ބޭރުގެ އިންވެސްޓަރުންނަށް ލަންކާއިން ދިގު މުއްދަތަށް ވިސާ ދޫކުރަން ނިންމައިފި

ދިގު މުއްދަތަށް ވިސާ ދޫކުރަން ނިންމީ ޑޮލަރު ހޯދުމުގެ ބޭނުމުގައި. -- ފޮޓޯ: އަޑަޑެރަނަ

ދިގު މުއްދަތަށް ވިސާ ދޫކުރަން ނިންމީ ޑޮލަރު ހޯދުމުގެ ބޭނުމުގައި. -- ފޮޓޯ: އަޑަޑެރަނަ

ސްރީ ލަންކާގައި އިންވެސްޓްކުރާ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ދިގު މުއްދަތަށް އެ ގައުމުގައި ދިރިއުޅެވޭނެ ގޮތް މަގުފަހި ކުރަން "ރެޒިޑެންޓް" ވިސާ ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

ލަންކާ ސަރުކާރުން ނިންމީ ގެދޮރާ ބެހޭ ސިނާއަތް ނުވަތަ "ކޮންޑޮމީނިއަން ޕްރޮޕަޓީޒް" ގައި 75،000 އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރާ ނަމަ، އިންވެސްޓް ކުރާ މިންވަރަކަށް ބަލައި 5-10 އަހަރާ ދެމެދުގެ މުއްދަތަށް ވިސާ ދޫކުރުމަށެވެ.

އެގޮތަށް ވިސާ ލިބޭނެ ފަރާތްތަކުގެ ތެރޭގައި އިންވެސްޓް ކުރާ ބޭރު ރައްޔިތުންނާއި އެ މީހުންގެ އަނބިންނާއި ފިރިން އަދި މައިންބަފައިންނާއި ދަރިން ހިމެނެ އެވެ.

އޭގެ އިތުރުން "ގޯލްޑަން ޕެރެޑައިސް ވިސާ" ގެ ނަމުގައި މުޅިން އާ ޕްރޮގްރާމެއް ވެސް ލޯންޗު ކުރަން ވަނީ ނިންމާފަ އެވެ. އޭގެ ދަށުން ލަންކާގެ މަރުކަޒީ ބޭންކުން ކަނޑައަޅާ ކޮމާޝަލް ބޭންކުތަކުގެ ތެރެއިން ބޭންކެއްގައި މަދުވެގެން 100،000 އެމެރިކާ ޑޮލަރު ބަހައްޓައިފި ނަމަ، 10 އަހަރުގެ ވިސާ ލިބޭނެ އެވެ.

ބޭރު ފައިސާގެ ދަތިކަމާ ހެދި ޑޮލަރު ހޯދުމުގެ ބޭނުމުގައި އެ ނިންމުންތައް ނިންމި އިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަންކާއަށް ލަފާ ދެނީ ފައިސާއާ ގުޅޭ ސިޔާސަތު ވަރުގަދަކޮށް، ޓެކްސް މަތި ކުރުމަށެވެ.

އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ލަންކާއިން ވަނީ އައިއެމްއެފްގެ އެހީއަށް އެދިފަ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ އެވެ. އައިއެމްއެފްގެ އިތުރުން ވޯލްޑް ބޭންކާ އެކު ވެސް ލަންކާ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ލަންކާ ރައީސްގެ އޮފީހުން އަންގާރަ ދުވަހު ބުނީ ވޯލްޑް ބޭންކުން 600 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ދޫކުރާނީ 400 މިލިއަން ޑޮލަރެވެ. އެއީ ލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ކުރަން ފޯރުކޮށްދޭ ފައިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox