މެންޗެސްޓާ ޔުނައިޓެޑް ޔޫރަޕްގެ މުބާރާތެއްގައި ނެތުން އެޑްވާންޓޭޖަކަށް ވެދާނެ: ރަންގްނިކް

Apr 28, 2022, 8:32 AM
ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް:.--

ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް:.--

މެންޗެސްޓާ (އޭޕްރީލް 28) - އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރުމަކީ ފަހަރުގައި އެޑްވާންޓޭޖަކަށް ވެދާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި ރަލްފް ރަންގްނިކް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ އެވެ. ފަސް ވަނަ އާއި ހަ ވަނަ ޔޫރޮޕާ ލީގަށް ދާއިރު، ހަތް ވަނަ ކުޅެން ޖެހޭނީ ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް، ކޮންފަރެންސް ލީގުގަ އެވެ.

ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ 34 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލާއި ޔުނައިޓެޑާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޔުނައިޓެޑް ފަހަތުން، ހަތް ވަަނައިގައި އޮތީ 34 މެޗުން 52 ޕޮއިންޓާ އެކު ވެސްޓް ހޭމް ޔުނައިޓެޑް އެވެ. އަދި އަށް ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 33 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން އާސެނަލް އަތުން ބަލިވުމުން ރަންގްނިކް ވަނީ އެ ޓީމަށް ގަދަ ހަތަރެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އަންނަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވާއިރު، ރަންގްނިކް ބަދަލުވަނީ އެޑްވައިޒަރީ ރޯލަކަށެވެ.

ޔުނައިޓެޑް ޗެމްޕިއަންސް ލީގުގައި ނެތި، އާ ކޯޗެއް ގެންނަން ޖެހިއްޖެނަމަ އެއީ އާ ކޯޗަށް އޮންނާނެ ޕްރެޝަރެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު، ރަންގްނިކްގެ އެެހެން ވިސްނުމެއް އެބައޮތެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރަންގްނިކް ބުނީ އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ޔުނައިޓެޑް ނެތުމަކީ އެޑްވާންޓޭޖަކަށް ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

"އެއީ އެޑްވާންޓޭޖަކަށް ވެދާނެ ކަމެއް. މިހެން ބުންޏަސް އޭގެ މާނަ އަކީ އަހަރެމެން ބާކީ އޮތް ހަތަރު މެޗު ވާނެ ގޮތެއް ވާން ދޫކޮށްލާ ވާހަކައެއް ނޫން. އަހަރެމެންގެ ފޯކަސް އަކީ ކޮންމެ މެޗަކުން ވެސް މޮޅުވުން. އެކަމަކު، މި ވަގުތުގެ ޖުމްލަ ހާލަތަށް ބަލައި، ހަގީގަތަށް ވެސް ބަސްބުނަންޖެހޭ،" ރަންގްނިކް ބުންޏެވެ.

ޔުނައިޓެޑުގައި ހުރި މައްސަލަތައް ހައްލުކުރަން ބަލާއިރު، އަންނަ ސީޒަނުގައި ލީގަށް ފޯކަސް ކުރަން އެންމެ ރަނގަޅު ގޮތަކީ ޔޫރަޕް މުބާރާތެއްގައި ނެތުން ކަމަށް ވެދާނެ ކަމަށް ރަންގްނިކް ގަބޫލުކުރެ އެވެ. މީގެ ކުރިން ރަންގްނިކް ބުނީ ޔުނައިޓެޑްގެ ޓީމު ހައްލުކުރަން ކުރަން ޖެހެނީ ހަަމައެކަނި މަތިމަތިން ގެންނަން ޖެހޭ ބަދަލުތަކެއް ނޫން ކަމަށާއި މިއީ ކުރަން ޖެހޭ "އޯޕަން ހާޓް ސާޖަރީ" އެއް ކަމަށެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑުގެ ގިނަ ކުޅުންތެރިންތަކަކަށް މިރޭ ޗެލްސީއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. ރަންގްނިކް ބުނީ ޗެލްސީއާ ދެކޮޅަށް ކުޅޭ ސްކޮޑުގައި ތިބީ ސީނިއާ 14 ކުޅުންތެރިން ކަމަށެވެ. އެހެންވެ، ސްކޮޑު އެއްކޮށް ހަމަކުރަން ޖޫނިއާ ހަތަރު ކުޅުންތެރިން ހިމަނާއިރު، އެއީ މުސްތަގުބަލަށް މުހިންމު ކަމެއް ކަމަށް ރަންގްނިކް ބުނެފައިވެ އެވެ.

ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކަކުލަށް އަނިޔާވެފައިވާއިރު، އާރޮން ވަން ބިސާކާ، ޖޭޑަން ސަންޗޯ، އެޑިސަން ކަވާނީ، ފްރެޑް، ޕައުލް ޕޮގްބާ އަދި ލޫކް ޝޯ ވެސް ހުރީ އަނިޔާގަ އެވެ.

އެންމެ ފަހުން ޔުނައިޓެޑް ލީގުގައި ކުޅުނު ދެ މެޗުން ލިވަޕޫލާއި އާސެނަލް އަތުން ވަނީ ބަލިވެފަ އެވެ. އެ ނަތީޖާތަކާ އެކު ޔުނައިޓެޑް ޓީމުގެ ކޮންފިޑެންސް ފެންނަނީ ކޮންމެ ވެސް ވަރަކަށް ދަށްކޮށް ކަމަށްވާތީ މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ ކައިރިން ނަތީޖާ ނެރެގެން ހާލަތު ބަދަލުކުރަން ރަންގްނިކް ބޭނުންވެ އެވެ.

ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox