ބައިނަލްއަގްވާމީ ޑީލްތައް ހޯދަން ޗައިނާއިން ރިޝްވަތު ދޭ ކަމުގެ ތުހުމަތު

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ޕީޓާ ޑަޓަން. -- ފޮޓޯ: ރޮއިޓާޒް

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ޕީޓާ ޑަޓަން. -- ފޮޓޯ: ރޮއިޓާޒް

ބައިނަލްއަގްވާމީ ޑީލްތައް ހޯދަން ޗައިނާއިން ރިޝްވަތު ދޭ ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ޕީޓާ ޑަޓަން ތުހުމަތު ކުރައްވައިފި އެވެ.

ޗައިނާއިން ދާދި ފަހުން ވަނީ ޕެސިފިކް ކަނޑުގައި އޮންނަ ސޮލޮމޮން އައިލެންޑްސްއާ އެކު ޑިފެންސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސޮލޮމޮން އައިލެންޑްސްއަކީ ޒަމާނުއްސުރެ އެމެރިކާ އާއި އޮސްޓްރޭލިއާއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެހެންވެ، ޗައިނާއާ އެކު އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުން އެ ދެ ގައުމަށް ހައިރާންކަން ލިބުނެވެ.

Advertisement

އޮސްޓްރޭލިއާއާ އެންމެ 2000 ކިލޯމީޓަރު ދުރުގައި އޮންނަ ސޮލޮމޮން އައިލެންޑްސްއާ އެކު ޗައިނާއިން އެފަދަ އެއްބަސްވުމަކަށް ދިޔުމުން، ޕެސިފިކް ކަނޑުގައި ޗައިނާގެ އަސްކަރީ ނުފޫޒު ފެތުރުމުގެ ބިރު އެބަ އޮތެވެ.

"ޗައިނާއިން އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލުތަކަކަށް ނުބަލާ. އެފްރިކާގައި ކަން ހިނގި ގޮތަށް ބަލައިފި ނަމަ، ފެންނާނެ ކޮރަޕްޝަން އޮތް މިންވަރު،" ޑަޓަން ސްކައި ނިއުސްއަށް ވިދާޅުވި އެވެ.

"އެކަހަލަ އުސޫލުތައް ގެންގުޅޭ ބަޔަކާ އަޅުގަނޑުމެންނަށް ދުވަހަކު ވެސް ވާދައެއް ނުކުރެވޭނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތްތަކެއް ހުރޭ އަދި އަޅުގަނޑުމެން އަމަލު ކުރާ ގާނޫނުތަކެއް ހުރޭ."

އެހެން ނަމަވެސް ސޮލޮމޮން އައިލެންޑްސްއާ އެކު ސޮއިކުރި އެއްބަސްވުމެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް އޭނާ ސީދާ ވިދާޅެއް ނުވެ އެވެ.

"މިއަދުގެ ހަގީގަތަކީ ޗައިނާ ބަދަލުވެއްޖެކަން. ބޭރުގެ ކަންކަމަށް ނުފޫޒު ފޯރުވަން ޖެހިލުމެއް ނުވާނެ. އެހެން ގައުމުތައް ފަހަތަށް ޖައްސައި ޑީލްތައް ހޯދަން ރިޝްވަތު ވެސް ދޭނެ. މިއަދުގެ ޗައިނާގެ ހަގީގަތަކީ އެއީ."

ސޮލޮމޮން އައިލެންޑްސް އާއި ޗައިނާ ސޮއިކުރި އެއްވަސްވުމުގެ ޑްރާފްޓެއް މިދިޔަ މަހު ލީކުވި އިރު، އޭގައިވާ ގޮތުން ޗައިނާ ކަނޑުގެ ސިފައިންނަށް ސޮލޮމޮން އައިލެންޑްސްގައި ތިބެވޭނެ އެވެ.

އެހެންވެ، އެމެރިކާގެ ވަފުދެއް މިދިޔަ ހުކުރު ދުވަހު ސޮލޮމޮން އައިލެންޑްސްގެ ވެރިރަށް ހޮނިއަރާއަށް ދަތުރުކޮށް، ޗައިނާގެ ދާއިމީ އަސްކަރީ ނުފޫޒު އެ ތަނުގައި ބޭއްވުމާ ދެކޮޅަށް އިންޒާރު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox