އިޓަލީގެ އަންހެން ފުޓްބޯޅަ ލީގަށް ޕްރޮފެޝަނަލް ހައިސިއްޔަތު ދެނީ

Apr 27, 2022, 4:18 PM
އިޓަލީގެ ލީގު ޗެމްޕިއަން ޔުވެންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިޓަލީގެ ލީގު ޗެމްޕިއަން ޔުވެންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (އޭޕްރީލް 27) - އިޓާލީގެ އަންހެން ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަން، ސެރިއާ އަށް ޕްރޮފެޝަނަލް ހައިސިއްޔަތު ދޭން ނިންމާފައިވަނީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާނުކޮށްފި އެވެ.

މިހާތަނަށް އިޓަލީގައި އަންހެން ފުޓްބޯޅަ އަށް ދީފައިވާ އަހައްމިއްޔަތުކަން ނިސްބަތުން ކުޑަވެފައި އޮތީ ސެމީ ޕްރޮފެޝަނަލްކޮށް ގިނަ ކަންތައްތަކެއް ހަމަޖެހިފައި އޮތުމުންނެވެ. އެކަމަކު، ދާދި ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ފާސްކުރި ގަވާއިދުގައިވާ ގޮތުން އަންނަ ސީޒަނުން ފެށިގެން އިޓަލީގެ އަންހެން ފުޓްބޯޅައިގެ ލީގު، އިޓާލިއަން ސެރިއާގައި އެޑްމިނިސްޓްރޭޝަނުން ފެށިގެން ހުރިހާ ކަމެއް ކުރިއަށްދާނީ ޕްރޮފެޝަނަލް މިންގަނޑަށް ފައްތައިގެންނެވެ.

"މިއީ އިޓަލީގެ ފުޓްބޯޅައިގައި ތާރިހީ ފިޔަވަޅެއް. އަންހެން ފުޓްބޯޅަ ޕްރޮފެޝަނަލް އުސޫލުގެ ތެރެއިން ހިނގައިގަތުމަކީ އިޓަލީގެ ފުޓްބޯޅަ މިހާރު އޮތް ހަރުފަތް މައްޗަށް ޖައްސާލެވޭނެ ސަބަބެއް،" އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގަބްރިއެލް ގްރަވީނާ ވިދާޅުވި އެވެ.

އިޓަލިގެ އަންހެން ފުޓްބޯޅައިގެ އެންމެ ފަހުން ހަތަރު ފަހަރުގެ ޗެމްޕިއަންކަން ހޯދީ ޔުވެންޓަސް އިންނެވެ. ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް އިޓަލީގެ ޗެމްޕިއަންކަން ހޯދުމާ ޔުވެންޓަސް އޮތީ ގާތުގަ އެވެ. މިހާރު ކުރިއަށްދާ އިޓަލީގެ އަންހެން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ ދެ ވަނައިގައި އޮތް ރޯމާ އަށް ވުރެން ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގުގައި ބާކީ އޮތީ ދެ މެޗެވެ.

އަންހެން ފުޓްބޯޅަ ލީގު ޕްރޮފެޝަނަލް އުސޫލުން ކުރިއަށްގެންދަން ނިންމި ނިންމުމަށް ޔުވެންޓަސް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox