ހުލާސާކޮށް އިއްޔެ: މޭރީގެ މަރާލިކަމަށް ލަމްހާ އިންކާރުކުރުން

ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ގަތުލުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަލީމަތު ލަމްހާ. އޭނާ ވަނީ ޝާރީއަތް ނިމެންދެން ބަންދުކޮށްފައި

ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ ގަތުލުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަލީމަތު ލަމްހާ. އޭނާ ވަނީ ޝާރީއަތް ނިމެންދެން ބަންދުކޮށްފައި

އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސް ޕިނޭޑް މަރާލިކަމުގެ ދައުވާ އުފުލާފައިވާ ދެ މީހުންގެ ތެރެއިން އޭނާގެ ފިރިމީހާ މާވިން އެސްވައިގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުލްރަހްމާން ދައުވާތަކަށް އިންކާރު ކުރީ އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގަ އެވެ.

ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެ އެވެ. އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެންމެ ފުރަތަމަ ދައުވާ އިއްވުން މަޑުޖެހިގެން ދިޔައީ ވެސް ދަރިފުޅުގެ ރިޕޯޓް ނުލިބޭތީ ދިފާއުން އިއުތިރާޒް ކުރާތީ އެވެ. އެ ކަމުގައި ދައުލަތާއި ދިފާއުން ފާހަގަ ކުރާ ކަންކަމާ މެދު ގާޒީ ގޮތެއް ނިންމެވުމަށް ފަހު ދައުލަތަށް ދައުވާ އިއްވަން ފުރުސަތު ދެއްވި އެވެ.

ދައުލަތުން ދައުވާ އިއްވި ނަމަވެސް، ދައުވާ ސާފުކޮށްދޭން ދެ ގަޑިއިރެއްހާ ވަގުތު ހޭދަވި އެވެ. ލަމްހާގެ ދެ ގާނޫނީ ވަކީލުން ކަމުގައިވާ އަހްމަދު ޔާމީންއާއި އަބްދުﷲ ޝާއިރު ވެސް ވިދާޅުވަމުން ދިޔައީ މަރާލުމުގައި ބައިވެރިވި ކަމަށް ބުރަދަން ދެވޭ ވަރުގެ ކަމެއް އަދި ހެއްކެއް ދައުލަތަށް ކިޔައިނުދެވޭ ކަމުގަ އެވެ.

އެހެން ނަމަވެސް މާވިންއާއި ލަމްހާއާ ދެމެދު ކޮށްފައިވާ މެސެޖްތަކާއި، މޭރީ މަރަލާން ޖެހޭ ކަމަށް ބުނެ ލަމްހާ ދައްކާފައި ހުރި ވާހަކަތަކާއި، ހާދިސާ ހިނގި ދުވަހު މާވިންއާއި މޭރީ ދިރިއުޅޭ ގެއަށް ލަމްހާ ވަން ކަން ބުނެދިނުމުން ގާޒީ އިއްޔެ ނިންމެވީ ދައުވާ ސާފުކޮށްދޭން ދައުލަތަށް އެކަށޭނަ މަސައްކަތް ކުރެވިފައިވާ ކަމެވެ.

ދައުވާއަށް ޖަވާބުދާރީވާން އެންގުމުން ލަމްހާ ވަނީ އެ ދައުވާއަށް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އިންކާރު ކޮށްފަ އެވެ.

ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ހެނދުނު 9:30 ގައި ކަން ގާޒީ ވިދާޅުވި އެވެ. ދެން ކުރާ ދެ ދައުވާ އިއްވުމާއި ޖަވާބުދާރީވުން އެ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހެކި ނަގަންވާއިރަށް ނުލިބިއްޖެނަމަ މޭރީގެ ދަރިފުޅުގެ ރިޕޯޓް ބަލައިނުގަންނާނެ

މޭރީ މަރާލި މަންޒަރު ފެނުނު ކަމަށް ބެލެވޭ ހަމައެކަނި ފަރާތް، މޭރީގެ ޅަ ދަރިފުޅު އޮލިވާ ގްރޭސްގެ ސައިކޮލޮޖިކަލް ރިޕޯޓް އިބްތިދާއީ މަރުހަލާގެ ތެރޭގައި ނުލިބިއްޖެނަމަ އެ ހެކި ދެން ބަލައިނުގަންނާނެ ކަމަށް ޝަރީއަތުން ވަނީ އިއްޔެ އަންގާފަ އެވެ.

އެ ކުޑަ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރު ކުރަނީ ފިލިޕީންސުންނެވެ. އެހެންވެ، ދައުލަތާއި ދިފާއަށް ވެސް މުހިންވާ އެ ހެކި ހުށަހެޅޭނެ ދުވަހެއް ނޭނގެ އެވެ. އެ ރިޕޯޓް ނުފެނި ދައުވާއަށް ޖަވާބުދާރީވާން ދަތި ކަމަށް ލަމްހާގެ ފަރާތުން ވަނީ ބުނެފަ އެވެ.

އިއްޔެގެ އަޑުއެހުމުގައި ދިފާއުން ވަނީ އެ ލިޔެކިއުމާ އެކު ޖަވާބުދާރީވާ ގޮތަށް ފުރުސަތު ދޭން އެދިފަ އެވެ. ނޫނީ އެ ހެކި ދައުލަތުން ދޫކޮށްލަން ޖެހޭނެ ގޮތަކަށް ހަމަޖެއްސުމަށް އެދިފަ އެވެ. އެ ކުއްޖާ ރާއްޖޭގައި ހުރިއިރު، އެ ވަރުގެ މުހިންމު ރިޕޯޓެއް ތައްޔާރު ނުކުރުމަކީ ދައުލަތުގެ އިހުމާލެއް ކަމަށް ދިފާއުން އިއްޔެ ބުންޏެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްޔެ ވިދާޅުވީ ދައުލަތުން ހުށަހަޅަން ބޭނުންވާ އެ ހެކި އިބްތިދާއީ މަަރުހަލާ ނިމުމުގެ ކުރިއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޝަރީއަތުގެ މަރުހަލާ ފަށައި، ހެކިބަސް ނަގަން ފަށާ ފަހުން އެ ހެކި ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ދެވަނަ ބޯޓު އަންނަ މެއި މަހުގެ މެދުތެރޭ ރާއްޖެ އަންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އިއްޔެ އެވެ.
  • ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބަންދު ކުރަން ހައި ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ތ. ދިޔަމިގިލީ މިސްކިތުގައި ވަގުތީ މުދިމެއްގެ ވަޒީފާގައި ހުރި އަހުމަަދު މުހައްމަދު ރަޝީދަށް ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގެ ތަހުގީގު ނިންމައި، ތުހުމަތު ކުރާ ފަރާތަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "އަދަދު" އަށް އިއްޔެ ވިދާޅުވީ:

"އެހެންވީމާ [ކާމިޔާބެއް] ނުވޭތޯ؟ އިތުރަަކަށް މީހުންނެއް އިތުރެއް ނުވޭ. ފަންސަވީސްހާސް މަދުކުރެވިއްޖެ. ނުވަހާސް ކޮންމެސް ވަރެއް ރެގިއުލަރައިޒްކުރެވިއްޖެ. ކޮވިޑްގެ ދެ އަހަރުވެސް އައިސްފައި އެ ދިޔައީ،"

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް އީގަލްސް ބައްދަލުކުރި މެޗުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ހަމަލާއެއް ފޮނުވާލަނީ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީގަލްސް އޮތީ ޕޮއިންޓު ތާވަލުގެ ދެވަނައިގައި. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް އީގަލްސް ބައްދަލުކުރި މެޗުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ހަމަލާއެއް ފޮނުވާލަނީ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީގަލްސް އޮތީ ޕޮއިންޓު ތާވަލުގެ ދެވަނައިގައި. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބް އީގަލްސް ބައްދަލުކުރި މެޗުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ހަމަލާއެއް ފޮނުވާލަނީ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އީގަލްސް އޮތީ ޕޮއިންޓު ތާވަލުގެ ދެވަނައިގައި. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox