ދައުލަތުގެ ހެކިންގެ ހަނދާން ބަލިކަމުން މާރާމާރީގެ މައްސަލައެއް ސާބިތުނުވި

ދައުލަތުގެ ހެކިންގެ ހަނދާން ބަލިކަމުން މާރާމާރީގެ މައްސަލައެއް ސާބިތުނުވި

މީގެ ތިން އަހަރު ކުރިން އައްޑޫ ސިޓީ ގަމުގައި ހިނގި މަރާމާރީއެއްގައި މީހެއްގެ ގައިގެ 11 ތަނަށް ވަޅި ހަރައިގެން އަނިޔާވި މައްސަލައެއްގައި ދައުލަތުން ހުށަހެޅި ހެކިންގެ ބަހުގައި ބުރަދަނެއް ނެތް ކަމަށް ބެލެވޭތީ ދައުވާ އުފުލި މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އޭޕްރީލް 17، 2019 ގައި ހިނގި އެ މާރާމާރީއާ ގުޅިގެން ސ. ފޭދޫ، ހަވީރީނާޒް، އިއުތިސާމް މުހައްމަދުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން އޭނާ ތިން އިންޗީގެ ތިލައެއް އިންނަ ވަޅިއެއް ސ. ހިތަދޫ، އިތާމުތްގެ، މުހައްމަދު ފާރިހްގެ ބުރަކަށީގެ 11 ތަނަކަށް ހަރާފައިވާ ކަމަށެވެ.

މި މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ޝަފައީ ނުވަ ހެކިން ވެސް ޝަރީއަތަށް ހާޒިރުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އާންމުންގެ ތިން މީހުންނާއި، މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ހަތަރު އޮފިސަރަކާއި، ފާރިހަށް ލިބުނު އަނިޔާ ތަހުލީލު ކުރި ޑޮކްޓަރެކެވެ.

މީގެ ތެރެއިން ޝަރީއަތަށް ހާޒިރުވެ ހެކިބަސް ދިން އާންމުންގެ ތިން މީހުން ވެސް ބުނެފައި ވަނީ، މާ ގިނަ ދުވަސް ވެފައި އޮތް ކަމަކަށް ވާތީ، އެ ދުވަހު މާރާމާރީއެއް ހިނގިކަން ހަނދާނުގައި ނެތް ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތަކީ ކާކު ކަން ވެސް ނޭނގޭ ކަމަށް އެ ތިން މީހުން ބުންޏެވެ.

އަނިޔާ ލިބުނު ފަރާތުގެ އެކުވެރިއެއް ވެސް އޭގެ ތެރޭގައި ހިމެނޭއިރު، އޭނާ ބުނީ ފާރިސްއަށް މާރާމާރީއެއްގައި އަނިޔާއެއް ލިބުނު ކަން އެނގުނު ނަމަވެސް އެ ކަން ހިނގި ގޮތެއް ހަނދާނުގައި ނެތް ކަމަށެވެ. ފުލުހުންނަށް ބަޔާނެއް ދިން ކަން ވެސް ހަނދާނުގައި ނެތް ކަމަށް ބުނިއިރު، އޭނާ ދިން ކަމަށް ދައުލަތުން ބުނާ ބަޔާން އަޑުއަހަން ވެސް ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

މާރާމާރީ ހިންގި ކަމުގެ ދައުވާ އުފުލުނު މީހާ ދިން ހަމަލާތަކެއް ކަމަށް ބުރަދަން ދެވެން އޮތީ ފުލުހުން ދިން ހެކިބަސްތަކުންނެވެ. ނަމަވެސް ބައެއް ފުލުހުންނަށް އެއީ ސީދާ ތުހުމަތު ކުރާ މީހާ ކުރި ކަމެއް ބުނެނުދެވޭ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

ދައުވާ ލިބޭ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 22 ހެއްކެއް ހުށަހެޅި ނަމަވެސް އޮކްޓޯބަރު 14، 2021 ގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނުނަގާ ކުރިއަށް ގެންދަން ދިފާއުން އެދުމުން އެ މީހުންގެ ހެކިބަސް ޝަރީއަތުން ހޯދާފައެއް ނުވެ އެވެ.

މި މައްސަލައިގެ ހުކުމުގައި ވަނީ، މާރާމާރީއެއްގައި ފާރިހަށް އަނިޔާވެފައިވާ ކަން ސާބިތުވިޔަސް، އެ ކަން ކުރީ ދައުވާ ލިބޭ ފަރާތުން ކަން ސާބިތު ކުރަން ވެގެން ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox