ފަހު ވަގުތު މޮޅުވެ ޔުވެންޓަސް ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފި

Apr 26, 2022, 12:17 AM
ކީން، ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކީން، ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 26) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުުތު ގޯލު ޖަހައި 2-1 އިން ސަސުއޯލޯ ބަލިކޮށް ޔުވެންޓަސް އިން ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް އިން ވަނީ ހަތަރު ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ހަތަރެއްގައި އޮތް ޔުވެންޓަސް އަށް 34 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ރޯމާ އަށް 34 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ވަނީ ލީގުގެ ތިން ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. ނަޕޯލީ އަށް 34 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސަަސުއޯލޯ އިން މެޗު ފަށައިގެން ދިޔައީ ޔުވެންޓަސް ފަަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެ ގޮތުން ސަސުއޯލޯގެ ކެޕްޓަން ޑޮމެނިކޯ ބެރާޑީ އޭރިއާބޭރުން ޖެހި ބޯޅަ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. އަދި ސަސުއޯލޯ ފޯވާޑް، ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ބޯޅަ އެއް ވެސް ހުއްޓުވީ ޝެޒްނީ އެވެ.

ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔަ، ސަސުއޯލޯ އިން ލީޑުނެގީ މެޗުގެ 38 ވަަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ބެރާޑީ ހުސްކޮށްލާފައި ރަސްޕަޑޯރީ އަށް ދިން .ބޯޅަ އޭނާ ވަނީ ގޯލުގެ ކައިރީ ކަަނަށް އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ. މިއީ އޭރިއާތެރެއިން ޑެނިސް ޒަކަރިއާ ދިން ބޯޅައަކުން ޑިބާލާ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ޔުވެންޓަސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރި ނަމަވެސް މޮޅުވި ގޯލު ޖަހަން ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. އެ ގޮތުން ޔުވެންޓަސް މޮޅުވީ މެޗުގެ 88 ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. އަލެކްސް ސަންޑްރޯ ދިން ބޯޅައެއް ކޮންޓްރޯލްކޮށްލުމަށް މޮއިސް ކީން ވަނީ އޭރިއާތެރެއިން ޖާގައެއް ހޯދައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ކީން ޖެހި ބޯޅަ ގޯލަށް ވަނީ ސަސުއޯލޯ ކީޕަރު އަންދްރެއާ ކިންސީލީ ފައިގައި ޖެހިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox