މިދިޔަ އަހަރު އޭސީސީން ނިންމީ 588 މައްސަލަ، ދައުވާކުރަން ފޮނުވީ އެންމެ 22 މައްސަލަ

އޭސީސީގައި ކުރިން ތިއްބެވި މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ތެރެއިން. އެކަށީގެންވާ މިންވަރަށް ނަތީޖާ ނުނެރެވޭތީ އެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި. ކޮމިޝަން އެއް އިރެއްގައި ގާނޫނީ ހުސްކަމެއްގައި ވެސް އޮތް --- ފޮޓޯ: އަދަދު ފައިލް

އޭސީސީގައި ކުރިން ތިއްބެވި މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ތެރެއިން. އެކަށީގެންވާ މިންވަރަށް ނަތީޖާ ނުނެރެވޭތީ އެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި. ކޮމިޝަން އެއް އިރެއްގައި ގާނޫނީ ހުސްކަމެއްގައި ވެސް އޮތް --- ފޮޓޯ: އަދަދު ފައިލް

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 588 މައްސަލައެއް ނިންމިއިރު އޭގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ އެންމެ 22 މައްސަލައިގައި ދައުވާ ކޮށްދިނުމަށް ކަމަށް އޭސީސީން އާންމުކުރި 2021 ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޭގެއިން ދައްކާގޮތުން މިދިޔަ އަހަރު 758 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އޭސީސީން އިސްނަގައިގެން ބަލަން ކަނޑައެޅީ 24 މައްސަލަ އެވެ. އޭގެ ތެރެއިން ތަހުގީގުކުރަން ކޮމިޝަނުން ނިންމީ 269 މައްސަލައެކެވެ.

ނިމގެންދިޔަ 2021 ވަނަ އަހަރު ފެށުނުއިރު އޭގެ ކުރީ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 972 މައްސަލައެއް އޮތީ ތަހުގީގު މަރުހަލާގަ އެވެ. އަދި، މުޅި އަހަރު ތެރޭ އޭސީސީން ތަހުގީގުކުރީ އެންމެ 100 މައްސަލަ އެވެ. ކުރީ އަހަރުތަައް ހިމެނޭހެން މިދިޔަ 2021 ނިމުނުއިރު 1080 މައްސަލައެއް އޮތީ ތަހުގީގު މަރުހަލާގަ އެވެ.

ޕީޖީ އޮފީހަށް 22 މައްސަލައެއް ފޮނުވި ނަމަވެސް، އެ އޮފީހުން ވަނީ އޭގެ ތެރެއިން 13 މައްސަލައެއް އަނބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ. އެގޮތުން، 62 ދައުވާއެއް އުފުލައި ދިނުމަށް އެދުނުއިރު އެ ދައުވާތައް ރައްދުވަނީ 60 މީހަކަށެވެ. އަދި، ޕީޖީން ޝަރީއަތަށް ހުށަހެޅީ އެންމެ ތިން މައްސަލައެކެވެ.

ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރެއިން 16 މައްސަލައެއްގައި 85،069،026.77ރ. ހިމެނޭ ކަމަށް އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން އެނގެ އެވެ.

އޭސީސީ ވަނީ ތަހުގީގުކޮށް ނިމުނު މައްސަލަތަކުގެ ތެރެއިން 284 އެންގުމެއް އެކި އިދާރާތަކަށް އަންގާފަ އެވެ.

އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން، ޕްރޮކިއުމެންޓާ ގުޅޭ 244 މައްސަލައެއް މިދިޔަ އަހަރު ވަނީ ހުށަހަޅާފަ އެވެ. ވަޒީފާ އާ ގުޅުންހުރި 157 މައްސަލައަކާއި ގޯތިގެދޮރާ ގުޅުންހުރި 64 މައްސަލައެއް ވެސް ހުށަހެޅި އެވެ.

މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ރަށު ކައުންސިލްތަކާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެވެ. އެފަދަ ކައުންސިލްތަކާއި ގުޅޭ 226 މައްސަލައެއް ހުށަހެޅިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅޭ 146 މައްސަލައެއް ވެސް ހުށަހެޅި އެވެ. ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން 68 މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީއަށް ރައްދުވެ އެވެ.

މިދިޔަ އަހަރު އޭސީސީއަށް ޝަކުވާ ހުށަހެޅި މިންވަރު 2020 ވަނަ އަހަރާ އަޅާބަލާއިރު ވަނީ 30 ޕަސެންޓު ވަނީ ދަށްވެފަ އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ އޭސީސީގައި އޭރު ތިއްބެވި ހުރިހާ މެމްބަރުން އިސްތިއުފާ ވެސް ދެއްވި އެވެ. އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮތުމަށްފަހު އަލުން އެކުލަވާލީ މާޗް 17، ގަ އެވެ.

އޭސީސީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އަލަށް އައްޔަނުކުރި މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން، އާރުލާ ތަހުގީގު، އިދާރީ ފަހިކަން، ބާރުވެރި މުވައްޒަފުން، ޒަމާނީ ސުމޭކުކަން، ވަށައިޖެހޭ ވިޔަނުދިނުން އަދި މަސްލަހަތުވެރިންގެ އިތުބާރު ހިފެހެއްޓުމަށް އަމާޒުކޮށް ހާއްސަ ޕްލޭނެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox