ޓެރަރިޒަމާ ގުޅޭ މީހުނާ ބައްދަލުވާ ކަމަށް ބެލެވި، މުނީޒު އަނެއްކާ ވެސް ބަންދަށް!

ޓެރަރިޒަމާ ގުޅޭ މީހުނާ ބައްދަލުވާ ކަމަށް ބެލެވި، މުނީޒު އަނެއްކާ ވެސް ބަންދަށް!

ތ. ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު ބޭސްފަރުވާއަށް ބަންދުން ދޫކޮށްލި މުއްދަތުގައި، ޓެރަރިޒަމްގެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުނާ ބައްދަލު ކުރަމުންދާ ކަމަށް ބެލެވިގެން އޭނާ އަނެއްކާ ވެސް ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޭސްކުރުމަށް މާލޭގައި ރަށު ބަންދެއް ގޮތުގައި ހުންނަން ބަންދަށް ލުއިދީފައިވަނިކޮށް، ދައުލަތުން އޭނާގެ ބަންދު މުރާޖައާ ކޮށްދޭން ހުށަހެޅި ފޯމުގައި ވެސް މައިގަނޑު ކަންބޮޑުވުމަކީ ޝަރުތުތަކާ ހިލާފު ވުމެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުންނާ ބައްދަލު ނުކުރުން ޝަރުތުކޮށްފައި އޮތް އިރު އެފަދަ ބައެއް މީހުންނާ ބައްދަލު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގަ އެވެ.

މީގެ އިތުރުން، ގެއިން ބޭރަށް ނުކުންނަން ވަކި ވަގުތުތަކެއް ޝަރީއަތުން ދީފައި އޮތް ނަމަވެސް އެ ވަގުތުތަކުގެ އިތުރަށް ވެސް އޭނާ ގެއިން ބޭރަށް ނުކުމެ އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މާ ގިނައިން ގެއިން ބޭރަށް ނުކުމެ އެހާ ހަރަކާތްތެރިކޮށް އުޅޭތީ، އެކަމުން އިތުރަށް ހާމަކޮށްދޭ ކަމަކީ އޭނާ ބަންދުން ދޫކޮށްލާފައި ބަހައްޓަން ޖެހޭ ވަރުގެ ސިއްހީ މައްސަލައެއް ނެތް ކަން ކަމަށް ދައުލަތުން ބުންޏެވެ. ބޭސްފަރުވާއަށް ދޫކޮށްލަން ވާނީ ފުރާނައަށް ގެއްލުންވާ ވަރުގެ ކަމެއް އޮތުމުން ކަމަށް ގާނޫނުގައި އޮވެ އެވެ.

ދައުލަތުން ދެއްކި ވާހަތައް މުނީޒު ދޮގު ކުރި އެވެ. މިއަދުގެ އަޑުއެހުމުގައި އޭނާ ބުނީ ޝަރީއަތުން ބުނެފައިވާ ގަޑި ނޫން ގަޑިތަކުގައި ބޭރަށް ދިޔަސް ދަނީ ކަރެކްޝަންސްގެ ހުއްދަ ހޯދައިގެން ބޭސްފަރުވާގެ ކަންކަމަށް އެކަނި ކަމަށެވެ.

އަދި ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ ބައްދަލު ކުރާ ކަމަށް ދައުލަތުން ދެއްކި ވާހަކައަކީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ފުރާނައަށް ނުރައްކާވާ ވަރަށް ސިއްހީ ހާލަތު މިހާރު ގޯސް ނޫން ކަން އެނގޭތީއާއި ޝަރުތުތަކާ ހިލާފު ވަމުންދާ ކަމަށް ބެލެވެމުންދާތީ، ޝަރީއަތް ނިމެންދެން މުނީޒު ބަންދު ކުރަން ނިންމާ ކަމަށެވެ.

މުނީޒް ބަންދުން ދޫކޮށްލިއިރު ކުރި ޝަރުތުތައް:

  • ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނަކާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުން
  • ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުން
  • އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން
  • ކޮންމެ ދުވަހަކު ހެނދުނު 08:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
  • މާލެއިން ބޭރަށް ނުދިއުން.
  • ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ މުއާމަލާތު ނުކުރުން.
  • މައްސަލައިގައި ހެކިބަސްދޭނެ ކަމަށް ގަބޫލުކުރެވޭ އެންމެހާ މީހުންނާ މުއާމަލާތު ނުކުރުން
  • މުނީޒަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން ދިއުމާއި، ފަރުވާ ހޯދަމުންދާކަމުގެ ލިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި ޕީޖީއަށް ހިއްސާކުރުން.

ތިމަރަފުށި ސްކޫލް ގޮއްވާލަން އުޅޭ ކަމުގެ އިންޓެލް މައުލޫމާތު ލިބިގެން މިދިޔަ ނޮވެމްބަރު 11، 2020 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މުނީޒުގެ އިތުރަށް އަށް މީހަކު ހައްޔަރު ކުރި އެވެ. އެއިން ކޮންމެ މީހަކަށް ވެސް ތުހުމަތު ކުރެވޭ އަމަލަކާ ގުޅޭ ދައުވާތަކެއް އުފުލާފައިވެ އެވެ.

މަދުރަސާ ގޮއްވާލަން އުޅުނު ކަމަށް ބެލެވޭ މީހުންގެ މައްޗަށް ކުރާ ދައުވާތައް:

1. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  • ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން.

2. ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

3. ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުހައްމަދު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.
  • ހަނގުރާމައަށް ދާން އުޅުން.

4. ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
  • އޮރިޔާންކާޑު ގެންގުޅުން

5. ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން.

6. ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން.
  • ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

7. ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން.
  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން.
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުން.

8. ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު

  • ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox