުރަން ދަތި އެ ހޮޅިން، އަޅުގަނޑަށް ޖަލުގައި މިހާރު ހޮޅިއާ ގުޅުވާފައި ނަންނަމުން ވެސް ގޮވަނީ، ސޯޝަލް މީޑިއާގައި ވާހަކަ އަނބުރާފައި އޮންނަ ގޮތުން އަޅުގަނޑު ސިފަކުރަނީ ވެސް އޭގެ [ގާތިލެއް] މީހެއްގެ ގޮތަށް، ކިހިނެއްތޯ އަޅުގަނޑު އެއިން މީހަކު އެހީވެލަން އަންނާށޭ އަހާނީ ވެސް،"

ދުވަހުގެ ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވުން. ސާކުގެ 6 ގައުމަކުން 85 އެތްލީޓުން ވާދަކުރާ ސަރަހައްދީ ޖޫނިއާ މުބާރާތަށް ގައުމީ ޓީމް ތައްޔާރުވަމުން އަންނަނީ މެޑަލް ހޯދުމަށް އަމާޒުގައި --- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވުން. ސާކުގެ 6 ގައުމަކުން 85 އެތްލީޓުން ވާދަކުރާ ސަރަހައްދީ ޖޫނިއާ މުބާރާތަށް ގައުމީ ޓީމް ތައްޔާރުވަމުން އަންނަނީ މެޑަލް ހޯދުމަށް އަމާޒުގައި --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވުން. ސާކުގެ 6 ގައުމަކުން 85 އެތްލީޓުން ވާދަކުރާ ސަރަހައްދީ ޖޫނިއާ މުބާރާތަށް ގައުމީ ޓީމް ތައްޔާރުވަމުން އަންނަނީ މެޑަލް ހޯދުމަށް އަމާޒުގައި --- ފޮޓޯ: ރައީސް އޮފީސް

ދިރާސާތަކުން ކިޔާލުމަށް

"ދަ ސުނާމީ އިމްޕެކްޓް އެސެސްމަންޓު ސްޓަޑީ 2005"

މިއީ 2005 ވަނަ އަހަރު އިންޑިއާ ކަނޑަށް އައި ބިރުވެރި ސުނާމީގައި ރާއްޖެއަށް ކުރި އަސަރުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ސުނާމީގެ ސަބަބުން ރާއްޖެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެ އެތައް ބަޔަކު ހާލުގައި ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox