ލަންކާގައި މުޒާހަރާ ކުރާ ދަރިވަރުން ބޮޑު ވަޒީރުގެ ގެކޮޅަށް ވަންނަން އުޅެފި

ލަންކާ ފުލުހުން ޖަހާފައިވާ ބެރިކޭޑެއް ވައްޓާލުމަށް ފަހު ކުރިއަށް ދާން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލަންކާ ފުލުހުން ޖަހާފައިވާ ބެރިކޭޑެއް ވައްޓާލުމަށް ފަހު ކުރިއަށް ދާން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ އިގްތިސާދީ ކާރިސާ ގޯސްވަމުން ދާތީ މުޒާހަރާ ކުރަމުންދާ ޔުނިވާސިޓީ ދަރިވަރުން އާދީއްތަ ދުވަހު ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ޑިމާންޑުކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެއްޖެ އެވެ.

ރެކޯޑް މިންވަރަށް އިންފްލޭޝަން މަތިވެ، ތެލާއި ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ކުރިމަތިވެ، ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑަމުން ދާތީ ރުޅިގަދަވެފައި ތިބި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާތާ ހަފްތާތަކެއް ވެއްޖެ އެވެ.

މިއީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާ އެވެ.

ބޮޑު ވަޒީރުގެ ގެކޮޅު ކައިރިއަށް އާދީއްތަ ދުވަހު އެއްވި ދަރިވަރުން ވަނީ ފުލުހުންގެ ބެރިކޭޑްތައް މަތިން އަރައިގެން، ގޭގެ ގޯތި ތެރެއަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ފުލުހުން ވަނީ މުޒާހަރާ ފެތުރުން ހުއްޓުވުމުގެ ގޮތުން ގިނަ މަގުތަކެއް ވެސް ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ޖަމާވި ވަގުތު މަހިންދަ ރާޖަޕަކްސަ ގެކޮޅުގައި ނޫޅުއްވާ ކަމަށާއި މާ ގިނައިރުތަކެއް ނުވެ މުޒާހަރާގެ ބައިވެރިން ވެސް ސުލްހަވެރިކަމާ އެކު ދުރަށް ޖެހުނު ކަމަށެވެ.

ބޮޑު ވަޒީރުގެ އިތުރުން، އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ވެސް އާންމުން ދަނީ ޑިމާންޑް ކުރަމުންނެވެ. ރައީސް އޮފީސް ބޭރުގައި އެތައް ހާސް ބަޔަކު ޓެންޓު ޖަހައިގެން ތިބޭތާ މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox