ތޫމްގެ އިފްތާރު ޑެލިވަރީ ޕެކްތައް ވަރަށް އަގުހެޔޮ!

Apr 27, 2022, 11:36 AM
ތޫމްގެ އިފްތާރު ޑެލިވަރީ ޕެކްސް

ތޫމްގެ އިފްތާރު ޑެލިވަރީ ޕެކްސް

އަރަބި ކެއުންތަކަކީ އާއްމުގޮތެއްގައި އަގުބޮޑު ކެއުންތަކެކެވެ. ރަނގަޅު ރެސްޓޯރެންޓަކުން އަރަބި ކެއުމެއް ކާ ނަމަ އަދި މާ އަގުބޮޑުވާނެ އެވެ. އެކަމަކު މާލޭގައި މިހާރު އެންމެ މީރު އަރަބި ކެއުންތައް ލިބޭ އެއް ރެސްޓޯރެންޓްކަމަށްވާ ތޫމް އިން މި ރޯދަމަހު ވަނީ މިކަމަށް ރަނގަޅު ހައްލެއް ގެނެސްްދީފަ އެެވެ. އެއީ މާގިނަ ވައްތަރުތައް ނުހިމަނައި އެކަމަކު ވެސް ރަނގަޅު ފެންވަރުގެ ޑިޝްތަކާ އެކު އަގު ހެޔޮކޮށް ލިބޭ ޕެކޭޖްތަކެއް ތައާރަފްކުރުމެވެ.

ރޯދަ މަސް ނިމޭން ކައިރިވެފައިވާއިރު، މިއީ އަޖުމަ ބަލާލަން ރަނގަޅު ކެއުމެކެވެ. ތޫމްގައި ރޯދަ ވީއްލަން ހުރީ ދެބާވަތެއްގެ ކެއުންތަކުގެ ޕެކޭޖްތަކެވެ. އެއީ އިންޑިއާ އާއި ޕާކިސްތާން ހިއްސާކުރާ ޕަންޖާބް ސަރަހައްދުގެ ކެއުންތަކާއި އަރަބިކެއުންތަކެވެ.

އޯޑަރުކޮށްލައިގެން ތޫމްގެ ކެއުންތައް ސީދާ ގެއަށް ގެނެވެ އެވެ. ޑެލިވަރީތަކަށް ހާއްސަކޮށް ތޫމްއިން ތައްޔާރުކޮށްފައިވާ މެނޫގައި ވެސް ހުރީ ތިން ހަތަރު މީހުންނަށް ފުދޭ ވަރުގެ ޕެކޭޖްތަކެކެވެ. ތޫމްގެ ޕެކޭޖްތައް ނިސްބަތުން އަގުހެޔޮވަނީ ވެސް މިހެންވެ އެވެ.

ޑެލިވަރީ ޕެކޭޖްތައް

  • 149ރ. - ސަވާޔާ ޗިކަން (ފުލް)، ދާލް ފްރައި، 2 ރާގިނީ ނާން،
  • 149ރ. - ޗިކަން ކަޑާއީ (ލާޖް)، 2 ރާގިނީ ބްރެޑް، ރެޑް އައިސްޓީ
  • 189ރ. - ސަވާޔާ ޗިކަން (ފުލް) ގާލިކް ބްރެޑް (4 އެތިކޮޅު)، 2 ޓަމީޒް ބްރެޑް، ރެޑް އައިސްޓީ
  • 299ރ. - ބިރިޔާނީ، ފްރައިޑް ޗިކަން (ފުލް)، 4 ބިސް، ޕަޕަޑަމް، ރެޑް އައިސްޓީ

ތޫމްއިން މި ޕެކޭޖްތައް ޑެލިވަރީ ކުރަން ބޭނުންވާ ނަމަ ހަވީރު 4:30 ގެ ކުރިން އޯޑަރުކޮށްލަން ޖެހޭނެ އެވެ. އެތަނުން ބުނި ގޮތުގައި ރޯދަމަހުގެ މިހައިތަނަށް ގިނަ އަދަދެއްގެ ޕެކޭޖްތައް ޑެލިވަރީ ކުރި އިރު ޑެލިވަރީއެއް ލަސްވުމުގެ މައްސަލައެއް ދިމަލެއް ނުވެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox