ހައި ކޯޓުގެ ދެ ފަނޑިޔާރުން ކޮމިޓީއަށް ސިޓީ ފޮނުވުމުން އިތުރަށް ބަލަނީ

ޖޭއެސްސީން ވަކިކުރަން ނިންމި ހައި ކޯޓުގެ ދެ ފަނޑިޔާރުން: އަބްދުالله ހަމީދު (ވ) އަދި އަބްދުއްރައޫފް އިބްރާހިމް (ކ)

ޖޭއެސްސީން ވަކިކުރަން ނިންމި ހައި ކޯޓުގެ ދެ ފަނޑިޔާރުން: އަބްދުالله ހަމީދު (ވ) އަދި އަބްދުއްރައޫފް އިބްރާހިމް (ކ)

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިކުރަން ފޮނުވާފައިވާ ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމްގެ ސިޓީއެއް އެ މައްސަލަ ދިރާސާކުރާ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބިފައިވާތީ އެ ކަންކަން އިތުރަށް ސާފު ކުރަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފޮނުވީ ފަނޑިޔާރުންތަކަކަށް ފްލެޓްތަކެއް ދިން މައްސަލައެއްގަ އެވެ. ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުން، އެ ދެފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުންނެވެ. އެހެންވެ ފްލެޓްތަކާ އެ ފަނޑިޔާރުން ހަވާލުވީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ނިންމި އެވެ.

ގާނޫނުގައި އޮންނަ ގޮތުން, ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ ކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމިޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ. ކޮމިޓީން ބަލާނީ ޖޭއެސްސީން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ އެކަންޏެވެ.

އެ މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުން ފެށުމުގެ ކުރިން، ވަކިކުރަން ހުށަހެޅި ދެ ފަނޑިޔާރުންގެ ސިޓީއެއް ކޮމިޓީއަށް ލިބުމުން، އެ ދެސިޓީގައި ފާހަގަކޮށްފައި ހުރި ބައެއް ކަންކަން އިތުރަށް ސާފު ކުރަން ޖެހޭތީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ކޮމިޓީން މިއަދު ވަކި ގޮތެއް ނުނިންމަ އެވެ.

މަޖިލީހުގެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް "އަދަދު"އަށް ވިދާޅުވީ ފަނޑިޔާރުން ވަކިކުރަން ނިންމުމުގައި ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަނުވާ ކަމުގެ ޝަކުވާގެ އިތުރަށް ތަހުގީގު ރިޕޯޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގެ ޝަކުވާ ވެސް ކޮށްފައިވާ ކަމަށެވެ.

"ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ އެއް މެންބަރަކު އިސްތިއުފާ ދީފައި ފަހުން ކޮމިޓީ ރިޕޯޓް ބަދަލު ކުރީއޭ. ފަނޑިޔާރުންނަށް މި ދެވަނަ ރިޕޯޓަށް ޖަވާބުދާރީވާން ފުރުސަތު ނުދޭ ކަމަށް، އެއީ ރަނގަޅު ވާހަކައެއްތޯ، އޭގެ ހަގީގަތެއް ސާފުކުރަން ޖޭއެސްސީއަށް ލިޔުމުން އަންގަން ނިންނީ،" ސިރާޖް ވިދާޅުވި އެވެ.

މީގެ އިތުރަށް، މި ގޮތަށް ފްލެޓް ލިބުނު އެހެން ފަނޑިޔާރަކަށް ޝަރަފުވެރިކަމާ އެކު ރިޓަޔާވާން ފުރުސަތު ދިން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާތީ އެ ކަންކަން ވެސް ޖޭއެސްސީން ސާފު ކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ނިންމިއިރު, މި މައްސަލަ ކޮމިޝަނަށް ހުށަހެޅީ ދާދި ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އަލީ ސަމީރު ވެސް ހިމެނޭ ގޮތަށެވެ. ސިޓީގައި ބުނަނީ ފަނޑިޔާރު ސަމީރުގެ ވާހަކަ ކަމެއް ސާފެއް ނުވެ އެވެ.

ވަކިކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރައޫފަކީ ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ވެސް އިންނަވާ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ އާ ބެންޗަށް ރައޫފް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވިޔަސް، ސުލޫކީ މައްސަލައެއް އޮތުމުން އެ ނަން އޭރު ނުފޮނުވަ އެވެ.

ފަނޑިޔާރު ހަމީދަކީ, ހައިކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އެގޮތުން, ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. ފަނޑިޔާރު ހަމީދު ވަނީ މީގެކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox