ރިޕޯޓުވާގޮތް: ފުޅިއެއްގައި، ފެންދޭން ނުޖެހޭ ބަގީޗާއެއް ހެއްދުން!

ވާގޮތް: ފުޅިއެއްގައި، ފެންދޭން ނުޖެހޭ ބަގީޗާއެއް ހެއްދުން!

ވާގޮތް: ފުޅިއެއްގައި، ފެންދޭން ނުޖެހޭ ބަގީޗާއެއް ހެއްދުން!

އިނގިރޭސިވިލާތުގެ ސުރޭގައި ދިރިއުޅުުނު އިންޖިނޭރެއްކަމަށްވާ ޑޭވިޑް ލެޓިމާ 1960 ވަނަ އަހަރު ފުޅިއެއްގައި ހައްދަން ފެށިި ބަގީޗާއަށް މިހައިތަނަށް ފެންދިނީ އެންމެ ދެފަހަރު އެވެ. އެއީ އެ ބަގީޗާގެ ގަސްތައް ފުރަތަމަ އިންދި އިރާއި އޭގެ ގާތްގަނޑަކަށް 53 އަހަރު ފަހުންނެވެ.

ބަންދުކޮށްފައިވާ މާހައުލެއްގައި ގަސްތަކަށް ބޭނުންވާ މުޅި އެކޯ ސިސްޓަމް އަމިއްލައަށް ހިނގާ ގޮތަށް ތައްޔާރުކުރާ މިބާވަތުގެ ބަގީޗާއަށް ކިޔަނީ "ޓެރޭރިއަމް އެވެ. އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އަށް އޭނާ 2013 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާ ކުރިކަމަކީ 38 ލީޓަރުގެ ބިއްލޫރި ފުޅިއަކަށް ކުޑަ ގަސްކާނާކޮޅެއް އަޅައި ސްޕައިޑާވޯޓް ނަމަކަށް ކިޔާ ގަހެއްގެ އޮށްކޮޅެއް އިންދުމެވެ. ދެން އެއަށް ފަހު ފުޅިއަށް "ކޯކް"އެެއް (ލަކުޑި އުނގުރިއެއް) ޖަހާފައި ގޭގެ ސިޑިދަށުގައި ބެހެއްޓީ އެވެ. ފުޅި ބެހެއްޓި ތަނަކީ ރަނގަޅަށް އަވިލިބޭ ތަނެކެވެ.

އޭގެ ފަހަށް އައި 63 އަހަރުގެ ތެރޭގައި ލެޓިމާގެ ބަގީޗާ ހައްދައި ދަމަހައްޓަން މާބޮޑުކަމެއް ކުރާކަށް ނުޖެހެ އެވެ. އޭނާގެ ބިއްލޫރިފުޅި ވީ އަމިއްލައަށް ދަމަހައްޓާ އިކޯ ސިސްޓަމަކަށެވެ. ލެޓިމާ 1960 ފުޅީގައި ގަސް އިންދައި މަތިޖެހިފަހުން އޭގެ މަތި އެންމެ ފުރަތަމަ ވެސް ނެގީ 1972 ވަނަ އަަހަރު އެވެ. ފުޅިއަށް އިރުގެ އަގި ލިބޭހާ ހިނދަކު އޭގެ އެތެރޭގައިވާ އިކޯސިސްޓަމް ދަމަހައްޓަނީ އެ އެކޯސިސްޓަމުން އަމިއްލައަށެވެ.

ލެޓިމާ ހެއްދި ކަހަލަ ޓެރޭރިއަމްއެއް މަސައްކަތްކުރަނީ ހަގީގަތުގައި ދުނިޔޭގައިވާ ގުދުރަތީ ނިޒާމު މަސައްކަތްކުރާ ގޮތުގެ ނަކަލެއް އޭގެ ތެރޭގައި ހިނގާތީ އެވެ. ފެނުގެ ނިޒާމާއި އޮކްސިޖަން އާއި ނިއުޓްރިއެންޓްގެ ނިޒާމުވެސް ފުޅީގެ ތެރޭގައި އޮންނަނީ ވަކިންނެވެ.

ފުޅީގެ ތެރޭގައި ދެމެހެއްޓެނިވި ގޮތުގައި ފެނުގެ ނިޒާމު ހިނގަނީ ފެނުގެ އެއް މޮލެކިއުލްތަކެއް ފުޅީގެ ތެރޭގައި އެކި ގޮތް ގޮތަށް ދައުރުވާތީ އެވެ. ގަސްތަކުގެ މުލުން އެ ފެން ގަހަށް ދަމާފައި ފަތްތަކުން އަނެއްކާ ފުޅީގެ ތެރެއަށް ދޫކުރެ އެވެ. ފުޅީގެ ތެރެއިން ބޭރު ނުވެވޭތީ ކޮންޑެންސް ވެގެން އަނެއްކާވެސް ފެން ލިބެނީ ގަހަށެވެ.

ފުޅީގެ ތެރޭގައި ގަސްތައް ހެދެން ބޭނުންވާ އެހެން ކަންތައްތައް ވެސް އިކޯސިސްޓަމްގައި މިހިނގާ ހެން ފުޅީގެ ތެރޭގައި ވަކިން ހިނގަ އެވެ. ގަސްތަކުން މަރުވާ ބައިތައް ގަސްކާނާގައި އެކުލެވިފައިވާ އެރޯބިކް ބެކްޓީރިއާތައް ކައި ގަސް ހެދެން ބޭނުންވާނެ "ފާޓައިލް ސޮއިލް" އުފައްދަ އެވެ. ބެކްޓީރިއާތައް ކުރާ އަނެއް ކަމަކީ ގަސްތަކުން ދޫކުރާ އޮކްސިޖަން ބޭނުންކޮށް، ގަހަށް ބޭނުންވާ ކާބަންޑައިއޮކްސައިޑް އުފެއްދުމެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox