ލަންކާއިން އައިއެމްއެފްއާ އެކު މަޝްވަރާ ކުރާތީ ޗައިނާގެ ލޯނު ނުލިބިދާނެ ކަމަށް ބުނެފި

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި ޗައިނާ ސަފީރު ގީ ޒެންހޯންގް. -- ފޮޓޯ: ޓްވިޓާ/ ޗައިނާ އެމްބަސީ އިން ސްރީލަންކާ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި ޗައިނާ ސަފީރު ގީ ޒެންހޯންގް. -- ފޮޓޯ: ޓްވިޓާ/ ޗައިނާ އެމްބަސީ އިން ސްރީލަންކާ

އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ސްރީލަންކާއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު މަޝްވަރާ ކުރަމުން ދާތީ ޗައިނާއިން ލޯނު ހޯދަން ދަތިވެދާނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީ ޒެންހޯންގް ވިދާޅުވީ ޗައިނާއިން ހޯދަން މަސައްކަތް ކުރާ 2.5 ބިލިއަން ޑޮލަރުގެ ލޯނަށް އަސަރުކޮށްފާނެ ކަމަށެވެ.

ލަންކާ ސަރުކާރާއި އައިއެމްއެފްއާ މެދު ކުރިއަށް ގެންދާ މަޝްވަރާ ޗައިނާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރުމަކީ އައިއެމްއެފްގެ މުހިންމު ޑިމާންޑަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ޗައިނާއަކީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސިޔާސަތު ގެންގުޅޭ ގައުމެއް ނޫނެވެ. އެހެންވެ، ދާދި ފަހުން ވެސް ސްރީލަންކާއަށް ވަނީ ޗައިނާގެ ބޭންކުތަކަށް ދަރަނި އަދާ ކުރަން ޗައިނާ ސަރުކާރުން އިތުރު ލޯނެއް ނަގަން އެދި ހުށަހަޅަން މަޖުބޫރުވެފަ އެވެ.

ޗައިނާ ސަފީރު އިޝާރާތް ކުރެއްވި 2.5 ބިލިއަން ޑޮލަރުގެ ލޯނަކީ އޭރު ލަންކާއިން ހުށަހެޅި ލޯނެވެ. ލަންކާއިން އެދިފައި ވަނީ ޖުލައި މަހުގެ ކުރިން އަދާ ކުރަން ޖެހޭ ދަރަނި ދެއްކުމަށް އެއް ބިލިއަން ޑޮލަރުގެ ލޯނަކާއި ޗައިނާއިން ޒަރޫރީ ތަކެތި އެތެރެ ކުރަން 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކަށެވެ.

ޗައިނާގެ ބޭންކްތަކަށް ލޯންތައް އަނބުރާ ދެއްކުމަށް މި އަހަރު އެކަނިވެސް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ލަންކާއިން ހޭދަކުރަން ޖެހެ އެވެ.

ލަންކާއިން ވަނީ އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގައި އިންޑިއާއާ އެކު ވެސް ސޮއިކޮށްފަ އެވެ. އެއީ ޒަރޫރީ ކާބޯތަކެއްޗާއި ބޭސް އިމްޕޯޓް ކުރުމަށެވެ. އޭގެ އިތުރުން އިންޑިއާއިން ތެޔޮ ގަންނަން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވެސް އޭގެ ކުރިން ދޫކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox