ވާގޮތް: ކިތަންމެ ބައި ބޯވިޔަސް ހާސްވާކަށް ނުޖެހޭނެ!

ވާގޮތް: ކިތަންމެ ބައި ބޯވިޔަސް ހާސްވާކަށް ނުޖެހޭނެ!

ދުނިޔޭގައި މިހާރު ތިބި މީހުންގެ އަދަދު ހަތް ބިލިއަނަށް ވުރެ މައްޗެވެ. މިއީ 1970 ގެ އަހަރުތަކުގައި އޮތް އާބާދީއާ ބަލާ އިރު މިއީ ތިން ބިލިޔަނުގެ އިތުރުވުމެކެވެ. މީގެ މާނައަކީ ބައިގަރުނެއްްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް ތިން ބިިލިޔަން މީހުން އިތުރުވުމެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޮޑު އަދަދަކުން އާބާދީ އިތުރުވެފައިވާއިރު، ބައެއް މީހުންގެ ހިތުގައި އުފެދިދާނެ ސުވާލުތަކެއް އެބަހުއްޓެވެ.

"ދުނިޔެއަކީ ބިމުގެ ގޮތުންނާއި ގުދުރަތީ ވަސީލަތްތަކުގެ ގޮތުން ވެސް ވަކި ހައްދެއް އޮތް ތަނެއްކަމަށް ވާއިރު އާބާދީ އިތުރުވަމުން އިތުރުވަމުން ގޮސް، ވަކި ހިސާބަކުން ދުނިޔެއަށް ނުތަކާވަރަށް އާބާދީ އިތުރުވެދާނެބާއެވެ؟ އެ ދުވަސް އައިސްފިނަމަ، ދެން އިންސާނުންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟" މިއީ އެފަދަ ބައެއް ސުވާލެވެ.

އދ. އިން ދެކޭ ގޮތުގައި އިންސާނުންގެ އާބާދީ ގެ ކުންނަކީ 10 ބިލިއަނެވެ. މިގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ އާބާދީ 9.7 ބިލިއަނަށް އަރާނެކަމަށް އެ ޖަމާއަތުން ލަފާކުރެ އެވެ. އެހެންވީމާ އެއީ އާބާދީގެ ކުންނާ ދާދި ކައިރި އެވެ.

Advertisement

ދިރާސާކުރާ އެހެން ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އާބާދީގެ ކުންނަނީ 9.7 ބިލިޔަނެވެ. ދެ އަދަދެއް އުޅުނުނަމަވެސް، އެނގޭ ކަމަކީ މި އަދަދުތަކާއި ހަމަޔަށް 2060 ވަނަ އަހަރާއި 2100 ވަނަ އަހަރު ތެރޭ ދުނިޔޭގެ އާބާދީ ފޯރާނެ ކަމެވެ.

އިންސާނުން ދިރިއުޅެން ބޭނުންވާ ބޯފެނާއި ކާބޯތަކެއްޗާއި ބިމާއި ފިއުލް އަދި ގުދުރަތީ އެހެން ވަސީލަތްތައް ވެސް ދުނިޔޭގައި ހުރީ ވަކިވަރަކަށެވެ. އެކަމަކު ވަކި ކަނޑައެޅިގެން އެނގޭ ވަކި އަދަދެއް ނެތީ އިންސާނުންގެ އެވެ. ކުރިން މިބުނި ވަސީލަތްތަކާ ނުބައްދަލު އަދަދަކަށް އިންސާނުންގެ އާބާދީ އިތުރުވެއްޖެ ނަމަ އެކަން ވާނީ ބޮޑު ކާރިސާއަކަށެވެ.

ވަސީލަތްތައް ހުރީ ކިހާވަރަކަށް؟

އިންސާނުންނާއި އެހެން ދިރުންތަކުގެ ވެސް އެންމެ އަސާސީ ވަސީލަތަކީ ފެނެވެ. ކަން މިހެން ހުރި އިރު ބޯފެނަކީ ދުނިޔޭގައިވާ ވަސީލަތްތަކުގެ ތެރެއިން އެންމެ މަދުކަމަށް ފެންނަ އެއް ވަސީލަތެެވެ. ދުނިޔޭގެ 70 ޕަސެންޓް ފެނުން ފުރާލާފައިވާއިރު، ސާފު ބޯފެނަކީ އޭގެ އެންމެ 2.5 ޕަސަންޓެވެ. އެ 2.5 ޕަސެންޓްގެ ތެރެއިން ވެސް އިންސާނުންނަށް ލިބެން ހުރީ އެންމެ ޕަސަންޓެކެވެ. ދުނިޔޭގެ އެތައް ގައުމެއްގައި އެތައް ބަޔަކު މިހާރު ވެސް ފެނަށް ޖެހިފައިވެ އެވެ. އެހެންވީމާ 10 ބިލިއަނެއްހާ މީހުންގެ އާބާދީއަކަށް ، ދުނިޔޭގައި މިހާރު ހުރި ފެނުން ފުދޭނެތޯ ބައެއް މީހުން ސުވާލު އުފައްދައިފާނެ އެވެ.

އެ ސުވާލުގެ ޖަވާބަކީ މިއެވެ. އިންސާނީ އާބާދީ އޭގެ ކުންނަށް އެރިޔަސް ބިމުގައި މިހާރު ހުރި ބޯފެނުް ފުދޭނެ ކަމެވެ. މިހާރުވެސް ބައެއް މީހުން ފެނަށް ޖެހިގެން އުޅެނީ ދުނިޔޭގެ އާބާދީއާ އަޅައި ބަލާއިރު ފެން މަދުކަމުންނެއް ނޫނެވެ. އިސްރާފު ކުރުމާއި ފެނުގެ ގުދުރަތީ ސަޕްލައި ބައެއް ގައުމުތަކަށް ދަށްވުމާއި، ފެނުގެ ހަމަހަމަކަން ދުނިޔޭގައި ނެތުން ފަދަ ސަބަބުތަކާ ހުރެ އެވެ. އިންސާނުންނަށް ވާ ވަރަށް ފެން ދުނިޔޭގަިއ ހުރިއިރު، ގުދުރަތީ ގޮތުން ރިސައިކަލް ކުރެވޭ ސާފު ބޯފެން ހުސްވެދާނެ ކަމުގެ ބިރެއް ނެތް ކަމަށް ސައިންސްވެރިން ދެކެ އެވެ.

ދެން އޮތީ ޖާގައިގެ މައްސަލަ އެވެ. ދުނިޔޭގެ ސަތަހައިގެ ޖުމްލަ އޭރިއާ އަކީ 510 މިލިއަން ކިލޯމީޓަރެވެ. އޭގެ ގާތްގަނޑަކަށް 33 ޕަސަންޓަކީ ހަނަފަސް ސަހަރާ އެވެ. އަދި 24 ޕަސަންޓަކީ ފަރުބަދަތަކާއި ގަނޑުފެނެވެ.

އިންސާނުންނަށް ދިރިއުޅެވިދާނެ ނުވަތަ "ހެބިޓެބަލް" ބިމުގެ ޖާގައިގެ ޖުމްލައަކީ 15 ބިލިއަން އޭކަރެވެ. ކޮންމެ އޭކަރަކީ ގާތްގަނޑަކަށް 4،000 މީޓަރެވެ. އެހެންވީމާ 10 ބިލިއަން މީހުންނަށް ހަމައަށް ބަހާ ނަމަ މީހަކަށް 1.5 އޭކަރުގެ ސަރަހައްދެއް ކޮންމެ މީހަކަށް ޖެހެ އެވެ.

އާންމު ތަންތަނާއި މަގުތައް ހިމެނިޔަސް 10 ބިލިޔަން މީހުންގެ އާބާދީއަކަށް ބިމުގެ ދަތިކަން ކުރިމަތިނުވާނެ ކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސްއިން ކުރި ސާވޭއަކުން ދައްކަ އެވެ.

ކާބޯތަކެއްޗަށް ބަލާއިރު، މިހާރު ވެސް އިންސާނުންގެ އިސްރާފު ވަރަށް ބޮޑެެވެ. އދ. ގެ ކާބޯތަކެއްޗާ ބެހޭ އެޖެންސީ، ވޯލްޑް ފުޑް ޕްރޮގްރާމްގެ ސާވޭތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީއަށް ފުދޭވަރަށް ވުރެ 1.5 ގުނަ އިތުރަށް މިހާރު ވެސް ކާބޯތަކެތި އުފައްދަ އެވެ. ފެނުގެ ދަތިކަމެކޭ އެއްފަދައިން ކާބޯތަކެތީގެ ދަތިކަން ވެސް ބައެއް ގައުމުތަކަށް ދިމާވެފައި އޮތީ މުޅިން އެހެން ސަބަބުތަކާހުރެ އެވެ. އާބާދީ ކުންނަށް އަރައި 10 ބިލިޔަން ހަމަވިޔަސް ކާބޯތަކެއްޗަށް ހަގީގަތުގައި ނުޖެހޭނެ އެވެ.

މައުދަންތަކާއި ފޮސިލް ފިއުލްފަދަ ތަކެއްޗަކީ ވިޔަފާރިއާ އެއާ ގުޅިފައިވާ ކަމެއް ކަމުން އެއީ އޭގެ އަމިއްލަ ޒާތުގައި ކުރިއަރާނެ ދާއިރާ އެކެވެ. އާ އަދި މާ ވަރުގަދަ ބޭނުންތެރި މައުދަންތައް ހޯދުމަކީ ކުރަން ޖެހޭ ކަމަކަށް ވާއިރު، އެކަންކަން ވިޔަފާރީގެ ފައިދާއަށް ޓަކައި ލަހެއް ފަހެއް ނެތި ކުރިޔަށް ދާނެ އެވެ. އަދި ސޯލާ، ހައިޑްރޯ ފަދަ އުކުޅުތަކާއެކު ވެސް އެނާޖީ އިންޑަސްޓްރީއަށް އާބާދީ އިތުރުވުމުގެ ނުރައްކަލެއް ނެތެވެ.

އާބާދީ ބޮޑުވުން ވާނީ ރަނގަޅަކަށް؟

އެކަށީގެންވާ ވަރަށް ވުރެ އިތުރުވެއްޖެ ނަމަ ގުދުރަތީ ވަސީލަތްތަކަށް ބާރުބޮޑުވުމުގެ ކަންބޮޑުވުން އޮންނަ އިރު، އާބާދީ މަދުވުމަކީ ވެސް އެތައް މައްސަލަތަކެއް ނިކުމެދާނެ ކަންކަމެވެ.

މިހާރު ވެސް އާބާދީ މަދުވުމުގވެ ބައެއް ނުބައި އަސަރުތައް އެބަ ފެނެ އެވެ. އާއިލާ ރޭވުމާއި، ދަރިމައިވާ ރޭޓް ދަށްވުމުގެ ސަބަބުން ބައެއް މުއްސަނދި ގައުމުތަކުގެ އާބާދީ މިހާރު ވެސް އަންނަނީ މުސްކުޅިވަމުންނެވެ. ޖަޕާނަކީ އެފަދަ އެއް ގައުމެވެ. ޖަޕާނުގެ އާބާދީއަށް ވާނެ ގޮތާއި ދޭތެރޭ ތަޖުރިބާކާރުންގެ އެތައް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ބައެއް ގައުމުތަކުގައި އަބާދީ ވަނީ މިދިޔަ 12 އަހަރު ތެރޭ ދަށަށް ވެސް ގޮސްފަ އެވެެ.

މިކަމުގެ އިގްތިސާދީ އަސަރުތަކުން އެކަނިވެސް ކަންބޮޑުވާ ވަރުގެ މައްސަލަތަކެއް ނުކުންނާނެ އެވެ. އާބާދީ މަދުވިވަރަކަށް އެއްޗިހި އުފެއްދުމާއި ބޭނުންކުރާ މިންވަރު ވެސް ދަށްވާނެ އެވެ. އެއާއެކު އިގްތިސޯދު ރިސެޝަންއަކަށް ވެސް ހިނގައިދާނެ އެވެ. އަދި އިންވެސްޓްމެންޓާއި ވިޔަފާރިތަށް ވެސް އަޑިއަޅައިލުން ގާތެވެ. ނަތީޖާއަކަށް ވާނީ ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމެވެ. އަދި މީހުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ދިއުމެވެ.

މިފަހުން ސްޓެންފޯޑު ޔުނިވާސިޓީގެ އިކޮނޮމިކް ޕްރޮފެސަރު ޗާލްސް ޖޯންސް ނެރުނު "ދަ އެންޑް އޮފް އިކޮނޮމިކް ގްރޯތު؟ އަންއިންޓެންޑަޑް ކޮންސިކުއެންސަސް އޮފް އަ ޑިކްލައިނިން ޕޮޕިއުލޭޝަން" ގައި މިވާހަކަތައް ވަރަށް ސާފުކޮށް ވަނީ ކިޔައިދީފަ އެވެ.

ދަރިމައިވާ ރޭޓް ޖީލުގައި ދަށް ވުމުން، ކުރިޔަށް އޮތް ޖީލުތަކުގައި ވެސް އެގޮތަށް ކަންކަން ވެދާނެކަމަށް ޑިމޮގްރަފަރު ވުލްފްގެންގު ލަޓްޒް ގަބޫލުކުރައްވަ އެވެ. އެހެންވީމާ، ދުނިޔޭގެ އާބާދީ ކުންނަށް އެރުމަށް ފަހު އެއް ޖީލުން އަނެއް ޖީލަށް ހައްތަހާ ވެސް ދަށަށް ދިޔުން ގާތްކަމަށް އޭނާ ދެކެ އެވެ.

އާބާދީ އިތުރުވެގެން ދުނިޔެއަށް ނުތަކާފާނެކަމާމެދު ހާސްކަމެއް ނެތްކަން އަދި އެއީ ކީއްވެގެންކަން މިހާރު ސާފެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox