ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ދީފި

Apr 26, 2022, 2:01 PM
ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންނަ ޖުލައި މަހުގެ 28 އިން އޮގަސްޓް 8 އަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްގެންދާ ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުން ރާއްޖެ އަށް ފުރުސަތު ދޭން، ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާ، އެފްއައިވީބީން ނިންމައިފި އެވެ.

މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ކޮމަންވެލްތު ކޮލިފައިންގައި ވާދަކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމްގެ ޕެއާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ކޮލިފައިން ދެ ވަނަ އަށް ދިއުމުން ކޮލިފައިން ސްލޮޓެއްގެ ތެރެއިން ރާއްޖެ އަށް ކޮމަންވެލްތުގެ ފުރުސަތު އޭރު ގެއްލުނީ އެވެ.

އެކަމަކު، އެފްއައިވީބީން މިއަދު އާންމުކުރި ބަޔާނުގައިވަނީ ކޮމަންވެލްތު ގޭމްސް އިން އެކި ކްރިއައިޓީރިއާތަކުން ޖާގަ ބެހިފައިވާ ގޮތަށް ބަލާއިރު، އިންވިޓޭޝަން ފުރުސަތެއްގެ ގޮތުގައި ބީޗްވޮލީބޯޅައިގެ ފިރިހެން ބައިން ރާއްޖެ އަށް ފުރުސަތު ދޭން ނިންމައިފަ އެވެ.

މި ގޮތަށް އިންވިޓޭޝަން ފުރުސަތު ދޭން ނިންމަނީ އެ ގައުމަކުން ބީޗްވޮލީބޯޅައިގައި ކުރަމުން އަންނަ މަސައްކަތާއި ރޭންކިން އަށް ބަލައިފަ އެވެ. މިއީ، އެފްއައިވީބީން ބަލާ ހާއްސަ މިންގަނޑުތަކުގެ ތެެރެއިން ދޭ ފުރުސަތެކެވެ. ރާއްޖޭގެ

ބީޗްވޮލީބޯޅަ ކުރިއަރުވަން ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން ހަމަޖައްސައިދިން ދެ އަހަރު ދުވަހުގެ ކޯޗިން ސަޕޯޓް ޕްރޮގްރާމްގެ މަސައްކަތް މިހާތަނަށް ކުރިއަށްދާ ގޮތާ މެދު އެފްއައިވީބީން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު އެފްއައިވީބީގެ ރައީސް، ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ވޮލީ އަށް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތުގެ ތެރެއިން ތަޖުރިބާކާރު ބީޗްވޮލީބޯޅަ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ވަނީ ޖެނުއަރީ ނުވަ ވަަނަ ދުވަހު ރާއްޖެ އައިސް ޓްރެއިނިންތައް ފަށައިފަ އެވެ. ވިނީޝިއުސްގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މިހާތަނަށް ދެ މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ސްރީ ލަންކާގެ ނިގަމްބޯގައި ކުރިއަށްދިޔަ އޭޝިއަން ސެންޓްރަލް ޒޯން ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާ (އަންހެން ދެ ޕެއާ އާއި ފިރިހެން ދެ ޕެއާ) ވަނީ ވާދަކޮށްފަ އެވެ. އަދި މިދިޔަ މަހު ކޮމަންވެލްތު ގޭމްސް ކޮލިފައިންގަައި ވެސް ބީޗްވޮލީބޯޅަ ޓީމު ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕާ އެފްއައިވީބީން އެކުގައި މަސައްކަތް ކުރަމުން އަންނާތީވެ، އެކަމުގެ ސަބަބުން ރާއްޖޭގެ ވޮލީ އަށް ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އެ ގޮތުން މި އަހަރު އެފްއައިވީބީގެ ބީޗްވޮލީ ޕްރޯ ޓުއާގެ މުބާރާތެއް ރާއްޖޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މެދުކެނޑުމަކަށް ފަހު ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާއިރު، ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޗެމްޕިއަން މޫސާ މުންސިފް އާއި އަންހެން ޓީޓީ ޓީމު ވެސް ވަނީ ގޭމްސް އަށް ކޮލިފައިވެފަ އެވެ. މީގެ އިތުރުން، ބެޑްމިންޓަނާއި އެތުލެޓިކްސް އަދި ސްވިމިން އިން ވެސް ރާއްޖޭގެ އެތުލީޓުން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox