މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން އުޅޭ ވާހަކަ އަނެއްކާވެސް ދޮގުކޮށްފި

ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ރައީސް ގޮތަބަޔާ ރާޖަޕަކްސަ. -- ފޮޓޯ: އޭޝިއާ ނިއުސް

ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ރައީސް ގޮތަބަޔާ ރާޖަޕަކްސަ. -- ފޮޓޯ: އޭޝިއާ ނިއުސް

ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދޭން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަ އަނެއްކާވެސް ދޮގުކޮށްފި އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ ޕާލިމެންޓުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ ފަޅީގައި ކަމަށާއި އެހެންކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން ނިންމެވި ކަމަށް ވިދާޅުވީ ކުރީގެ މިނިސްޓަރު އުދެޔަ ގައްމަންޕިލަ އެވެ. އޭނާ ވިދާޅުވީ ބޮޑު ވަޒީރު މަގާމުން ދުރު ކުރަން ޕާލިމެންޓުގެ 120 މެމްބަރުން ބޭނުންވާ ކަމަށެވެ.

އެހެންވެ، ބުޑިސްޓް ފާދިރީންނާއި ބައެއް ސިޔާސީ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު، އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް މަހިންދަ ރާޖަޕަކްސަ ވިދާޅުވި ކަމަށް އޭނާ ނޫސްތަކަށް މައުލޫމާތު ދެއްވި އެވެ.

މީގެ ކުރިން ވެސް މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން އުޅުއްވާ ކަމަށް ހަބަރު ފެތުރުމުން، ބޮޑު ވަޒީރުގެ އޮފީހުން އެކަން ދޮގުކުރި އެވެ.

މަހިންދަ ރާޖަޕަކްސަ ވިދާޅުވެފައި ވަނީ އިންތިގާލީ ސަރުކާރެއް ހެދުމަށް ކަމަށް ބުނެ އިސްތިއުފާ ދޭން އެދުން ބަލައިނުގަނެވޭނެ ކަމަށެވެ.

ސްރީ ލަންކާގެ އިގްތިސާދީ ކާރިސާއާ ގުޅިގެން މުޒާހަރާ ކުރާ އާންމުން ޑިމާންޑް ކުރަނީ ބޮޑު ވަޒީރާއި ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށެވެ.

އިންތިގާލީ ސަރުކާރެއް ގާއިމު ކުރުމަށް ރައީސް އާއި ބޮޑު ވަޒީރު ހިމެނޭ ގޮތަށް މުޅި ކެބިނެޓް އިސްތިއުފާ ދިނުމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ޕްރެޝަރު ކުރަމުންނެވެ.

ނަމަވެސް މަހިންދަ ރާޖަޕަކްސަ ވިދާޅުވީ އެގޮތަށް އެދުން ބަލައިނުގަނެވޭނެ ކަމަށާއި އެމަނިކުފާނު ހުންނެވީ އިންތިގާލީ ސަރުކާރެއް އިސްވެ ހިންގަވަން ތައްޔާރަށް ކަމަށެވެ.

ކޮލޮމްބޯގައި ހުންނަ ރައީސް އޮފީހުގެ ކުރިމަތީގައި ޓެންޓު ޖަހައިގެން މުޒާހަރާ ކުރަމުންދާ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން މީގެ ކުރިން ބުނީ ބައްދަލުކުރަން ބޭނުން ނޫން ކަމަށާއި އެ މީހުންގެ ޑިމާންޑަކީ ރައީސް އާއި ބޮޑު ވަޒީރުގެ އިސްތިއުފާ ކަމަށެވެ.

އެކަމަކު އެ ދެ ބޭފުޅުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް، އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox